ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ވަޒީފާގެ ފުރުޞަތު

މަޤާމު

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ރޭންކް: އެމް.އެސް 1

އަދަދު

01

މަސައްކަތްކުރަންޖެހޭ ތަން

ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީ / ކޯޕޮރޭޓް ސަރވިސަސް ޑިވިޜަން / ވިލިނގިލި

އަސާސީ މުސާރަ

މަހަކު -/5,610 ރުފިޔާ

މި މަޤާމަށް ލިބޭ އެލަވަންސް

- ޖުޑީޝަލް އެލަވަންސް:  މުސާރައިގެ %50

- ސަރވިސް އެލަވަންސް: މަހަކު -/2,000 ރުފިޔާ

- ލިވިންގ އެލަވަންސް: މަހަކު -/3,000 ރުފިޔާ

- ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

އަސާސީ ޝަރުޠު

1- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ޑިޕްލޮމާ ހާސިލުކޮށްފައިވުން، ނުވަތަ

2- މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްގުވާ މާކްހެއް ލިބެމުންދިޔުމާއެކު، GS 4  ރޭންކުގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތައް

1- ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީގެ ޗާންސެލަރަށް ބޭނުންވާ އިދާރީ އަދި ސެކްރެޓޭރިއަލް އެހީތެރިކަން ފޯރު ކޮށްދިނުމާއި، ޗާންސެލަރުގެ ބިޔުރޯގެ ކަންކަން އިންތިޒާމުކޮށް ބެލެހެއްޓުމާއި، ޗާންސެލަރު ބައިވެރިވާ ބައްދަލުވުންތަކުގެ ސެކްރެޓޭރިއަލް ކަންކަން އިންތިޒާމު ކުރުމުގައި ޗާންސެލަރުގެ ބިޔުރޯއިން ކުރާން ޖެހޭ ކަންކަން ކުރުމާއި، ޗާންސެލަރުގެ އެޕޮއިންޓްމަންޓުތަކާއި ރަސްމީ ދަތުރުތަކާ ބެހޭ ކަންކަން އިންތިޒާމު ކުރުން.

2- ކޯރޕޮރޭޓް ސަރވިސަސް ޑިވިޜަނުގެ އާންމު އިދާރީ ކަންކަން އެގްޒެކެޓިވް ސެކްރެޓަރީ ނުވަތަ ޑިވިޜަނުގެ ވެރިޔަކަށް އެއިރަކު ހުންނެވި ބޭފުޅެއްގެ އިރުޝާދުގެ ދަށުން ހިންގައި ބެލެހެއްޓުމާއި، ޑިވިޜަނުގެ މަސައްކަތަށް ބޭނުންވާ އިދާރީ އެހީތެރިކަން ފޯރުކޮށްދީ އިދާރީ އިންތިޒާމުތައް ހަމަޖެއްސުމާއި، ޑިވިޜަނުގެ ފަންނީ މުވައްޒަފުންނަށް ބޭނުންވާ އިދާރީ އެހީތެރިކަން ފޯރު ކޮށްދިނުން.

3- އެކަޑަމީގެ ރިސެޕްޝަން ކައުންޓަރުގެ ކަންކަމާއި، އެންޓްރީއާއި ޑިސްޕެޗުގެ ކަންކަން ކަމާގުޅޭ އުސޫލުތަކާ އެއްގޮތަށް އިސްވެ ބެލެހެއްޓުމާއި، އެންޓްރީއާއި ޑިސްޕެޗުގެ ރެކޯޑު ބަރާބަރަށް އަދާހަމަކޮށް ބެލެހެއްޓުމާއި، އެގްޒެކެޓިވް ސެކްރެޓަރީއަށް ދުވަހުން ދުވަހަށް އެންޓްރީ ގެންގޮސްދިނުން.

4- އެކަޑަމީން އެކިއެކި ފަރާތްތަކަށް ފޮނުވާ ސިޓީތަކާއި އެފަދަ އެހެނިހެން ލިޔެކިޔުންތަކާއި ތަކެތި ޑިސްޕެޗުގެ ތެރެއިން ފޮނުވުމާއި، އެކަޑަމީއަށް ލިބޭ ސިޓީތަކާއި ލިޔެކިޔުންތަކާއި ތަކެތި އެންޓްރީ މަރުހަލާ ނިމުމުން ކަމާ ބެހޭ ޑިވިޜަންތަކަށް ފޮނުވުމާއި، އެކަޑަމީގެ ރަސްމީ މެއިލް އެކައުންޓުގެ އެޑްމިނިސްޓްރޭޓަރެއްގެ ގޮތުގައި މަސައްކަތް ކުރުން.

