ފުވައްމުލަކު ދޫނޑިގަން ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނީލަން ކިއުމާބެހޭ

އިޢުލާން

ނީލަން ކިއުމާބެހޭ

ފުވައްމުލަކު ދޫނޑިގަން ބްލޫ އައްސޭރި ގޯތީގެ އިރުއުތުރު ކަނާ ދިމާގައި, ގޯތިން ބޭރުގައި ހުރެގެން, ކިނބިގަސްމަގުން ހިނގާ މީހުންނާއި ދުއްވާ ތަކެއްޗަށް ނުރައްކާވާތީ, ފުވައްމުލަކު ބްލޫއައްސޭރި މުޙައްމަދު އަޙުމަދަށް ބަދަލުދީ، ކަނޑާލާފައިވާ ފޯދުނު ދިވެހި 1 ރުކުގެ ލަކުޑީގެ ނީލަންކިއުން 2016 އޮގަސްޓު 30 ވާ އަންގާރަދުވަހުގެ 9:00 ގައި ރުއް ކެނޑިތާނގައި އޮންނާނެއެވެ.

ނީލަމުން މި ލަކުޑި ނަންގަވާ ފަރާތުން ދޫނޑިގަން ކައުންސިލުގެ އިދާރާއަށް ފައިސާ ދެއްކެވުމަށްފަހު 3 ދުވަހުގެ ތެރޭގައި ލަކުޑި އެތަނުން ނަގައި ތަން ސާފުކުރަންވާނެއެވެ.

ވީމާ، މި ނީލަމުގައި ވީހާ ގިނަ ފަރާތްތަކެއް ބައިވެރިވުމަކީ މި ކައުންސިލުގެ ވަރަށް ބޮޑު އެދުމެކެވެ.

20 ޛުލްޤަޢިދާ 1437

23 އޮގަސްޓް 2016
ހޯދާ