ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ޑެޕިއުޓީ ލީގަލް އޮފިސަރ

ވަޒީފާގެ ފުރުޞަތު

މަޤާމު

ޑެޕިއުޓީ ލީގަލް އޮފިސަރ

ރޭންކް: އެލް.އެސް 3

ޢަދަދު

01

މަސައްކަތްކުރަންޖެހޭ ތަން

ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީ / މާލޭ ސިޓީ، ވިލިނގިލި

އަސާސީ މުސާރަ

މަހަކު -/9,744 ރުފިޔާ

މި މަޤާމަށް ލިބޭ އެލަވަންސް

- ޖުޑީޝަލް އެލަވަންސް:  މުސާރައިގެ %65

- ސަރވިސް އެލަވަންސް: -/3,000 ރުފިޔާ

- ލިވިންގ އެލަވަންސް: -/3,000 ރުފިޔާ

- ކަނޑައެޅިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ.

އަސާސީ ޝަރުޠު

1- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު، ޝަރީޢަތާ ޤާނޫނު ނުވަތަ ޝަރީޢާ ނުވަތަ ޤާނޫނުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެސިސްޓެންޓް ލީގަލް އޮފިސަރ އެލް.އެސް 2 ގެ މަޤާމުގައި ނުވަތަ އެފެންވަރުގެ މަޤާމެއްގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން. ނުވަތަ

2- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު، ޝަރީޢަތާ ޤާނޫނު ނުވަތަ ޝަރީޢާ ނުވަތަ ޤާނޫނުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 އަދި ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެސިސްޓެންޓް ލީގަލް އޮފިސަރ އެލް.އެސް 2 ގެ މަޤާމުގައި ނުވަތަ އެފެންވަރުގެ މަޤާމެއްގައި 1 އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތައް

