ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މެޑިސިންގ ޒޯން 4 ހިންގި ޢިމާރާތް ކުއްޔަށް ދޫކުރުން

އިޢުލާން

މެޑިސިންގ ޒޯން 4 ހިންގި ޢިމާރާތް ކުއްޔަށް ދޫކުރުން:

މެޑިސިންގ ޒޯން 4 ހިންގި ފ. ނިލަންދޫ ރައްޔިތުންގެ "ދަރުމަވަންތަ ހިޔާ" ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަޠު ހުޅުވާލަމެވެ. 

ވީމާ، އެ ޢިމާރާތް ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ކަނޑައަޅާފައިވާ ތާރީޚަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚުގައި އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުން

5 ސެޕްޓެންބަރު 2016

13:00 ގައި

އަންދާސީހިސާބު ހުށަހެޅުން

8 ސެޕްޓެންބަރު 2016

13:00 ގައި

މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީހިސާބުތައް ބަލައިގަތުން

ފ. ނިލަންދޫ ކައުންސިލުގެ އިދާރާގައި

މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގައި ބައިވެރިއެއް ނުވެވޭނެއެވެ. އަންދާސީހިސާބު ހުށަހަޅާނީ ބަންދުކޮށްފައިވާ ސިޓިއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "ފ. ނިލަންދޫ ރައްޔިތުންގެ 'ދަރުމަވަންތަ ހިޔާ' ކުއްޔަށް ހިފުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށްޓަކައި ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތައް ބައިވެރިއެއް ނުކުރެވޭނެއެވެ. އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުކުރެވޭނެއެވެ. މަޢުލޫމާތު ސާފުކުރި ފަރާތްނޫން އެހެން ފަރާތެއްގެ ހަވާލުގައި އަންދާސީހިސާބު ހުށަހަޅާނަމަ، އެފަރާތެއްގެ ރަސްމީ ލިޔުމެއް އަންދާސީހިސާބު ހުށަހަޅަންޖެހޭ ގަޑީގެ 1 ގަޑިއިރު ކުރިން މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

22 ޛުލްޤަޢިދާ 1437

25 އޮގަސްޓް 2016
ހޯދާ