ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަށާފާރު ރޭނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ފ. ނިލަންދޫ ގަބުރުސްތާނުގެ ވަށާފާރު ރޭނުމާއި ދޮރާށީގެ މަސައްކަތްކުރުން:

ފ. ނިލަންދޫ ގަބުރުސްތާނުގެ ވަށާފާރު ރޭނުމުގެ މަސައްކަތްކުރަން ބޭނުންވެއްޖެއެވެ.

ވީމާ، ގަބުރުސްތާނުގެ ވަށާފާރު ރޭނުމާއި ދޮރާށީގެ މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ކަނޑައެޅިފައިވާ ތާރީޚަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު ކަނޑައަޅާފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. 

މަޢުލޫމާތު ސާފުކުރުން

29 ސެޕްޓެންބަރު 2016

11:00 ގައި

އަންދާސީހިސާބު ހުށަހެޅުން

4 އޮކްޓޫބަރު 2016

11:00 ގައި

މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީހިސާބުތައް ބަލައިގަތުން

ފ. ނިލަންދޫ ކައުންސިލުގެ އިދާރާގައި

މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގައި ބައިވެރިއެއް ނުވެވޭނެއެވެ. އަންދާސީހިސާބު ހުށަހަޅާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ސިޓީއުރައިގެ ބޭރުގައި "ފ. ނިލަންދޫ ގަބުރުސްތާނުގެ ވަށާފާރު ރޭނުމާއި ދޮރާށީގެ މަސައްކަތަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމުގައި ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތައް ބައިވެރިއެއް ނުވެވޭނެއެވެ. އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުކުރެވޭނެއެވެ. މަޢުލޫމާތު ސާފުކުރި ފަރާތުގެ ބަދަލުގައި އެހެން ފަރާތެއްގެ ހަވާލުގައި އަންދާސީހިސާބު ހުށަހަޅާނަމަ، އެފަރާތެއްގެ ލިޔުމެއް އަންދާސީހިސާބު ހުށަހެޅުމުގެ 1 ގަޑިއިރު ކުރިން މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

18 ޛުލްޙިއްޖާ 1437

20 ސެޕްޓެންބަރު 2016
ހޯދާ