ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ޖުޑީޝަލް އެކަޑަމީގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާބެހޭ

އިޢުލާން

ވިލިނގިލީ އަވަށުގައި ޤާއިމު ކުރެވިފައިވާ ޖުޑީޝަލް އެކަޑަމީގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު އިޢުލާން ނަންބަރު: 198-F/2016/121 (25 އޮގަސްޓު 2016) އާ ގުޅިގެން ހުށަހަޅުއްވާފައިވާ އަންދާސީހިސާބުތައް އަގު ބޮޑު ކަމަށް ފެންނާތީއާއި މަޢުލޫމާތު ޝީޓް އިޞްލާޙުކޮށް އެ މަސައްކަތްކުރުމުގެ އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވައިލަމެވެ. މިކަމާބެހޭ މަޢުލޫމާތު ޝީޓް މި ޑިޕާޓްމަންޓުގެ ވެބްސައިޓް www.judiciary.gov.mv ގެ ނޯޓިސްބޯޑުން ލިބެން ހުންނާނެއެވެ. މަސައްކަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ 2016 ސެޕްޓެންބަރު 12 ވާ ހޯމަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން 7997454 އާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.  

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 13 ވާ އަންގާރަ ދުވަހުގެ 14:00 އަށް މި ޑިޕާޓްމަންޓަށް އަންދާސީހިސާބު ހުށައެޅުއްވުން އެދެމެވެ.

މިހެންވެ އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

5 ޛުލްޙިއްޖާ 1437

07 ސެޕްޓެންބަރު 2016
ހޯދާ