ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

މި އޮފީހަށް ތިރީގައި މިދަންނަވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުން އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

QTY(with license)

Software

#

02

Adobe Photoshop CC (64bit)

Lot 1

02

Adobe InDesign CC (64bit)

Lot 2

06

Anti-virus Software Windows 2012 (64bit)

Lot 3

ވީމާ، ތިރީގައިވާ މަޢުލޫމާތުތަކާއެކު 2016 ސެޕްޓެންބަރު 21 ވަނަ ދުވަހުގެ 11:00 އަށް މި އޮފީހަށް ވަޑައިގެން  އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

-   އަންދާސީހިސާބާއެކު ހުށަހަޅަންޖެހޭ ތަކެތި.

  • ތަކެތީގެ އަގު (ޖީ.އެސް.ޓީ އަށް ޖެހޭ އަދަދު ވަކިން އެނގޭނެހެން އަގު ހުށަހެޅުން)
  • ތަކެތި ފޯރުކޮށްދެވޭނެ މުއްދަތު
  • ކުންފުންޏެއް ނުވަތަ ލޯކަލް އިންވެސްޓްމެންޓެއްނަމަ ރަޖިސްޓަރީގެ ކޮޕީ
  • ޖީއެސްޓީ ރަޖިސްޓްރޭޝަން ސެޓުފިކެޓު ކޮޕީ ނުވަތަ ރަޖިސްޓަރީކުރަން ނުޖެހޭ ފަރާތެއްނަމަ، އެކަން ބަޔާންކޮށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީން ދީފައިވާ ލިޔުމުގެ ކޮޕީ
  • މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހަށް، ޕެންޝަން ސްކީމަށް ގަވާއިދުން ފައިސާ ދައްކަމުންދާ ފަރާތެއްނަމަ އެކަން އަންގައިދޭ ލިޔުން ނުވަތަ ފައިސާ ދައްކަން ނުޖެހޭ ފަރާތެއްނަމަ އެކަން އަންގައިދޭ ލިޔުން

މި ތަކެތި ސަފްލައިކޮށްދިނުމަށް ހަވާލުކުރާނެ ފަރާތެއް ހޮވުމުގައި މާކްސް ދިނުމުގައި ގެންގުޅުއްވާނެ އުސޫލުތައް ތިރީގައި މިވަނީއެވެ.

  • ތަކެތީގެ އަގަށް               %85
  • ތަކެތި ފޯރުކޮށްދެވޭނެ މުއްދަތަށް     % 15

4 ޛުލްޙިއްޖާ 1437

06 ސެޕްޓެންބަރު 2016
ހޯދާ