ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަރާމާތުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ހއ. ތުރާކުނު މަސްޖިދުއްނިބްރާސް އަދި މަސްޖިދުލްޢުލާގައި ކުރަންހުރި މަރާމާތުކުރުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުން:

މިރަށު މަސްޖިދުއްނިބްރާސް އަދި މަސްޖިދުލްޢުލާގައި ކުރަންހުރި ބައެއް މަރާމާތުތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް 29 އޮގަސްޓު 2016 ގައި މި އިދާރާއިން ކުރި ނަންބަރު:  (IUL)244-CAA/244/2016/49 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިނުވާތީ، އެ އިޢުލާން ބާޠިލުކުރުމަށްފަހު އަލުން އިޢުލާންކުރީމެވެ.  

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮކްޓޫބަރު 6 ވާ ބުރާސްފަތިދުވަހުގެ 10:30 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 އޮކްޓޫބަރު 10 ވާ ހޯމަދުވަހުގެ 13:00 އަށް މި އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މިކަމަށް އެދި ހުށަހަޅާ ސިޓީއުރައިގެ ބޭރުގައި "ހއ. ތުރާކުނު މަސްދުއްނިބްރާސް އަދި މަސްޖިދުލްޢުލާގައި ކުރަންހުރި މަރާމާތުތައް ކުރުމަށް އެދި" މިގޮތަށް ލިޔެފައި އޮންނަންވާނެއެވެ.

އަންދާސީހިސާބުތައް ކެނޑުން އޮންނާނީ 2016 އޮކްޓޫބަރު 10 ވާ ހޯމަދުވަހުގެ 13:00 ގައި މި އިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީގެ ބައްދަލުވުމުގައި، އަންދާސީހިސާބު ހުށަހެޅުއްވި ފަރާތްތަކުގެ ހާޒިރުގައެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ، ފޮނުވާމީހާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލާއެކު ސިޓީއެއް ހުށަހަޅަންވާނެއެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

20 ޛުލްޙިއްޖާ 1437

21 ސެޕްޓެންބަރު 2016
ހޯދާ