ށ. އަތޮޅުމަދަރުސާ
ދިވެހިރާއްޖެ
ޓިނު ބަދަލު ކުރުމަށް

އިޢުލާން

އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު

މި މަދަރުސާގެ 6 ކްލާސްރޫމް ޢިމާރާތުގެ ޓިނު ބަދަލު ކުރުމަށް ވަނީ ބޭނުންވެފައެވެ.

ވީމާ، މި މަދަރުސާއިން ދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި 6 ކްލާސްރޫމް ޢިމާރާތުގެ ޓިނު ބަދަލުކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 އޮކްޓޫބަރު 5 ވާ ބުދަދުވަހުގެ 11:00 ގައި މި މަދަރުސާއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮކްޓޫބަރު 10 ވާ ހޯމަދުވަހުގެ 11:00 އަށް އަންދާސީހިސާބު ހިއްޕަވައިގެން ހާޒިރުވެދެއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ސިޓީއުރައެއްގައި ބަންދުކުރައްވާފައެވެ. އަދި ސިޓީއުރައިގެ ބޭރުގައި "6 ކްލާސްރޫމް ޢިމާރާތުގެ ޓިނު ބަދަލުކުރުން" މިހެން ލިޔެފައި އޮންނަންވާނެއެވެ.

އަދި ދަންނަވެމެވެ. 2016 އޮކްޓޫބަރު 5 ވާ ބުދަދުވަހުގެ 11:00 ގައި އޮންނަ މަޢުލޫމާތު ދިނުމުގެ ސެޝަނަށް ހާޒިރުވެނުލައްވާ، މަޢުލޫމާތު ކަރުދާސް ނުގެންދަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

24 ޛުލްޙިއްޖާ 1437         

26 ސެޕްޓެންބަރު 2016
ހޯދާ