މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ހިއުމަން ރިސޯސް އޮފިސަރ ، އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

މި މިނިސްޓްރީއަށް، ތިރީގައިމިވާ ދެ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

1. މަޤާމު:

ހިއުމަން ރިސޯސް އޮފިސަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމު ނަންބަރު:

211599

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މަޤާމުގެ ރޭންކް:

އެމް.އެސް. 2

މުސާރައާއި ޢިނާޔަތްތައް

މުސާރަ:

މަހަކު -/6295 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2,000 ރުފިޔާ

މެޑިކަލް އިންޝުއަރެންސް:   

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން ހަމަޖައްސައިދެވޭނެ.

އިތުރުގަޑި:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމު އޮތް އޮފީހުގެ ނަމާއި، ވަޒީފާ އަދާކުރަންޖެހޭ ސެކްޝަނާއި، ވަޒީފާ އަދާކުރަންޖެހޭ ތަން

މަޤާމު އޮތް އޮފީހުގެ ނަން:

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން/ޔުނިޓް:

އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް ސެކްޝަން / ހިއުމަން ރިސޯސް ޔުނިޓް

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު

މަސައްކަތް:

  1. މަސައްކަތު އަހަރު ފެށުމުގެ ކުރިން މިނިސްޓްރީގެ ދާއިރާތަކަށް ބޭނުންވާ ފޯމްތައް ފޮނުވުމާއި މުވައްޒަފުންގެ މަސައްކަތު ޓާގެޓް ސެޓް ކުރުމަށް ދެންނެވުން
  2. ފޯމުތައް މިނިސްޓްރީގެ ދާއިރާތަކަށް ފޮނުވުމުގެ ކުރިން ސެކްޝަން 1 ގައިވާ "މަސައްކަތުގެ ފެންވަރު ބެލޭ މުވައްޒަފާ ބެހޭ މަޢުލޫމާތު" އެ މުވައްޒަފެއްގެ މަޢުލޫމާތު ފައިލުގައިވާ ރިކޯޑުތަކާ އެއްގޮތަށް ފުރިހަމަކުރުން.
  3. މަސައްކަތު އަހަރުގެ ތެރޭގައި ކަނޑައެޅިފައިވާ ޓާގެޓް ސެޓްކޮށް މުވައްޒަފުންނާއި މުޢާމަލާތު ކުރެވިފައިވޭތޯ ބެލުން.
  4. މަސައްކަތު އަހަރުގައި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މައިގަނޑު މަސައްކަތް ކުރުމަށް މިނިސްޓްރީގެ ދާއިރާތަކުގައި ދެންނެވުން.
