ކެންދޫ ސްކޫލް
ދިވެހިރާއްޖެ
މަލްޓިމީޑިޔާ ޕްރޮޖެކްޓަރ ހަރުކޮށްދޭނެ ފަރާތެއް ހޯދަން

އިޢުލާން

މަލްޓިމީޑިޔާ ޕްރޮޖެކްޓަރ ހަރުކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

މި ސްކޫލުގެ ހަތް ކްލާސްރޫމުގައި މަލްޓިމީޑިޔާ ޕްރޮޖެކްޓަރ ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ބ. ކެންދޫ ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް ބ. ކެންދޫ ސްކޫލަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

2016 ސެޕްޓެންބަރު 7 ވާ ބުދަދުވަހުގެ 11:00 އަށް

2016 ސެޕްޓެންބަރު 28 ވާ ބުދަދުވަހުގެ 11:00 އަށް

އަދި ކަނޑައެޅިފައިވާ ގަޑިއަށް މަޢުލޫމާތު ސެޝަނަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ކަމުގައިވެސް ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ނަންބަރު 6600315 ފޯނާ ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

26 ޛުލްޤަޢިދާ 1437

29 އޮގަސްޓް 2016
ހޯދާ