ށ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ފައިބަރ ގްލާސް ލާންޗް (އިންބޯޑް އައުޓްބޯޑް) ނީލަމުގައި ވިއްކާލުން

އިޢުލާން

ށ. އަތޮޅު ހޮސްޕިޓަލުގެ ބެލުމުގެ ދަށުގައި އޮތް ށ. ކޮމަންޑޫ ޞިއްޙީމަރުކަޒުގެ ފައިބަރގްލާސް ލާންޗް (އިންބޯޑް އައުޓްބޯޑް) ސިޓީލާ ނީލަމުގައި ވިއްކާލުން:

މި ހޮސްޕިޓަލުގެ ބެލުމުގެ ދަށުގައި އޮތް ށ. ކޮމަންޑޫ ޞިއްޙީމަރުކަޒުގެ ފައިބަރގްލާސް ލާންޗް (އިންބޯޑް އައުޓްބޯޑް) ނީލަން ކިޔަން ބޭނުންވެއެވެ.

ލާންޗާ ބެހޭ މަޢުލޫމާތު

ނީލަން ނަންބަރު

ބާވަތް (އިތުރު ތަފުސީލާއެކު)

1

1 ލާންޗް ފައިބަރގްލާސް

ދިގުމިން: 10.600 މީޓަރު

ފުޅާމިން: 1.900 މީޓަރު

ފުންމިން: 1.500 މީޓަރު

ގުރޮސްޓަނޭޖް: 2.600

ލާންޗުގެ ބާވަތް: ފައިބަރ

އިންޖީނުގެ ހަކަތައިގެ ބާވަތް: ޑީސަލް

އޮޑީ ނަންބަރު: IMP2006/22

މީހުން އުފުލޭ އަދަދު: 15

ރަޖިސްޓަރީ ނަންބަރު: G8330A-02 13-C

ލާންޗު މިހާރު އޮތީ ށ. އަތޮޅު ހޮސްޕިޓަލުގެ ދަށްފަޅުގައި (ދުއްވޭ ހާލަތެއްގައެއް ނޫން)

މި ލާންޗުގެ ނީލަން ފެށޭ އަގަކީ -/50،000 (ފަންސާސްހާސް) ރުފިޔާއެވެ. ކޮންމެ ދުވަހަކުވެސް ހުށަހެޅޭ އެންމެ މަތީ އަގު އެ ދުވަހެއްގެ 13:00 ގެ ފަހުން މި ހޮސްޕިޓަލުގެ ނޯޓިސްބޯޑުގައި ބެހެއްޓިފައި ހުންނާނެއެވެ. ރަސްމީ ބަންދު ދުވަސް ފިޔަވައި ޖެހިޖެހިގެން 3 ދުވަހު އެއް އަގެއްގައި އޮވެއްޖެނަމަ، އެ އަގު ހުށަހެޅި ފަރާތަކަށް ނީލަން ނިންމާލެވޭނެއެވެ.

ވީމާ، މި ނީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 2016 އޮކްޓޫބަރު 6 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި ހޮސްޕިޓަލަށް ލިޔުމަކުން އަގު ހުށަހެޅުން އެދެމެވެ. މި ހޮސްޕިޓަލުގެ ފެކްސް ނަންބަރަކީ 6540616 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް ރަސްމީ ގަޑީގައި މި ހޮސްޕިޓަލުގެ ނަންބަރު 6540075 / 6540074 ފޯނަށް ގުޅުއްވުން އެދެމެވެ.

20 ޛުލްޙިއްޖާ 1437

22 ސެޕްޓެންބަރު 2016
ހޯދާ