އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
އިމާމު (ކޮންޓްރެކްޓް)

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

އިމާމް (ކޮންޓްރެކްޓް)

މަސައްކަތް ކުރަންޖެހޭ ތަން:

އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް، ސ. ގަން

މަޤާމުގެ ޝަރުޠު:

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުމާއެކު؛

- މުދިމުކަމުގެ ސަނަދު ލިބިފައިވުން. ނުވަތަ؛

- ހުކުރުކުރުމުގެ ސަނަދު ލިބިފައިވުން. ނުވަތަ؛

- ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:

- ލިޔަން ކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، އުމުރުން 65 އަހަރުން މަތީގެ މީހަކުކަމުގައި ނުވުން.

- ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައިވުން.

- މީހުންނާ ގުޅިގެން އެކުގައި މަސައްކަތްކުރެވޭ މީހެއްކަމުގައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

- ފަރުޟު ފަސްނަމާދުން ކޮންމެ ނަމާދު ވަގުތެއްގެ ގަޑި ޖެހުމުގެ ކުރިން މިސްކިތަށް ހާޒިރުވެ، މިސްކިތުގެ ކަންތައްތައް ބަލައި ރަނގަޅުކުރަންޖެހޭ ކަންތައްތައް ރަނގަޅުކޮށް، ފަރުޟު ފަސްނަމާދަށް ގަޑިއަށް ބަންގި ގޮވުމާއި، އިމާމުވެ ނަމާދުކުރުން.

- މިސްކިތަށް ދަތިވާ ކޮންމެ ކަމެއް ސުޕަވައިޒަރަށް އަންގައިގެން އެކަންކަން ރަނގަޅުކުރެވޭތޯ ބެލުމާއި، މިސްކިތުގައި މަރާމާތުކުރަންޖެހޭ ތަނެއް ހުރިތޯ ބަލައި ސުޕަވައިޒަރަށް އެންގުން.

- ދުވަހު ހާޒިރީގައި ސޮއިކޮށްފައިވަނިކޮށް، ހަމަ އެދުވަހު ކަމެއް ދިމާވެގެން މިސްކިތަށް ދިއުމަށް އުޒުރުވެރިވާނަމަ، ނުވަތަ ސަލާމުގެ ޗުއްޓީގައި ހުންނަ ދުވަހެއްނަމަ، ސުޕަވައިޒަރަށް އެކަން އެންގުން.

- މިސްކިތްތަކުގައި ކުރުން އެކަށީގެންނުވާފަދަ ކަންކަން ކުރޭތޯ ބަލައި، އެކަންކަން ހުއްޓުވަން ކުރަންޖެހޭ މަސައްކަތްކުރުން.

- މިސްކިތުގައި  އިމާމުވެ ތަރާވީޙް ނަމާދުކުރުމާއި، ކަށު ނަމާދުކުރުން.

- މިސްކިތުގައި ދީނީ ދަރުސް ދިނުންފަދަ ޕްރޮގްތާމްތައް ހިންގާނަމަ އެހީތެރިކަން ދިނުން.

ހުށަހަޅަންޖެހޭ ލިއުންތައް:

- އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓުގެ ވަޒީފާއަށް އެދޭ ފޯމު.

- ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް.

- ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ.

- އެޓެސްޓްކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.

ސުންގަޑި:

2016 އޮކްޓޫބަރު 13 ވާ ބުރާސްފަތި ދުވަހުގެ 16:00

އިންޓަވިއު:

އިންޓަވިއުއަށް ކިޔާނީ، މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

ލިއުންތައް ހުށަހަޅަންޖެހޭ އެޑްރެސް:

އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑް

ބިލްޑިންގ 100 ސ. ގަން

އައްޑޫ ސިޓީ/ގަން

ފޯން: 6898515

އީމެއިލް: [email protected]             

28 ޛުލްޤަޢިދާ 1437

29 ސެޕްޓެންބަރު 2016
ހޯދާ