ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

މި އޮތޯރިޓީއަށް ތިރީގައި މިދަންނަވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.   

  1. ބ. އޭދަފުށި، އއ. ރަސްދޫ، ރ. އުގޫފާރު، އަދި ތ. ވިލުފުށި، މި 4 ރަށަށް 60 ފޫޓުގެ އެންޓެނާ ޓަވަރާއި ޓަވަރުގައި ހަރުކުރާ ތަކެތި ގެންގޮސް، ބުޑު އަޅައި، ޓަވަރު ޖަހައި، ޓަވަރުގައި އެންޓެނާ އާއި އެހެން ބައެއް ތަކެތި ހަރުކޮށްދިނުމުގެ އެންމެހައި މަސައްކަތްތައް ކުރުން. 
  2. ހދ. ކުޅުދުއްފުށި، މ. ކޮޅުފުށި، ދ. ކުޑަހުވަދޫ، ގއ. ވިލިނގިލި އަދި ގދ. ކާޑެއްދޫ، މި 5 ރަށުގައި ޖަހާފައިހުރި 60 ފޫޓުގެ ޓަވަރުތަކުގައި ލައިޓިން އެރެސްޓަރއާއި ނެވިގޭޝަން ލައިޓް ހަރުކޮށްދިނުން.
  3. ހދ. ކުޅުދުއްފުށީގައި ޖަހާފައި ހުރި 60 ފޫޓުގެ ޓަވަރުގެ 2 ވަނަ ބައި އަރިވެފައިވާތީ، އެކަން ރަނގަޅު ކުރުން. 

ވީމާ މި މަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 6 ވާ އަންގާރަ ދުވަހު 11.00 އަށް މި އޮތޯރިޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު، 2016 ސެޕްޓެންބަރު 20 ވާ އަންގާރަ ދުވަހު 11:00 އަށް މި އޮތޯރިޓީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

25 އޮގަސްޓް 2016
ހޯދާ