ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ.ގައްދޫގައި އިމާރާތްކުރަމުންދާ 50 ގެ ދޫކުރުމަށް ކަނޑައެޅިފައިވާ އުޞޫލާއި މިގެތައް ބޭނުންވާ ފަރާތްތަކުން ގެ ހޯދުމަށް

އިޢުލާން

ސަރުކާރުގެ ގެދޮރުވެރިކުރުމުގެ ޕްރޮގްރާމުގެ ދަށުން ގދ.ގައްދޫގައި އިމާރާތްކުރަމުންދާ 50 ގެ ދޫކުރުމަށް ކަނޑައެޅިފައިވާ އުސޫލާއި، މި ގެތައް ބޭނުންވާ ފަރާތްތަކުން ގެ ހޯދުމަށް އެދި ހުށަހަޅަންޖެހޭ ފޯމު މި އިޢުލާނާއެކު ޢާންމު ކުރަމެވެ.

ވީމާ، މި ގެތަކަށް އެދެން ބޭނުންވާ ފަރާތްތަކުން މިކަމަށް އެދި ފޯމު ފުރުއްވުމަށްފަހު ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތަކާއެކު މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2016 ސެޕްޓެންބަރު 1 ވާ ބުރާސްފަތި ދުވަހުން ފެށިގެން 2016 އޮކްޓޫބަރު 10 ވާ ހޯމަދުވަހުގެ ނިޔަލަށް ރަސްމީ ގަޑީގައި މި އިދާރާގެ ކައުންޓަރުންނެވެ.

މި ގެތަކަށް އެދޭ ފޯމާއި އުސޫލު، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި އިދާރާގެ ކައުންޓަރުންވެސް ފޯމު ލިބެން ހުންނާނެ ވާހަކަ ދެންނެވީމެވެ. މިކަމާ ގުޅިގެން މި އިދާރާގެ ނަންބަރު 91/2016 (25 އޮގަސްޓު 2016) އިޢުލާން ކުރެވިފައިވާ ވާހަކަވެސް ދެންނެވީމެވެ.

މިހެންވެ މިކަން ޢާންމުކޮށް އިޢުލާނުކޮށް ދެންނެވީމެވެ.

26 ޛުލްޤަޢިދާ 1437

29 އޮގަސްޓް 2016
ހޯދާ