ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
މި ޑިޕާޓްމަންޓްގެ ބޭނުމަށް އެއްގަމުގައި ދުއްވާ އުޅަނދު ހޯދުމާބެހޭ

އިޢުލާން

މި ޑިޕާޓްމަންޓްގެ ބޭނުމަށް 3 ކާރު ގަންނަން ބޭނުންވެގެން ކުރެވުނު ނަންބަރު 198-F/2016/125 އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅުމަށް ހާޒިރުވެފައިވަނީ އެންމެ ދެ ފަރާތުން ކަމަށްވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މި ކަމާބެހޭ މަޢުލޫމާތު ޝީޓު މި ޑިޕާޓްމަންޓުގެ ވެބްސައިޓް www.judiciary.gov.mv ގެ ނޯޓިސްބޯޑުން ލިބެން ހުންނާނެއެވެ. މަސައްކަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ 2016 ސެޕްޓެންބަރު 21 ވާ ބުދަދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން 3006244 އާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.  

އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 2016 ސެޕްޓެންބަރު 22 ވާ ބުރާސްފަތިދުވަހުގެ 14:00 ގައި މި ޑިޕާޓްމަންޓުގައެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.         

16 ޛުލްޙިއްޖާ 1437

18 ސެޕްޓެންބަރު 2016
ހޯދާ