  1. ޑިވިޜަނުގެ ވެރިޔާގެ އިރުޝާދުގެ ދަށުން، އެކަޑަމީގެ ފަރާތުން ދެވޭ ތަމްރީނާއި ކޮންޓިނުއިންގ ޖުޑީޝަލް އެޑިޔުކޭޝަންގެ ޕްރޮގްރާމުތައް ދާއިރާތަކާއި މައުޟޫޢުތައް ލިސްޓު ކުރެވިފައި ވާ ޕްރޮގްރާމް ކެޓަލޮގެއް ތައްޔާރު ކުރުމާއި، އެ ކެޓަލޮގް އަހަރުން އަހަރަށް މުރާޖަޢާ ކުރުމާއި، އެ ކެޓަލޮގަށް ބިނާ ކޮށް، އަދި ރިޢާޔަތް ކުރާން ޖެހޭ އެހެން ކަންކަމަށް ރިޢާޔަތް ކޮށްގެން، ކަމާގުޅޭ އުސޫލުތަކާ އެއްގޮތަށް އެކަޑަމީގެ އަހަރީ ޕްރޮގްރާމް ޕްލޭން ތައްޔާރު ކުރުމާއި، މި ޕްލޭން ފޮނުވާން ޖެހޭ ފަރާތްތަކަށް ފޮނުވުމާ ބެހޭ ހުރިހާ އިންތިޒާމުތަކެއް ކުރުން. 
  2. ޑިވިޜަނުގެ ވެރިޔާގެ އިރުޝާދުގެ ދަށުން، އަދި އެކަމަށް ބޭނުން ވާ ފަންނީ އެހީތެރިކަން ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ހޯދައިގެން، އެކަޑަމީގެ ތަމްރީނުގެ މަންހަޖު ތައްޔާރުކޮށް، އަހަރުން އަހަރަށް އެ މަންހަޖު މުރާޖަޢާކޮށް ތަރައްޤީ ކުރުމާއި، އެކަޑަމީގެ ތަމްރީނު ޕްރޮގްރާމްތައް އެކުލަވައިލައި ހިންގުމުގައި އެ މަންހަޖަށް ފުރިހަމަޔަށް ތަބާ ވެވޭކަން ކަށަވަރު ކުރުން. 
  3. ޑިވިޜަނުގެ ވެރިޔާގެ އިރުޝާދުގެ ދަށުން، އެކަޑަމީގެ އަހަރީ ޕްރޮގްރާމް ޕްލޭނުގައި ހިމެނޭ ޕްރޮގްރާމްތަކުގެ ކަރިކިޔުލަމާއި ކޮންޓެންޓް ތައްޔާރު ކުރުމުގެ އެންމެހައި މަސައްކަތްތަކެއް ކުރުމާއި، މި މަސައްކަތުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ތަޖުރިބާކާރުންގެ އެހީތެރިކަން ހޯދާން ޖެހޭ ނަމަ އެ ކަން އިންތިޒާމު ކޮށް ބެލެހެއްޓުން.
  4. އެކަޑަމީން ހިންގާ ޕްރޮގްރާމްތަކާ ގުޅޭ އަތްމަތީފޮތްތަކާއި ލުއިފޮތް ފަދަ ތަކެތި ތައްޔާރު ކުރުމާއި، ޕްރޮގްރާމްތަކާ ގުޅިގެން އެކަޑަމީގެ ވެބްސައިޓުގައި ޝާއިޢު ކުރާން ޖެހޭ ލިޔެކިޔުންތައް ތައްޔާރު ކޮށް ވެބްސައިޓު އަދާހަމަ ކުރުމުގެ މަސައްކަތް ކުރާ މުވައްޒަފަކާ ހަވާލު ކުރުމާއި، އެ ތަކެތި ރަނގަޅަށް ޝާއިޢު ކުރެވޭތޯ ޗެކުކޮށް ބެލުން. 
  5. ކަމާގުޅޭ އުސޫލުތަކުގެ މަތީން، އެކަޑަމީގެ ޖާރނަލް އޮފް ޖުޑީޝަލް އެންޑް ލީގަލް ސްޓަޑީޒްގެ ކަންކަން އިންތިޒާމުކޮށް، ޖާރނަލަށް ބޭނުން ވާ މަޒުމޫނުތަކާއި އެކިއެކި މަޢުލޫމާތު ހޯދައި އެއްކުރުމުގެ ކަންކަން ކުރުމާއި، އެޑިޓޯރިއަލް ބޯޑުން މަޒުމޫނުތައް ފާސް ކުރުވުމުގެ ކަންކަން ބެލެހެއްޓުމާއި، ޖާރނަލުގެ ލޭއައުޓުގެ މަސައްކަތް އިންތިޒާމު ކުރުމާއި، މިކަންކަން ނިންމުމަށް ފަހު، ޗާޕުކުރުމާއި ވިއްކައި ނުވަތަ ބެހުމުގެ ކަންކަން ކުރުމަށް ޓަކައި ޖާރނަލްގެ ޕީޑީއެފް ފައިލް ޖެނެރަލް ސަރވިސަސް ޑިވިޜަނާ ހަވާލު ކުރުން.
  6. އެކަޑަމީން އެކިއެކި ފަރާތްތަކާއެކުގައި ވާ އެއްބަސްވުންތަކާއި ފަހުމުނާމާތަކުގެ އެންމެހައި ކަންކަން ބެލެހެއްޓުމާއި، އެކަޑަމީން އެކިއެކި ފަރާތްތަކާ އެކުގައި ވާ އެއްބަސްވުންތަކާ ގުޅިގެން ކުރާން ޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  7. އެކަޑަމީގެ ބޭނުންތަކަށް ޓަކައި އިނގިރޭސި ބަހުން ދިވެހި ބަހަށް، އަދި ދިވެހި ބަހުން އިނގިރޭސި ބަހަށް ތަރުޖަމާ ކުރާން ބޭނުން ވާ އެކިއެކި ގާނޫނީ ލިޔެކިޔުންތައް ތަރުޖަމާ ކުރުމާއި، މި މަސައްކަތް އައުޓްސޯރސް ކޮށްގެން ކުރާ ހާލަތުގައި އެކަން އިންތިޒާމު ކުރުމާއި ކުރެވޭ މަސައްކަތުގެ ފެންވަރު ބަލައި ޗެކު ކުރުން.
