މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
5 ބެސްޓް އެޕް ޗެލެންޖް 2016

އިޢުލާން

5 ބެސްޓް އެޕް ޗެލެންޖް 2016

އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ (އައި.ސީ.ޓީ) އިންޑަސްޓްރީ ކުރިއެރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ދަށުން، މި ދާއިރާގައި ދިވެހި ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް، ޒުވާނުންނަށް އިތުރު ފުރުޞަތުތަކެއް ހޯދަދިނުމުގެ ގޮތުން މުޖުތަމަޢަށް ބޭނުނުންތެރި މޯބައިލް އެޕްލިކޭޝަނާއި، ސޮފްޓްވެއަރ އުފެއްދުމުގެ މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތުގައި މޯބައިލް އެޕްލިކޭޝަނާއި، ސޮފްޓްވެއަރ ބައިވެރިކުރެވޭނީ ތިރީގައި ބަޔާންކޮށްފައިވާ 5 ދާއިރާއިންނެވެ.

1.      ޓޫރިޒަމް ސެކްޓަރ

2.      އެޑިޔުކޭޝަނަލް ސެކްޓަރ

3.      ހެލްތު ކެއަރ

4.      ފިޝަރީޒް އެންޑް އެގްރިކަލްޗަރ

5.      އޯޕަން ކެޓެގަރީ

މަތީގައި ބަޔާންކޮށްފައިވާ 5 ދާއިރާއިން މުޖުތަމަޢަށް ބޭނުންތެރި މޯބައިލް އެޕްލިކޭޝަންތަކާއި، ސޮފްވެއަރތައް ބައިވެރިކުރުމަށް އެދި ފޯމު ހުށަހެޅޭނެ އެންމެފަހު ތާރީޚަކީ 25 ސެޕްޓެންބަރު 2016 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިންނެވެ. އަދި ބައިވެރިވުމަށްއެދި ފޯމު ހުށަހެޅި ފަރާތްތަކުން، އެ ފަރާތްތަކުން ބައިވެރިކުރާ ސޮފްޓްވެއަރގެ ޕްރެޒެންޓެޝަން ދިނުން އޮންނާނީ 2016 އޮކްޓޫބަރު 18 އިން 19 އަށެވެ. އަދި މި މުބާރާތާބެހޭ އިތުރު މަޢުލޫމާތު، މި މުބާރާތާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ކޮންސެޕްޓް ޕޭޕަރުން ލިބިވަޑައިގަންނަވާނެއެވެ.

މި މުބާރާތުގެ ކޮންސެޕްޓް އަދި ބައިވެރިވުމަށް އެދޭ ފޯމު މި މިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv އިން ލިބެންހުންނާނެއެވެ.

 6ޛުލްޙިއްޖާ 1437


 

 

08 ސެޕްޓެންބަރު 2016
ހޯދާ