ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އިންޓަރ އޮފީސް / ކުންފުނިތަކުގެ ނެޓްބޯޅަ މުބާރާތް - 2016

އިންޓަރ އޮފީސް / ކުންފުނިތަކުގެ ނެޓްބޯޅަ މުބާރާތް - 2016

މި އެސޯސިއޭޝަންގެ ފަރާތުން އިންތިޒާމުކޮށްގެން، އޮފީސް / ކުންފުނިތަކުގެ މެދުގައި ނެޓްބޯޅަ މުބާރާތެއް 2016 ސެޕްޓެންބަރު 19 ވަނަ ދުވަހު ފެށުމަށް ވަނީ ހަމަޖެހިފަައެވެ. މިމުބާރާތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ 2 ޑިވިޜަނެއްގެ ގޮތުގައެވެ.

މުބާރާތުގެ ގަވާއިދު، އެސޯސިއޭޝަނުގެ ވެބްސައިޓް http://netball.mv/rule.php އިން ޑައުންލޯޑް ކުރެވެން ހުންނާނެ ވާހަކަ ދެންނެވީމެވެ.

ވުމާއެކު، މި މުބާރާތުގައި ބައިވެރިވެލައްވަން ޝައުޤުވެރިވެލައްވާ އޮފީސް / ކުންފުނިތަކުން ބައިވެރިވާން އެދޭ ކަމުގެ ލިޔުން، ފޯކަލް ޕޮއިންޓުގެ މަޢުލޫމާތު ހިމެނޭގޮތަަށް 2016 ސެޕްޓެންބަރު 1 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިއެސޯސިއޭޝަންގެ މެއިލް އެޑްރެސް [email protected] އަށް ފޮނުއްވުން އެދެމެވެ.

މުބާރާތާބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް 9792300 އަށް ގުޅުއްވުން އެދެމެވެ.

24 އޮގަސްޓް 2016
ހޯދާ