މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ދަށުން ޤާއިމުކުރެވިފައިވާ ބިޒްނަސް ޑިވެލޮޕްމަންޓް ސަރވިސް ސެންޓަރުތަކަށް (ބީ.ސީ) ތިރީގައި މިދަންނަވާ މަޤާމުތަކަށް ކުރި ނަންބަރު: (IUL)101-AF/1/2016/16 އިއުލާނަށް އެކަށީގެންވާ ކެންޑިޑޭޓުން ކުރިމަތިލާފައިނުވާތީ، އިޢުލާނުގެ މުއްދަތު އިތުރުކޮށް، އަލުން އިޢުލާން ކުރީމެވެ. ކުރިމަތިލައްވަން އެދޭ ފަރާތްތަކުން ސިޓީ ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލަމެވެ. މި މަޤާމުތަކާބެހޭ މަޢުލޫމާތާއި ބީ.ޑީ.އެސް.ސީ އާގުޅޭ މަޢުލޫމާތު، މިމިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv ގައިވާ ޓަރމްސް އޮފް ރިފަރެންސްގައި ބަޔާން ކުރެވިފައިވާނެއެވެ.

ގދ. ތިނަދޫ ބީ.ސީ އަށް

- 1 ބީ.ސީ މެނޭޖަރ

ހދ. ކުޅުދުއްފުށި ބީ.ސީ އަށް

- 1 ޓްރެއިނިންގ ކޯޑިނޭޓަރ

މި މަޤާމުތަކަށް އެޕްލިކޭޝަން ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާއެކު އިންޓަރވިއު ކުރުމަށް ހަމަޖެހިފައިވަނީ ބީ.ޑީ.އެސް.ސީ ޤާއިމުކުރާ ރަށުގައެވެ. އަދި މާލޭގައިނަމަ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައެވެ. މިވަޒީފާތަކަށް އެދި މިނިސްޓްރީއަށް ސިޓީ ހުށަހަޅުއްވާއިރު ތިރީގައި ދެންނެވިފައިވާ ލިޔުންތައް ހުށަހަޅުއްވަންވާނެއެވެ.

  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު
  • މަޤާމާ ގުޅުންހުރި ތަޖުރިބާގެ ކުރު ޚުލާޞާއެއް ސިޓީގައި ހިމަނާފައިވާންވާނެއެވެ.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ފޮޓޯކޮޕީ (އެޓެސްޓްކުރެވިފައި)
  • ކުރިން މަސައްކަތްކުރެއްވި ފަރާތްތަކުން ދެއްވާފައިވާ ރިފަރެންސް ލެޓަރ

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން ޓަރމްސް އޮފް ރިފަރެންސްގައިވާ ގޮތުގެ މަތިން، 13 އޮކްޓޫބަރު 2016 ގެ 13:00 ގެ ކުރިން، ވަޒީފާއަށް އެދޭކަމަށް ބަޔާންކޮށް ސިޓީ އަދި އެހެނިހެން ލިޔެކިޔުންތައް، ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ސިޓީ ހުށަހަޅުއްވާނަމަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.

މަޤާމުގެ ޓަރމްސް އޮފް ރިފަރެންސް، މިމިނިސްޓްރީގެ ވެބްސައިޓް http://www.trade.gov.mv އިން ލިބިލައްވާނެއެވެ.

ސިޓީއުރައިގެ ބޭރުގައި 'ބިޒްނަސް ޑިވެލޮޕްމަންޓް ސަރވިސް ސެންޓަރުގެ ވަޒީފާއަށް އެދި' މިހެން ލިޔެފައި އޮންނަންވާނެއެވެ.

ވަޒީފާއާބެހޭ އިތުރު މަޢުލޫމާތު ހޯދުމަށާއި ވަޒީފާއަށް އެދި ސިޓީ ހުށަހަޅާނީ:

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ބޮޑުތަކުރުފާނު މަގު، މާލެ، ދިވެހިރާއްޖެ.

ފޯނު: 3333143، 3333124 (960)+

އީމެއިލް: [email protected]

ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

2 މުޙައްރަމް 1438

03 އޮކްޓޫބަރު 2016
ހޯދާ