ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކާޕެޓް ބަދަލުކުރުން

އިޢުލާން

ފ. ނިލަންދޫ މަސްޖިދުއްސަލާމުގައި އަޅާފައިވާ ކާޕެޓް ބަދަލުކުރުން

ފ. ނިލަންދޫ މަސްޖިދުއްސަލާމުގައި އަޅާފައިވާ ކާޕެޓް ހަލާކުވެފައިވާތީ، އެ ކާޕެޓް ނަގައި އަލުން ކާޕެޓް އަޅަން ބޭނުންވެއްޖެއެވެ.

ވީމާ، ކާޕެޓް ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ކަނޑައަޅާފައިވާ ތާރީޚަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައަޅާފައިވާ ތާރީޚުގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.  

މަޢުލޫމާތު ސާފުކުރުން

5 ސެޕްޓެންބަރު 2016

10:30 ގައި

އަންދާސީހިސާބު ހުށަހެޅުން

8 ސެޕްޓެންބަރު 2016

11:00 ގައި

މަޢުލޫމާތު ސާފުކޮށްދިނުމާއި، އަންދާސީހިސާބުތައް ބަލައިގަތުން

ފ. ނިލަންދޫ ކައުންސިލުގެ އިދާރާގައި

މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކަށް އަންދާސީހިސާބުގައި ބައިވެރިއެއް ނުވެވޭނެއެވެ. އަންދާސީހިސާބު ހުށަހަޅާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ސިޓީއުރައިގެ ބޭރުގައި "ފ. ނިލަންދޫ މަސްޖިދުއްސަލާމުގައި އަޅަން ބޭނުންވާ ކާޕެޓް ވިއްކުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށްޓަކައި ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތައް ބައިވެރިއެއް ނުކުރެވޭނެއެވެ. އަދި މަޢުލޫމާތު ފުރިހަމަ ނުވާ އަންދާސީހިސާބުތައް ބާޠިލުކުރެވޭނެއެވެ. މަޢުލޫމާތު ސާފުކުރި ފަރާތް ނޫން އެހެން ފަރާތެއްގެ ހަވާލުގައި އަންދާސީހިސާބު ހުށަހަޅާނަމަ، އެފަރާތެއްގެ ރަސްމީ ލިޔުމެއް، އަންދާސީހިސާބު ހުށަހަޅަންޖެހޭ ގަޑީގެ 1 ގަޑިއިރު ކުރިން މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

22 ޛުލްޤަޢިދާ 1437

25 އޮގަސްޓް 2016
ހޯދާ