ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
އިންވިޖިލޭޓަރުން ހޯދުމަށް

އިޢުލާން

2016 ވަނަ އަހަރުގެ އޮކްޓޫބަރު/ ނޮވެންބަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ އެޑެކްސެލް އިންޓަރނޭޝަނަލް އޭލެވެލްއާއި ކެމްބްރިޖް އޯލެވެލް، އައި.ޖީ.ސީ.އެސް.އީ އަދި އެސް.އެސް.ސީ އިމްތިޙާނަށް އިންވިޖިލޭޓަރުން ހޯދުން:

2016 ވަނަ އަހަރުގެ އޮކްޓޫބަރު/ ނޮވެންބަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ އެޑެކްސެލް އިންޓަރނޭޝަނަލް އޭލެވެލްއާއި ކެމްބްރިޖް އޯލެވެލް، އައި.ޖީ.ސީ.އެސް.އީ އަދި އެސް.އެސް.ސީ އިމްތިޙާނުގައި ޗީފް އިންވިޖިލޭޓަރުންނާއި އިންވިޖިލޭޓަރުންގެ ގޮތުގައި މަސައްކަތްކޮށްދޭނެ ބޭފުޅުން ބޭނުންވެއެވެ.

މިކަމަށް އެދޭ ފޯމު 2016 ސެޕްޓެންބަރު 4 ން 2016 ސެޕްޓެންބަރު 8 ގެ ނިޔަލަށް، މި ޑިޕާޓްމަންޓުން ދޫކުރަމުން ގެންދާނެއެވެ. އަދި މި ޑިޕާޓްމަންޓްގެ ވެބްސައިޓް www.dpe.edu.mv އިން ޑައުންލޯޑުކުރެއްވޭނެއެވެ. ފޯމުދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 ން 13:30 އަށެވެ.

ޗީފް އިންވިޖިލޭޓަރުންނާއި އިންވިޖިލޭޓަރުންގެ ޝަރުޠާއި އިޤުރާރު މި ޑިޕާޓްމަންޓުގެ ވެބްސައިޓުގައި ހިމަނާފައިވާނެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ބޭފުޅުން އެޕްލިކޭޝަން ފޯމު ފުރިހަމަކުރުމަށްފަހު، 2016 ސެޕްޓެންބަރު 8 ވަނަ ދުވަހުގެ 13:30 ގެ ކުރިން މި ޑިޕާޓްމަންޓަށް ހުށަހެޅުން އެދެމެވެ. 

29 ޛުލްޤަޢިދާ 1437

01 ސެޕްޓެންބަރު 2016
ހޯދާ