މިލަދުންމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޔަމަހާ ފޯ ސްޓްރޮކް 2 އިންޖީނު ސިޓީލާ ނީލަމުގައި ވިއްކާލުމަށް

އިޢުލާން

ނ.އަތޮޅު ކައުންސިލް އިދާރައިގެ "ރަންދުނި" ލާންޗުން ނަގާފައިވާ ޔަމަހާ ފޯސްޓްރޮކް 2 އިންޖީނު ސިޓީލާ ނީލަމުގައި ވިއްކާލުމަށް ބޭނުންވެއެވެ.

ނީލަން ނަންބަރު 1 (ޔަމަހާ ފޯސްޓްރޮކް އިންޖީނު)

1-  1 އިންޖީނު ޔަމަހާ އައުޓްބޯޑް 200 ހޯސްޕަވަރ 4 ސްޓްރޯކް

2-  މި އިންޖީނަކީ 31 ޖުލައި 2005 ން 31 ޑިސެންބަރު 2015 އަށް ބޭނުންކޮށްފައިވާ އިންޖީނެކެވެ.

3-  ނީލަންފެށޭ އަގު: -/50000 (ފަންސާސްހާސް) ރުފިޔާ

4-  އަގަށް ފަހަރަކު މަދުވެގެން އިތުރުކުރެވޭނެ އަދަދު: -/5000 (ފަސްހާސް) ރުފިޔާ

5-  އިންޖީނުގެ މިހާރުގެ ހާލަތު: ރަނިންކޮންޑިޝަންގައެވެ.

ނީލަން ނަންބަރު 2 (ޔަމަހާ ފޯސްޓްރޮކް އިންޖީނު)

1-  1 އިންޖީނު ޔަމަހާ އައުޓްބޯޑް 200 ހޯސްޕަވަރ 4 ސްޓްރޯކް

2-  މި އިންޖީނަކީ 31 ޖުލައި 2005 ން 31 ޑިސެންބަރު 2015 އަށް ބޭނުންކޮށްފައިވާ އިންޖީނެކެވެ.

3-  ނީލަންފެށޭ އަގު: -/40000 (ސާޅީސްހާސް) ރުފިޔާ

4-  އަގަށް ފަހަރަކު މަދުވެގެން އިތުރުކުރެވޭނެ އަދަދު: -/5000 (ފަސްހާސް) ރުފިޔާ

5-  އިންޖީނުގެ މިހާރުގެ ހާލަތު: ރަނިންކޮންޑިޝަންގައި، ސްޓާޓްކުރަންދަތި ވުމާއި، ޖެކްގައި މައްސަލަ އުޅެއެވެ.

ވީމާ، ނީލަމުގައި ބައިވެރިވެލައްވަން ބޭނުންވާ ފަރާތްތަކުން ނީލަމަށް އަގު ހުށަހަޅުއްވާނީ ކޮންމެ ނީލަން ނަންބަރަކަށް ވަކި ސިޓީއަކުންނެވެ. ސިޓީގައި ނީލަމުގައި ބައިވެރިވެލައްވާ ފަރާތުގެ މަޢުލޫމާތު (ނަމާއި އެޑްރެސް، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު، ތާރީޚު އަދި ގުޅޭނެ ފޯނުނަންބަރު) ހިމަނަންވާނެއެވެ. އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ސިޓީއާއެކު ހުށަހަޅަންވާނެއެވެ. މި އިދާރާގެ ކައުންޓަރުން އަދި ފެކުހުންނާއި އީމެއިލުން ވެސް ސިޓީ ބަލައިގަނެވޭނެއެވެ. ފެކްސް ކުރައްވާނީ މިއިދާރާގެ ނަންބަރު 6560094 އަށެވެ. އަދި މެއިލް ކުރައްވާނީ [email protected] އަށެވެ.

ނީލަމަށް ހުށަހެޅޭ އެންމެމަތީ އަގު ކޮންމެ ދުވަހަކުވެސް މި އިދާރާގެ ނޯޓިސްބޯޑުގައި އާންމުކޮން ފެންނާނެހެން ބެހެއްޓިފައި ހުންނާނެއެވެ. ކޮންމެ ދުވަހަކުވެސް އާންމުކުރެވޭނީ އެދުވަހެއްގެ 13:00 ގެ ކުރިން ހުށަހަޅުއްވާ އަގުތަކުގެ ތެރެއިން އެންމެ މަތީ އަގެވެ. އެއިގެ ފަހުން ހުށަހަޅުއްވާ އަގުތައް އާންމުކުރެވޭނީ ޖެހިގެން އަންނަ ދުވަހުއެވެ. ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، ޖެހިޖެހިގެން 5 ދުވަހު އެއް އަގެއް އޮވެއްޖެނަމަ، އެ އަގެއް ހުށަހެޅި ފަރާތަކަށް ނީލަން ނިންމާލެވޭނެއެވެ. އަދި ނީލަން ކާމިޔާބު ކުރިކަން ލިޔުމުން އަންގާ ދުވަހުން ފެށިގެން (ރަސްމީ ބަންދު ދުވަސް ނުހިމަނައި) 10 ދުވަހުގެ ތެރޭގައި ނީލަމުގެ އަގަށްވާ ފައިސާ، މި އިދާރާއަށް ދައްކަންވާނެއެވެ. 10 ދުވަހުގެތެރޭގައި ފައިސާ ނުދައްކައިފިނަމަ ދެވަނައަށް އެންމެ މަތީ އަގެއް ހުށަހެޅި ފަރާތަށް ނީލަން ނިންމުން ނުވަތަ ނީލަން ބާޠިލުކުރުމުގެ އިޚުތިޔާރު ނ. އަތޮޅު ކައުންސިލަށް ލިބިގެންވެއެވެ.

އިންޖީނު ބައްލަވާލައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކަށް އިންޖީނު ދެއްކުމުގެ އިންތިޒާމު ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 11:00 ން 12:00 އަށް ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ. މި ނީލަން ފެށޭ ދުވަހަކީ 28 އޮގަސްޓު 2016 އެވެ. މި އިޢުލާނަށް އެއްވެސް ފަރާތަކުން އިޖާބަ ނުދީފިނަމަ، 2016 ސެޕްޓެންބަރު 8 އަށް މި އިއުލާނުގެ މުއްދަތު ހަމަވީއެވެ.

14 ޛުލްޤަޢިދާ 1437

17 އޮގަސްޓް 2016
ހޯދާ