5- އެކަޑަމީގެ ދުވަހު ޔައުމިއްޔާއާއި، އެކިއެކި ބައްދަލުވުންތަކުގެ ޔައުމިއްޔާތަކާއި އަހަރީ ރިޕޯޓުތައް ތައްޔާރު ކުރުމުގެ ކަންކަން އިންތިޒާމު ކުރުމާއި، އެކަޑަމީގެ އަހަރީ ރިޕޯޓާއި އެނުއަލް އެކްޓިވިޓީ ކަލަންޑަރާއި ސްޓްރެޓީޖިކް އެކްޝަން ޕްލޭން ތައްޔާރުކުރުމާއި މުރާޖަޢާ ކުރުމުގެ ކަންކަމުގައި އެގްޒެކެޓިވް ސެކްރެޓަރީއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.

6- އެކަޑަމީގެ ހިޔުމަން ރިސޯރސް މެނޭޖްމަންޓުގެ ކަންތައްތައް އެގްޒެކެޓިވް ސެކްރެޓަރީ އަންގަވާ ގޮތެއްގެ މަތީން ބެލެހެއްޓުމާއި، މުވައްޒަފުންގެ އޮފީސް ކާޑާއި ވިޒިޓިންގ ކާޑު ފަދަ ތަކެތީގެ ކަންކަން ހަމަޖެއްސުމާއި، ހާޒިރީ ބެލެހެއްޓުމުގެ ނިޒާމު ގާއިމުކޮށް އެ ނިޒާމު ބެލެހެއްޓުމާއި، މުވައްޒަފުންގެ ސަލާމުގެ ރެކޯޑުތައް ބެލެހެއްޓުމާއި، މުސާރަ ދިނުމާބެހޭ ކަންކަން ކުރުމާއި، މުސާރަ ހަވާލުކުރާ ވައުޗަރު ހެދުމަށް ބޭނުންވާ މަޢުލޫމާތު އެކަމާ ބެހޭ ޑިވިޜަނަށް ނުވަތަ މުވައްޒަފަށް ފޮނުވުމާއި، މުވައްޒަފުންނަށް ބޭނުންވާ ވަސީލަތްތައް ހޯދައިދިނުމުގެ ކަންކަން ބެލެހެއްޓުމާއި، މި ކަންކަން އިންތިޒާމު ކުރުމުގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ދަންނަވައިގެން ހަމަޖައްސާން ޖެހޭ ކަންކަން ހަމަޖެއްސުމަށްޓަކައި ޑިވިޜަނުގެ ވެރިޔާއަށް ދެންނެވުމާއި، މުވައްޒަފުންނާ ބެހޭގޮތުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ފޮނުވާން ޖެހޭ މަޢުލޫމާތުތައް ތައްޔާރުކޮށް ޑިވިޜަނުގެ ވެރިޔާއާ ހަވާލުކުރުން. 

7- އެކަޑަމީގެ ވެބްސައިޓުގައި މައުލޫމާތާއި ޚަބަރު ޝާއިޢުކުރުމާ ބެހޭގޮތުން ހެދިފައި ހުންނަ އުސޫލުތަކާ އެއްގޮތަށް، ޑިވިޜަންތަކުން ފޯރުކޮށްދޭ މަޢުލޫމާތު ވެބްސައިޓަށް ލުމާއި، އެކަޑަމީގެ ވެބްސައިޓު އަދާހަމަކޮށް ބެލެހެއްޓުމާއި، އެކަޑަމީގެ ހަރަކާތްތަކާ ބެހޭ ޚަބަރުތައް ލިޔެ ވެބްސައިޓަށް އެރުވުމާއި، އެކަޑަމީން މީޑިޔާއަށާއި އާންމު ރައްޔިތުންނަށް ފޯރު ކޮށްދޭން ބޭނުންވާ މަޢުލޫމާތާއި ޚަބަރުތައް ފޯރުކޮށްދިނުމުގެ ކަންކަން އިންތިޒާމުކުރުމާއި، އެކަޑަމީގެ ފަރާތުން ރޭޑިޔޯއާއި ޓީވީ ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ކަންކަން އިންތިޒާމުކުރުމާއި، އެކަޑަމީގެ މަސައްކަތްތަކާ ބެހޭގޮތުން އާންމުން ހޭލުންތެރިކުރުވުމުގެ މަސައްކަތް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގައި އޮންނަ ޖުޑީޝަރީ މީޑިޔާ ޔުނިޓާ ގުޅިގެން ކުރިޔަށް ގެންދިޔުން.

8- ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާގެ ހިޔުމަން ރިސޯސްއާ ބެހޭ މުވައްޒަފުންނަށް ހިންގާ ތަމްރީނު ޕްރޮގްރާމްތައް ފަރުމާކުރުމަށްޓަކައި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި ކޯޓުތަކުން ބޭނުންވާ މަޢުލޫމާތު ހޯދައި އެއްކުރުމާއި، އެ ޕްރޮގްރާމްތަކުގެ މުޤައްރަރު ތައްޔާރު ކުރުމުގައި ޕްރޮގްރާމްސް އެންޑް ޕަބްލިކޭޝަންސް ޑިވިޜަނަށް ބޭނުން ވާ ހުރިހާ އެހީތެރިކަމާއި އެއްބާރުލުން ދިނުން.

9- އެކަޑަމީގެ ފަރާތުން ހިންގާ ރަސްމީ ހަރަކާތްތަކާ ގުޅިގެން ތައްޔާރު ކުރާން ޖެހޭ ބެނަރުތަކާއި، ސުވެނިއަރ ފަދަ ތަކެއްޗާއި، އެކަޑަމީއަށް ޒިޔާރަތް ކުރައްވާ ޚާއްޞަ މެހުމާނުންނަށާއި އެކަޑަމީއާ ރަސްމީ ގުޅުންތައް އޮންނަ ފަރާތްތައް ތަމްސީލު ކުރައްވާ ޚާއްޞަ ބޭފުޅުންނަށް ހަނދާނީ ހަދިޔާގެ ގޮތުގައި ދެވޭނެ ތަކެތި ތައްޔާރު ކުރުމާއި، ޑިވިޜަންތަކުން ބޭނުންވެއްޖެ ހިނދެއްގައި އެ ތަކެތި ޑިވިޜަންތަކާ ހަވާލު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުން.

މި މަޤާމުތަކަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް

  • ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަދަ ފަރާތަކަށްވުން.
  • ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރި ފަރާތަކަށްވުން.
  • ދަތުރުކުރަންޖެހިއްޖެ ހާލަތެއްގައި ދަތުރުކުރެވޭނެ ފަދަ ޞިއްޙީ ހާލަތެއްގައި ހުރި ފަރާތަކަށްވުން.
  • އިނގިރޭސި ބަހާއި ދިވެހި ބަހުން ފަރިތަކަމާއިއެކު މުޢާމަލާތުކުރަން އެނގޭ ފަރާތަކަށްވުން.
  • މައިކްރޯސޮފްޓް އޮފީސް ޕްރޮފެޝަނަލް ޕެކޭޖް ފަރިތަކަމާއެކު އެޑްވާންސް ފެންވަރެއްގައި ބޭނުންކުރަން އެނގޭ ފަރާތްތައް ކަމުގައިވުން.
  • ދައުލަތުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ ސަލާމަތީ އިދާރާއަކުން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކާއި ބެކްގްރައުންޑް ޗެކްކުރުމުން ފާސްނުވާ ފަރާތްތަކަށް އިސްކަމެއް ނުދެވޭނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި

1- ޝަރުޢީދާއިރާގެ ވަޒީފާއަށްއެދޭ ފޯމު.

2- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.

3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

4- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

5- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައެޅިފައިވާ ކޯހެއް ފުރިހަމަކޮށް ސެޓުފިކެޓު ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވިކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓު. (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލުގެ ކޮޕީ)

6- އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްއޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

ސުންގަޑި

2016 ސެޕްޓެންބަރު 21 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހުށަހެޅުއްވުން އެދެމެވެ. 

އިތުރު މަޢުލޫމާތު

  • މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމު މި ޑިޕާޓްމަންޓުގެ ކައުންޓަރުންނާއި، މި ޑިޕާޓްމަންޓުގެ ވެބްސައިޓް: www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 3006280
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މި އިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމުތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓުފިކެޓުތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދެންނެވީމެވެ.
06 ސެޕްޓެންބަރު 2016
ހޯދާ