  8. އެކަޑަމީއަށް ނުވަތަ އެކަޑަމީގެ ޑިވިޜަނަކަށް ނުވަތަ އެކަޑަމީގެ މުވައްޒަފަކަށް ރަސްމީ ހައިސިއްޔަތުން ވަޒީފާގެ ކަމެއްގައި ގާނޫނީ ލަފައެއް ބޭނުން ވެއްޖެ ކޮންމެ ހިނދެއްގައި ކަމާގުޅޭ އުސޫލުތަކާ އެއްގޮތަށް އެކަމުގައި އެހީތެރިކަން ފޯރު ކޮށްދިނުމާއި، އެކަޑަމީގެ ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރާން ޖެހިއްޖެ ދަނޑިވަޅެއްގައި ނަމަ އެ ހައިސިއްޔަތުން މަސައްކަތް ކުރުން.
  9. ޤާނޫނު ނަންބަރު 1/2014 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ ދަށުން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގައި ހުންނަވާ ޝަރުޢީ ދާއިރާގެ އިންފޮރމޭޝަން އޮފިސަރު މެދުވެރިކޮށް އެއްވެސް ފަރާތަކަށް މަޢުލޫމާތެއް ފޯރުކޮށްދޭން ޖެހޭ ހާލަތުގައި، ކަމާގުޅޭ އުސޫލުތަކާ އެއްގޮތަށް އެކަން ކުރުން.
  10. ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކިއެކި ފަރާތްތަކާ އެކުގައި ބާއްވާ ބައްދަލުވުންތަކުގައި އެކަޑަމީ ތަމްސީލު ކުރާން ޖެހޭ ހާލަތުގައި ޑިވިޜަނުގެ ވެރިޔާގެ އިރުޝާދުގެ ދަށުން އެކަން ކުރުން.
މި މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް
  • ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަދަ ފަރާތަކަށްވުން.
  • ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރި ފަރާތަކަށްވުން.
  • ދަތުރު ކުރަންޖެހިއްޖެ ހާލަތެއްގައި ދަތުރުކުރެވޭނެފަދަ ޞިއްޙީ ހާލަތެއްގައި ހުރި ފަރާތަކަށްވުން.
  • އިނގިރޭސި ބަހާއި ދިވެހި ބަހުން ފަރިތަކަމާއިއެކު މުޢާމަލާތުކުރަން އެނގޭ ފަރާތަކަށްވުން.
  • މައިކްރޯސޮފްޓް އޮފީސް ޕްރޮފެޝަނަލް ޕެކޭޖް ފަރިތަކަމާއެކު އެޑްވާންސް ފެންވަރެއްގައި ބޭނުން ކުރަން އެނގޭ ފަރާތްތައް ކަމުގައިވުން.
  • ދައުލަތުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ ސަލާމަތީ އިދާރާއަކުން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކާއި ބެކްގްރައުންޑް ޗެކްކުރުމުން ފާސްނުވާ ފަރާތްތަކަށް އިސްކަމެއް ނުދެވޭނެއެވެ.
 ހުށަހަޅަންޖެހޭ ތަކެތި

1- ޝަރުޢީދާއިރާގެ ވަޒީފާއަށްއެދޭ ފޯމު.

2- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.

3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

4- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

5- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައެޅިފައިވާ ކޯހެއް ފުރިހަމަކޮށް ސެޓުފިކެޓު ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވިކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓު. (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

6- އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްއޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

ސުންގަޑި

2016 އޮކްޓޫބަރު 06 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހުށަހެޅުއްވުން އެދެމެވެ. 

އިތުރު މަޢުލޫމާތު

  • މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމު މިޑިޕާޓްމަންޓުގެ ކައުންޓަރުންނާއި، މި ޑިޕާޓްމަންޓުގެ ވެބްސައިޓް: www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 3006280
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މި އިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމުތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓުފިކެޓުތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދެންނެވީމެވެ.

 

26 ސެޕްޓެންބަރު 2016
ހޯދާ