މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ލަގްޒަރީ ވެސެލް ރެޖިސްޓްރޭޝަން ރެގިއުލޭޝަން އިނގިރޭސި ބަހުން ދިވެހި ބަހަށް ތަރުޖަމާކުރާނެ ފަރާތެއް ހޯދުމާބެހޭ

އިޢުލާން

އިނގިރޭސި ބަހުން ދިވެހި ބަހަށް ތަރުޖަމާކުރާނެ ފަރާތެއް ހޯދުމާ ބެހޭ

"ލަގްޒަރީ ވެސެލް ރެޖިސްޓްރޭޝަން ރެގިއުލޭޝަން" އިނގިރޭސި ބަހުން، ދިވެހި ބަހަށް ތަރުޖަމާކުރާނެ ފަރާތެއް ހޯދުމަށް ކުރި، މި މިނިސްޓްރީގެ ނަންބަރު (IUL)101-EP/13/2016/165 (18 ސެޕްޓެންބަރު 2016) އިޢުލާނުގައި ބައެއް މައުލޫމާތު ފުރިހަމަނުވުމާއި ގުޅިގެން އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާނުކުރަމެވެ. މި މަސައްކަތުގެ ޓަރމްސް އޮފް ރިފަރަންސް މި މިނިސްޓްރީގެ ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ބިޑް ހުށަހަޅުއްވާއިރު ތިރީގައިވާ ލިޔެކިޔުންތައް ހުށަހަޅުއްވަން ވާނެއެވެ.

  • ބިޑް ހުށަހަޅާ ފޯމު (ފޯމު ނެތްނަމަ، ބިޑް ބަލައިނުގަނެވޭނެއެވެ.)
  • ބިޑް ޕްރޮޕޯސަލް
  • ޓީމުގައި ހިމެނޭ ފަރާތްތަކުގެ ސީ.ވީ އަދި ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  • މީގެ ކުރިން ކޮށްފައިވާ މިފަދަ މަސައްކަތްތައް ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައިވާކަން އަންގައި، ކްލަޔަންޓުންގެ ލިޔުންތައް (ލިޔުންތަކުގައި، ކޮށްފައިވާ މަސައްކަތުގެ ތަފްޞީލާއި ތާރީޚުތައް އެނގެން ހުންނަންވާނެއެވެ.)

މާކްސް ދެވޭނެ %

  • ހުށަހަޅާ އަގު         % 30
  • ތައުލީމީ ފެންވަރު       % 20
  • ލިބިފައިވާ ތަޖުރިބާ      % 50

އިތުރު މަޢުލޫމާތު

  • މި މަސައްކަތް ޙަވާލުކުރާ ފަރާތާއެކު އެގްރިމެންޓް ކުރެވޭ ތާރިހުން ފެށިގެން މަސައްކަތު 20 ދުވަހުގެ ތެރޭގައި ތަރުޖަމާގެ ފައިނަލް ޑްރާފްޓް މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.
  • ލަގްޒަރީ ވެސެލް ރެޖިސްޓްރޭޝަން ރެގިއުލޭޝަންގައި ހިމެނޭނީ ޖުމުލަ 37 ސަފުހާއެވެ.
  • މިކަމަށް އެދިލައްވާ ފަރާތްތަކުން 28 ސެޕްޓެންބަރު 2016 ވަނަ ދުވަހުގެ 11:00 އަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

18 ޛުލްޙިއްޖާ 1437

20 ސެޕްޓެންބަރު 2016
ހޯދާ