ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
އެސިސްޓެންޓް ކޮމްޕިއުޓަރ ޓެކްނީޝަން ގްރޭޑް 3

މަޤާމް :އެސިސްޓެންޓް ކޮމްޕިއުޓަރ ޓެކްނީޝަން ގްރޭޑް 3
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު

މަޤާމު: އެސިސްޓެންޓް ކޮމްޕިއުޓަރ ޓެކްނީޝަން ގްރޭޑް 3

މުސާރަ  އާއި އެލަވަންސް:

މަހަކު -/8000 ރުފިޔާ

މަޤާމުގެ ރޭންކް

TP 9

ބޭނުންވާ އަދަދު

01

މަސައްކަތް ކުރަންޖެހޭ ތަން

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް

އިންޖިނިއަރިންގ / އައިޓީ

މަޤާމުގެ ޝަރުޠު:

ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުން 2 (ދޭއް) މާއްދާއިން ފާސްވެފައިވުމާއެކު މަޤާމާ ގުޅޭ ދާއިރާއިން 3 (ތިނެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ނެޓްވާރކް އެޅުމާއި، ނެޓްވާރކް ސެކިއުރިޓީ ބެލެހެއްޓުމާއި، ނެޓްވާރކަށް ދިމާވާ މައްސަލަތައް ހައްލުކުރުން.
  2. އައި.ސީ.ޓީ ސިސްޓަމްސްއާއި ޕެރިފެރަލްސް އިންސްޓޯލްކޮށް ކޮންފިގާރ ކުރުމާއި އެ ތަކެތި މެއިންޓެއިން ކުރުން.
  3. ބިއުރޯތަކަށާއި މީޑިއާ ސެންޓަރުތަކަށް އައި.ސީ.ޓީ ސަޕޯޓް ދިނުން.
  4. ސިސްޓަމްތަކާއި، ނެޓްވާރކްގެ ސެކިއުރިޓީ އަދި ވައިރަސް އެކްޓިވިޓީ ކޮންޓްރޯލް ކުރުން.
  5. އެސް.އެމް.އެސް ކީވާރޑް ހަދައިދިނުމާއި، އެ ޕޯޓަލް ބެލެހެއްޓުން.
  6. އެކްސެސް ކޮންޓްރޯލް ސިސްޓަމްސް، އެޓެންޑަންސް ސިސްޓަމް ބެލެހެއްޓުމާއި، ކާޑް އިޝޫކުރުން.
  7. ޕީ.އޭ.ބީ.އެކްސް، އަދި މިނޫންވެސް ޓެލެކޮމިއުނިކޭޝަން އިކުއިޕްމަންޓްސް ބެލެހެއްޓުމާއި، މުވާސަލާތީ ޚިދުމަތް ދިނުން.
  8. އައި.ސީ.ޓީ ނެޓްވާރކް ޑައިގްރާމް، އިންވެންޓްރީ ފަދަ ތަކެތި ބެލެހެއްޓުން.
  9. އައި.ސީ.ޓީ ވަސީލަތް ބޭނުންކުރެވޭ މިންވަރު ބަލައި، ސްޓެޓިސްޓިކްސް ނެގުން.
  10. އައި.ސީ.ޓީ އިންފްރާސްޓްރިކްޗަރަށް ޑައުންޓައިމެއް އަޔަނުދީ، ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރުން.
  11. އައި.ސީ.ޓީ ޕޮލޮސީ އެންޑް ޕްރޮސީޖަރާ އެއްގޮތަށް މަސައްކަތް ކުރުން.
  12. އައި.ސީ.ޓީ ސާވާރ ރޫމުގެ ސެކިއުރިޓީއާއި، ސާވާރ އެންވައިރޯންމެންޓް ރަނގަޅަށް ބެލެހެއްޓުން.
  13. ސާވާރ އަދި ސްޓޯރޭޖް އިންސްޓޯލްކުރުމާއި މެއިންޓެއިން ކުރުން، އަދި މިފަދަ ތަކެތީގެ ބެކަޕް ނެގުން.

14. ޔޫސާރ އެކައުންޓްސް، ޔޫސާރ ރައިޓްސް އަދި މެއިލް އެކައުންޓަސް ހަދައިދީ، އެ ތަކެތި ބެލެހެއްޓުން.

ވަޒީފާއަށް އެންމެ ޤާބިލު ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.
  • މީގެ އިތުރުން، މަސައްކަތާގުޅޭ ގޮތުން އުފެއްދުންތެރި ޚިޔާލުތަކާއި އާ ވިސްނުންތައް ހުރި މިންވަރު ބެލެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައިވާ، މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކުރެވިފައިވާ ފަދަ ދާއިރާއެއްގެ ސެޓުފިކެޓު އަދި ޓްރާންސްކްރިޕްޓްގެ އެޓެސްޓް ކޮށްފައިވާ ކޮޕީ.
  • ސެޓުފިކެޓު އެކްރެޑިޓް ނުކުރެވި ނުވަތަ އެކްރެޑިޓް ކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިޔު.އޭ) އަށް ހުށަހަޅާފައިވާނަމަ، އެމް.ކިޔު.އޭ އިން އެޓެސްޓް ކޮށްފައިވާ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ އެޓެސްޓް ކޮށްފައިވާ ކޮޕީ.
  • ސެޓުފިކެޓު އެކްރެޑިޓް ނުކުރެވިވާނަމަ، ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ އެޓެސްޓްކޮށްފައިވާ ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • އައިޑީ ކާޑުގެ ފޮޓޯކޮޕީ.
  • ޕާސްޕޯޓް ސައިޒު ފޮޓޯއެއް.
  • ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.

އިންޓަވިއުކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:

  • އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ސުންގަޑި

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 4 ވަނަ ދުވަހުގެ 15:00 ގެ ކުރިން މި ކުންފުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ / ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށް އެދޭ ލިއުންތައް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000210 އާ ގުޅުއްވުން އެދެމެވެ.

20 ޛުލްޤަޢިދާ 1437

23 އޮގަސްޓް 2016
ހޯދާ