ޕަބްލިކް ވަރކްސް ސަރވިސަސް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ތިރީގައި މިދަންނަވާ މަޤާމުތަކަށް މީހަކު ބޭނުންވެއްޖެ.

މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

ޖީ.އެސް. 3 / އޮފިސަރ ގްރޭޑް 1

މަޤާމުގެ ގިންތި

ވަގުތީ (1 އަހަރުދުވަހުގެ ކޮންޓްރެކްޓް)

ބޭނުންވާ އަދަދު

2 (ދޭއް)

ވަޒީފާ އަދާކުރަންޖެހޭ ރަށް / އޮފީހާއި،  ޔުނިޓް

ކ. މާލެ / ޕަބްލިކް ވަރކްސް ސަރވިސަސް، އޮޕަރޭޝަން ސެކްޝަން

މުސާރައާއި ޢިނާޔަތްތައް

މުސާރަ: މަހަކު -/4,465 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/1,500 ރުފިޔާ

އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސް: އަސާސީ މުސާރައިގެ %35

(އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީ ފައިސާ ދެވޭނެއެވެ.)

މަޤާމުގެ ޝަރުޠު

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ޔުނިޓުގެ މަސައްކަތްތަކުގެ ޔައުމިއްޔާ ލިޔުމަށް ބޭނުންވާ މަޢުލޫމާތު އެހެނިހެން ޔުނިޓުތަކުން ހޯދައި، ޔައުމިއްޔާ ލިޔެ ތައްޔާރުކުރުން.
  2. ޔުނިޓަށް ލިބޭ ލިޔުންތަކާއި ފޮނުވޭ ލިޔުންތައް ފައިލްކޮށް ބެލެހެއްޓުން.
  3. ޔުނިޓުން ކުރާ އެކިއެކި މަސައްކަތަށް ބޭނުންވާ ތަކެތި ހޯދުމަށް ރިކުއެސްޓް ފޯމު ހެދުމާއި، ސްޓޭޝަނަރީ ސްޓޮކް ބެލެހެއްޓުން.
  4. ޔުނިޓުން ފޮނުވާ ނޯޓު، ސިޓީ، މެމޯ ފަދަ ލިޔުންތައް ތައްޔާރުކުރުން.
  5. އެހެނިހެން ޔުނިޓުތަކަށް އިދާރީގޮތުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
  6. ޔުނިޓުގެ މުވައްޒަފުން ފޮނުވާ ސިޓީތަކަށް ޖަވާބުދިނުން.
  7. ޔުނިޓުގެ މުވައްޒަފުންގެ ހާޒިރީއާއި ޗުއްޓީއާބެހޭ ކަންތައްތައް ބެލެހެއްޓުން.
  8. މުވައްޒަފުންގެ ޢިލްމާއި، ހުނަރު އިތުރު ކުރުމުގެ ގޮތުން ހިންގަންޖެހޭ ތަފަތު ޕްރޮގްރާމްތައް ވިލަރެސް ކުރުމުގައި އެހީތެރިވުން.
  9. އިތުރުގަޑީގައި މަސައްކަތްކުރާ މުވައްޒަފުންގެ ރެކޯޑްސް ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް ބެލެހެއްޓުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލޭނެ ކަންކަން:

1. ތަޢުލީމާއި ތަމްރީނު.

2. މަސައްކަތުގެ ތަޖުރިބާ.

3. އިންޓަރވިއު.

5. ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު.

6. ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއް ކަމުގައިވުން.

7. މާލިއްޔަތު ޤާނޫނާއި ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދަށް އަހުލުވެރިވެފައިވާ މިންވަރު.

ތަކެތި ހުށަހަޅަންޖެހޭ ތާރީޚު:

  • މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ޕަބްލިކް ވަރކްސް ސަރވިސަސް (ޢިއްޒުއްދީންމަގު، މާފަންނު/ މާލެ) ގެ ކައުންޓަރަށް.
  • ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 ސެޕްޓެންބަރު 8 ވާ ބުރާސްފަތިދުވަހުގެ 14:00 އެވެ.

އިންޓަރވިއު ކުރުން:

  • މި މަޤާމަށް މީހުން ހޮވުމަށް ކުރެވޭ އިންޓަރވިއު އޮންނާނީ، 2016 ސެޕްޓެންބަރު - އޮކްޓޫބަރުމަހުގެ ތާރީޚެއްގައި، ޕަބްލިކް ވަރކްސް ސަރވިސަސް (ޢިއްޒުއްދީންމަގު، މާފަންނު / މާލެ) ގައެވެ.
  • އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ތަކެތި:

- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު ލިބެން ހުންނާނީ ޕަބްލިކް ވަރކްސް ސަރވިސަސް މާލޭ އޮފީހުންނެވެ.)

- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކުގެ ކޮޕީ.

- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް)

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް މި ސަރވިސަސްގެ 3323537 ނަންބަރު ފޯނަށް ނުވަތަ 3020815 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

27 ޛުލްޤަޢިދާ 1437

30 އޮގަސްޓް 2016
ހޯދާ