ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނީލަންކިޔުން

އިޢުލާން

މިރަށުގެ ފުޓުބޯޅަދަނޑުގެ ދެކުނުން ފުޓުސެލްދަނޑާއި، ބަށިކޯޓު އެޅުމަށް އިތުރު ކުރެވުނު (މިރަށުގެ ރަށްމައްޗާއި ބޮޑުމަގާ ދެމެދު) ސަރަހައްދުގައި ހުރި ރުއްގަހުގެ ނީލަންކިޔުން 2016 ސެޕްޓެންބަރު 24 ވާ ހޮނިހިރުދުވަހުގެ 9:00 ގައި އެ ސަރަޙައްދުގައި އޮންނާނެއެވެ.

ވީމާ، މި ނީލަމުގައި ބައިވެރިވެ، ނީލަމުން ތަކެތި ނަންގަވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 25 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި އިދާރާއަށް ފައިސާ ދައްކަވައި 2016 ސެޕްޓެންބަރު 29 ވާ ބުރާސްފަތިދުވަހުގެ ނިޔަލަށް ނީލަމުން ނެންގެވި ތަކެތި ބުޑުން ކޮނެގެން ނަންގަވައި ބިން ސާފުކުރަންވާނެއެވެ. މި މުއްދަތުގެ ތެރޭގައި ތަކެތި ކަނޑައި ބިންސާފުކޮށް ތަކެތި ނުގެންގޮސްފިނަމަ، ކުރިޔަށްއޮތް 1 އަހަރުދުވަހުގެ ތެރޭގައި މި އިދާރާއިން ކިޔާ އެއްވެސް ނީލަމެއްގައި އެފަރާތަކަށް ބައިވެރިނުވެވޭނެއެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

16 ޛުލްޙިއްޖާ 1437

18 ސެޕްޓެންބަރު 2016
ހޯދާ