  5. ފޯމުތައް ފުރިހަމަ ކުރުމަށް ހަމަޖެހިފައިވާ މުއްދަތުގެ ތެރޭގައި ފޯމުތައް ފުރިހަމަކޮށްފައިވޭތޯ ބެލުން.
  6. ދާއިރާގެ މުވައްޒަފުންގެ އަދަދާއި، ޓާގެޓް ކަނޑައެޅިފައިވާ މުވައްޒަފުންނާއި، ފޯމުތައް ފުރިފައިވާ މުވައްޒަފުންގެ މަޢްލޫމާތު އެއްކުރުން.
  7. ފޯމުތައް ދިރާސާ ކުރުމަށްފަހު، އޭގެތެރެއިން އެއްވެސް ފޯމެއް ފުރިހަމަކޮށްފައިވަނީ ހަމަޖެހިފައިވާ ގަވާއިދުތަކާއި، އުސޫލުތަކާ ތަފާތުގޮތަކަށް ކަމަށް ފެންނަނަމަ، ހިއުމަން ރިސޯސް ޕެނަލްގެ ލަފާގެ މަތިން އެ ދާއިރާއަކާ މަޝްވަރާކޮށްގެން އެކަންތައްތައް ބަލައި ޙައްލުކުރުން.
  8. ޕޮއިންޓް ދީފައިވަނީ ދާއިރާތަކަށް ޕޮއިންޓް ދިނުމަށް ފޯމުގައި ކަނޑައަޅައިފައިވާ އިންތަކުގެ ތެރެއިންތޯ ނުވަތަ ނޫންތޯ ބަލައި ޗެކް ކުރުން. އަދި ބައެއްބައިތަކަށް މާމަތިން ނުވަތަ މާދަށުން ޕޮއިންޓް ލިބިފައިވާނަމަ، މިކަން ހިއުމަން ރިސޯސް ޕެނަލްގެ ސަމާލުކަމަށް ގެނައުން.
  9. މަސައްކަތުގެ ފެންވަރު ބެލުމާ ބެހޭގޮތުން އެއްވެސް މުވައްޒަފަކު ޝަކުވާއެއް ހުށަހަޅައިފިނަމަ ހިއުމަން ރިސޯސް ޕެނަލްގެ ލަފާގެ މަތިން އެމައްސަލައެއް ޙައްލުކުރުމަށް މަސައްކަތް ކުރުން.
  10. މުވައްޒަފުންނަށް ތަމްރީން ބޭނުންވާ ރޮނގުތައް ފާހަގަކޮށް ޒިންމާދާރު އިސްވެރިޔާއަށާއި ހިއުމަން ރިސޯސް ޕެނަލަށް ހުށަހެޅުން.
  11. މުވައްޒަފުންގެ ޓްރޭނިންގ ރިކްއަމަންޓް ތައްޔާރުކުރުމާއި ސްކޮލަރޝިޕާއި ކުރު ކޯސްތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި މުވައްޒަފުންގެ ޓްރެއިންގއާބެހޭ ދަފުތަރު ބެލެހެއްޓުން
  12. ޓްރެއިނިންގ ފޯކަލް ޕޮއިންޓެއްގެ ގޮތުން ސިވިލް ސަރވިސް އިން ޓްރެއިންގއާބެހޭގޮތުން އަންނަ ސަރކިއުލަރ، ސަރކިއުލަރ، ސިޓީ، ނޯޓުތަކަށް ޖަވާބު ފޮނުވުން
  13. ސެކްޝަން/ ޑިވިޜަން/ ޑިޕާޓްމަންޓްގެ އެހެން މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރުމާއި، ޗުއްޓީގައި ނުވަތަ ސަލާމުގައި ތިބޭ މުވައްޒަފުންގެ މަސައްކަތްތައް ހިއްސާކުރުމާއި، މިނިސްޓްރީގެ ފަރާތުން ރާވައި ހިންގާ އެހެނިހެން ކަންކަމާއި ގުޅިގެން ކުރަންޖެހޭ ކަންކަމުގައި، ހަވާލު ކުރެވޭ ކަންކަން ކޮށްދީ އެހީތެރިވުން

