ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ފެމިލީ ކޯޓު / ކައިވެނި ސެކްޝަން ހިންގަމުންދާ ޢިމާރާތުގައި އެއަރކޮންޑިޝަން ހަރުކުރުމުގެ މަސައްކަތާގުޅޭ

އިޢުލާން

ފެމިލީ ކޯޓު /ކައިވެނި ސެކްޝަން ހިންގަމުންދާ ޢިމާރާތް އެއަރކޮންޑިޝަން ކުރުމަށް ބޭނުންވެގެން ކުރެވުނު މި ޑިޕާޓްމަންޓުގެ ނަންބަރު 198-E/2016/123 (4 ސެޕްޓެންބަރު 2016) އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އެ އިޢުލާނު ބާޠިލުކޮށް އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނު ކުރަމެވެ. މިކަމާބެހޭ މަޢުލޫމާތު ޝީޓް މި ޑިޕާޓްމަންޓްގެ ވެބްސައިޓް www.judiciary.gov.mv  އިން ލިބެން ހުންނާނެއެވެ. މަސައްކަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ 2016 ސެޕްޓެންބަރު 21 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން 3006234 އަށް ގުޅުއްވައިގެން ނުވަތަ [email protected] އަށް މެއިލްކުރައްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 22 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް މި ޑިޕާޓްމަންޓަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މިހެންވެ އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

16 ޛުލްޙިއްޖާ 1437

19 ސެޕްޓެންބަރު 2016
ހޯދާ