ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިން ފުރޮޅުލީ ބެޓެރި ޕިކަޕެއް ހޯދުމަށް

އިޢުލާން

އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު:

މި އިދާރާއަށް ތިން ފުރޮޅުލީ ބެޓެރި ޕިކަޕެއް ހޯދުމަށް ބޭނުންވެގެން ކުރި ނަންބަރު 74/2016/269(IUL) (29 އޮގަސްޓު 2016) އިޢުލާނާ ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، ޕިކަޕެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން އަލުން ބޭނުންވެއެވެ.

ވީމާ، މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް ތިން ފުރޮޅުލީ ބެޓެރީ ޕިކަޕެއް ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 ސެޕްޓެންބަރު 29 ވާ ހޯމަދުވަހުގެ 11:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 އޮކްޓޫބަރު 4 ވާ އަންގާރަދުވަހުގެ 11:00 އަށް މި އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ވަޑައިގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ. އަދި ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަން ބަޔާންކޮށްފައިވާ ލިޔުމަކާއެކު ފޮނުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހަޅަނީ ކުންފުންޏަކުންނަމަ، ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ އަދި އަމިއްލަ ފަރާތަކުންނަމަ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ، ރަސްމީގަޑީގައި މި އިދާރާގެ ނަންބަރު 6520046 ފޯނާ ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

18 ޛުލްޙިއްޖާ 1437

20 ސެޕްޓެންބަރު 2016
ހޯދާ