ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ޖެނިޓަރ

ވަޒީފާގެ ފުރުޞަތު

ތިރީގައިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމު

ޖެނިޓަރ

ބޭނުންވާ އަދަދު

1

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 2

ރޭންކް:އެސް.އެސް 2

މުސާރަ

މަހަކު: -/3،470 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު: -/1،000 ރުފިޔާ

ޢިނާޔަތްތައް

ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެ.

ވަޒީފާ އަދާކުރަންޖެހޭ އޮފީސް ސެކްޝަން

ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް/ މާލެ.

މަޤާމުގެ މަސްއޫލިއްޔަތު

ޓެލެކޮމް ބިލްޑިންގގެ ގޯތިތެރެ ސާފުކުރުމާއި، އޮފީސްބައި ފޮޅައި ސާފުކޮށް ބެލެހެއްޓުމާއި، މުވައްޒަފުންނަށް އެހީތެރިކަން ބޭނުންވާ ކަންކަމުގައި އެހީތެރިވުން.          

މަޤާމުގެ ޝަރުޠު

  1. ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު ޤާބިލުކަން ހުރުން.
  2. މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގެ އެ ފެންވަރުގެ މަޤާމެއްގައި މަސައްކަތް ކުރަމުންދާ މީހެއް ކަމުގައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމުރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއާއި މަސައްކަތުގެ ހުނަރަށް ބަލައިގެން.
  3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

1. މައިގަނޑު މަސައްކަތް:

2. އޮފީސް ޢިމާރާތް ފޮޅައި ސާފުކޮށް ބެލެހެއްޓުން.

3. އޮފީހުގެ ގޯތިތެރެ ކުނިކަހައި ސާފުކުރުން.

4. އެކިފަރާތްތަކަށް ރައްދުކުރަންޖެހޭ ސިޓީއާއި ތަކެތި ހަވާލުކުރަން ދިއުން.

5. އޮފީހުގެ މުވައްޒަފުންނާއި މެހުމާނުންގެ ސައިފޮދު އިންތިޒާމުކުރުމުގައި އެހީތެރިވުން.

6. އޮތޯރިޓީގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލު ކުރެވޭ މަސައްކަތްތައް ކުރުން.

ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު، މި އޮތޯރިޓީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އޮތޯރިޓީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
  2. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަން ބަޔާންކޮށް ތައްގަނޑުޖެހި)
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތުހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް އެނގޭ ސާފު ކޮޕީއެއް.

ސުންގަޑި

2016 ސެޕްޓެންބަރު 7 ވާ ބުދަދުވަހުގެ 13:00 ގެ ކުރިން ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ޓެލެކޮމް ބިލްޑިންގ، ހުސްނުހީނާމަގު) އަށް ހުށަހެޅުން އެދެމެވެ.

އިންޓަރވިއު ބޭވުމަށް ކަނޑައަޅާފައިވާ މުއްދަތާއި އޮންނާނެ ތަން.

މި މަޤާމަށް މީހުން ހޮވުމަށް ހަމަޖެހިފައިވަނީ އިންޓަރވިއުކުރުމަށްފަހުގައެވެ. އިންޓަރވިއު އޮންނާނީ މި އިޢުލާނަށް މުއްދަތުހަމަވާތާ ފަނަރަދުވަހުގެ ތެރޭގައި ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގައެވެ.

އިތުރު މަޢުލޫމާތު

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ތަޢުލީމާއި ތަޖުރިބާއަށް ބަލައި އެންމެ މަތިން ޝޯޓްލިސްޓު ކުރެވޭ 10 ފަރާތަކަށެވެ. މަޢުލޫމާތު ސާފުކުރަން ގުޅުއްވާނެ ނަންބަރަކީ 3323344 އެވެ.

24 އޮގަސްޓް 2016
ހޯދާ