މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

އިޢުލާން

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ދަށުން ޤާއިމުކުރެވިފައިވާ ބިޒްނަސް ޑިވެލޮޕްމަންޓް ސަރވިސް ސެންޓަރުތަކަށް (ބީ.ސީ) ތިރީގައި މިދަންނަވާ މަޤާމުތަކަށް ކުރިމަތިލައްވަން އެދޭ ފަރާތްތަކުން ސިޓީ ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލަމެވެ. މި މަޤާމުތަކާބެހޭ މަޢުލޫމާތާއި ބީ.ޑީ.އެސް.ސީ އާ ގުޅޭ މަޢުލޫމާތު، މި މިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv ގައިވާ ޓާރމްސް އޮފް ރިފަރެންސްގައި ބަޔާން ކުރެވިފައިވާނެއެވެ.

ގދ. ތިނަދޫ ބީ.ސީ އަށް

- 1 ބީ.ސީ މެނޭޖަރ

ހދ. ކުޅުދުއްފުށި ބީ.ސީ އަށް

- 1 ޓްރެއިނިންގ ކޯޑިނޭޓަރ

އައްޑޫސިޓީ ބީ.ސީ އަށް

- 1 ބީ.ސީ މެނޭޖަރ

މި މަޤާމުތަކަށް އެޕްލިކޭޝަން ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާއެކު އިންޓަރވިއު ކުރުމަށް ހަމަޖެހިފައިވަނީ ބީ.ޑީ.އެސް.ސީ ޤާއިމުކުރާ ރަށުގައެވެ. އަދި މާލޭގައިނަމަ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގައެވެ. މިނިސްޓްރީއަށް މި ވަޒީފާތަކަށް އެދި ސިޓީ ހުށަހަޅުއްވާއިރު ތިރީގައި ދެންނެވިފައިވާ ލިޔުންތައް ހުށަހަޅުއްވަންވާނެއެވެ.

  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ

  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު

  • މަޤާމާ ގުޅުންހުރި ތަޖުރިބާގެ ކުރު ޚުލާޞާއެއް ސިޓީގައި ހިމެނިފައިވާންވާނެއެވެ.

  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ފޮޓޯކޮޕީ (އެޓެސްޓްކުރެވިފައި)

  • ކުރިން މަސައްކަތްކުރެއްވި ފަރާތްތަކުން ދެއްވާފައިވާ ރިފަރެންސް ލެޓަރ

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން ޓާރމްސް އޮފް ރިފަރެންސް ގައިވާ ގޮތުގެ މަތިން، 2016 ސެޕްޓެންބަރު 28 ވަނަ ދުވަހުގެ 13:00 ގެ ކުރިން، ވަޒީފާއަށް އެދޭކަމަށް ބަޔާންކޮށް ސިޓީ އަދި އެހެނިހެން ލިޔެކިއުންތައް، ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ސިޓީ ހުށަހަޅުއްވާނަމަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.

މަޤާމުގެ ޓާރމްސް އޮފް ރިފަރެންސް، މިމިނިސްޓްރީގެ ވެބްސައިޓް http://www.trade.gov.mv އިން ލިބިލައްވާނެއެވެ.

 ސިޓީއުރައިގެ ބޭރުގައި 'ބިޒްނަސް ޑިވެލޮޕްމަންޓް ސަރވިސް ސެންޓަރުގެ ވަޒީފާއަށް އެދި' މިހެން ލިޔެވިފައި އޮންނަންވާނެއެވެ.

ވަޒީފާއާބެހޭ އިތުރު މަޢުލޫމާތު ހޯދުމަށާއި ވަޒީފާއަށް އަދި ސިޓީ ހުށަޅާނީ:

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ބޮޑުތަކުރުފާނު މަގު، މާލެ، ދިވެހިރާއްޖެ.

ފޯނު: 3333143، 3333124, 3333160  (960)+

އީމެއިލް: [email protected]

ވީމާ މިކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

6 ޛުލްޙިއްޖާ 1437 

08 ސެޕްޓެންބަރު 2016
ހޯދާ