ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެކްސްޕޯ މޯލްޑިވްސް 2016 ގައި ބައިވެރިވުމާބެހޭ

އިޢުލާން

އެކްސްޕޯ މޯލްޑިވްސް 2016

ވިޔަފާރިއާއި އުފެއްދުންތެރިކަމަށް ޚާއްޞަކޮށްގެން ރާއްޖޭގައި ބާއްވާ އެކްސްޕޯ މޯލްޑިވްސް 2016 މި އަހަރުގެ ނޮވެންބަރުމަހުގެ 17 އިން 25 އަށް ދަރުބާރުގޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އެކްސްޕޯ މޯލްޑިވްސް ހާއްޞަ ކުރެވިފައިވަނީ 2 ބަޔަކަށެވެ. ފުރަތަމަބައި ހާއްޞަ ކުރެވިފައިވަނީ، ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ތަފާތު ޚިދުމަތްދޭ ކުންފުނިތަކަށާއި އެކިއެކި އުފެއްދުންތައް އުފައްދާ އިންޑަސްޓްރީތަކަށެވެ. ދެވަނަބައި ޚާއްޞަ ކުރެވިފައިވަނީ، ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒު 2016 އަށެވެ.

އަތްތެރި މަސައްކަތާއި އަތުމަސައްކަތުގެ އުފެއްދުންތައް މި އެކްސްޕޯގައި ބައިވެރިކުރެވޭނީ ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒު 2016 ގެ ނަމުގައެވެ. މައުރަޒަށް ހުށަހަޅާ ތަކެއްޗަށް އިންސާފުކޮށް، 1 ވަނަ، 2 ވަނަ، 3 ވަނަ ހޮވައި އިނާމާއި، ހަދާނީ ލިޔުމާއި ޓްރޮފީ ދިނުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން އެ ފަރާތްތަކުން ކުރަމުންގެންދާ މަސައްކަތް އިތުރަށް ފުޅާކޮށް ތަރައްޤީކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން، އެންމެމަތީ މާކްސް ހޯދި 5 ފަރާތަކަށް އެސް. އެމް. އީ ލޯނު ދެވޭނެއެވެ. ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒަށް ހުށަހަޅާ ތަކެތި، އާންމުކޮށް ދެއްކޭނެ އިންތިޒާމުވެސް ހަމަޖެހިގެންދާނެއެވެ.

އެކްސްޕޯ މޯލްޑިވްސް 2016 ގައި މުދަލާއި ޚިދުމަތުގެ ފެންވަރު ހާމަކޮށް ދިނުމަށާއި، އިޝްތިހާރު ކުރުމަށާއި، ޕްރޮމޯޝަންގެ ހަރަކާތްތައް ހިންގުމަށް ފުރުޞަތު ތަނަވަސްކޮށް ދެވޭނެއެވެ. ރާއްޖޭގައި އުފައްދާ މުދަލާއި ދެވޭ ޚިދުމަތުގެ މަޢުލޫމާތު ދިނުމާއި، ވިއްކާ ފަރާތާއި ގަންނަ ފަރާތާ ދެމެދު އިތުބާރާއި ޔަޤީންކަން ދެމެހެއްޓުމުގެ ގޮތުން، މުދަލާއި ޚިދުމަތުގެ ރަނގަޅު ސިފަތައް ހާމަކުރުމަށް ބައްދަލުވުންތައް ބާއްވައި، ވިޔަފާރި ރަޖިސްޓަރީ ކުރުމަށާއި، ޚިދުމަތުގެ ފެންވަރު މަތިކުރުމަށް، ބާއްވާ ޓްރެއިނިންގ ސެޝަންތައް އެކްސްޕޯގެ ތެރޭގައި ހިނގަމުންދާނެއެވެ.

އެކްސްޕޯ މޯލްޑިވްސް 2016 ގައި ބައިވެރިވުމުގެ ފުރުޞަތު މިހާރުވަނީ ހުޅުވާލެވިފައެވެ. މި އެކްސްޕޯގައި ބައިވެރިވުމަށާއި، މައުރަޒުގައި ތަކެތި ބައިވެރި ކުރުމަށް އެދޭ ފަރާތްތަކުން 2016 އޮކްޓޫބަރު 31 ގެ ކުރިން ފޯމު ހުށަހެޅުއްވުމަށް މިހާރުވަނީ އިޢުލާން ކުރެވިފައެވެ. އެކްސްޕޯ މޯލްޑިވްސް 2016 އަދި ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒު 2016 ގައި ބައިވެރިވުމަށް އެދޭ ފޯމާއި، މައުރަޒުގައި ޢަމަލުކުރާނެ އުސޫލު www.mauraz.trade.gov.mv މި ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.

ވީމާ، މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ މައުރަޒާއި، އެކްސްޕޯގައި މިރަށުގައި ތިއްބެވި މަސައްކަތްތެރިންނާއި، ވިޔަފާރި ހިންގަވާ ފަރާތްތަކުގެ ތެރެއިން ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވެލެއްވުމަކީ މި ކައުންސިލުގެ ވަރަށް ބޮޑު އެދުމެއްކަމުގައި ދެންނެވީމެވެ.

27 ޛުލްޤަޢިދާ 1437 

30 އޮގަސްޓް 2016
ހޯދާ