މަޤާމުގެ ޝަރުޠުތައް

އަސާސީ ޝަރުޠު:

  1. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ ހިއުމަން ރިސޯސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ ހިއުމަން ރިސޯސްގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ
  1. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ހި އުމަން ރިސޯސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ ހިއުމަން ރިސޯސްގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ
  1. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ ހިއުމަން ރިސޯސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  1. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ ހިއުމަން ރިސޯސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން

 

2. މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމު ނަންބަރު

255942

މަގާމުގެ ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 2

ރޭންކް

ޖީ.އެސް 4

މުސާރައާއި ޢިނާޔަތްތައް

މުސާރަ:

މަހަކު -/5020 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1,500 ރުފިޔާ

ރިސްކް އެލަވަންސް:

ކައުންޓަރުގައި މަސައްކަތްކުރާ ކޮންމެ ދުވަހަކަށް -/25 ރުފިޔާ

މެޑިކަލް އިންޝުއަރެންސް:   

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން ހަމަޖައްސައިދެވޭނެ.

އިތުރުގަޑި:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމު އޮތް އޮފީހުގެ ނަމާއި، ވަޒީފާ އަދާކުރަންޖެހޭ ސެކްޝަނާއި، ވަޒީފާ އަދާކުރަންޖެހޭ ތަން

މަޤާމު އޮތް އޮފީހުގެ ނަން:

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން/ޔުނިޓް:

ބިޒްނަސް ރެޖިސްޓްރޭޝަން ސެކްޝަން / އަދަރ ޕަރމިޓްސް އެންޑް ބިޒްނަސް ސަރވިސް ޔުނިޓް

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު

މަސައްކަތް:

  1. ކައުންޓަރުން ކަސްޓަރމަރުންނަށް ދޭ ވިޔަފާރީގެ ޚިދުމަތްތަކާގުޅޭ ހުރިހާ ހުއްދައެއް ހެދުމާއި ކެންސަލް ކުރަންޖެހޭ ހުއްދަތައް ކެންސަލްކުރުމާއި އިމްޕޯޓް އަދި އެކްސްޕޯރޓް ލައިސަންސް ހެދުން
  2. ދުވަހުން ދުވަހަށް ތައްޔާރުކުރަންޖެހޭ ރިޕޯޓުތައް ހެދުމާއި ފައިލުކުރަންޖެހޭ ލިޔެކިޔުންތައް ފައިލްކުރުން
  3. ހުއްދަ/ލައިސަންސްގެ ފައިސާ ބަލައިގަތުމާއި، ފައިސާ ބެލެހެއްޓުން އަދި އެ ދުވަހެއްގައި ކައުންޓަރުގައި ކުރަންހުރި މަސައްކަތް ނިމުން، އެދުވަހަކު ބަލައިގަތް ފައިސާ ހަމަޖެހިފައިވާ އުސޫލާ އެއްގޮތަށް ބަޖެޓް ސެކްޝަނާ ޙަވާލުކުރުން
  4. ފައިސާ ނުދައްކާ ވިޔަފާރި ހުއްދަތައް ސިސްޓަމުން ކެންސަލްކުރުން. އަދި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީން ކޮންމެ މަހަކު ފޮނުވާ ރިޕޯޓު ލިބުމުން އެ ރިޕޯޓަށް ބަލައި ސިސްޓަމް އަޕްޑޭޓްކުރުން
  5. ނަން ފާސްކުރުން އަދި ވިޔަފާރިނަން ރަޖިސްޓަރީކުރުން
  6. އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީކޮށްދިނުން އަދި ފައިލްކޮށް ޑޭޓާ ބެލެހެއްޓުން.
  7. އަލަށް ރަޖިސްޓަރީކުރަން ހުށަހަޅާ ކުންފުނި، ޕާޓްނަރޝިޕް އަދި ކޯޕަރޭޓިވް ސޮސައިޓީތަކުގެ މަޢުލޫމާތު ޗެކުކުރުމާއި އެޕްލިކޭޝަން ޕްރޮސެސް ކުރުން
  8. ކުންފުނީގެ ސިއްކަ ރަޖިސްޓަރީކުރުމާބެހޭ ހުރިހާ ކަމެއް ކުރުން. (ކައުންޓަރުން ވަގުތުންދޭ ޚިދުމަތް)
  9. ސަރުކާރުގެ އޮފީސް، އެހެނިހެން ފަރާތްތަކުން މަޢުލޫމާތު ހޯދުމަށް އަންނަ ސިޓީތަކަށް ޖަވާބު ދިނުން
  10. ޝެއަރ ޓްރާންސްފަރ ހެދުމުގެ ހުރިހާ މަސައްކަތް ކުރުން.
  11. ކުންފުނީގެ ކެޕިޓަލް އިތުރުކުރުމާއި އުނިކުރުމުގެ މަސައްކަތް ކުރުން
  12. ކުންފުނީގެ އެނުއަލް އެކައުންޓްސް ބަލައި ގަތުން.
  13. ކުންފުނީގެ ނަން، އެޑްރެސް ބަދަލުކުރުން.
  14. ކުންފުނި، ޕާޓްނަރޝިޕް އަދި ކޯޕަރޭޓިވް ސޮސައިޓީ ލިކުއިޑޭޓް ކުރުމާ ބެހޭ ހުރިހާ ކަމެއް ކުރުން
  15. ކުންފުނިތަކުގެ ފައިލުތައް ތަރުތީބުކޮށް ބެލެހެއްޓުން
  16. މިނޫންވެސް މަޤާމާ އެކަށީގެންވާ މަސައްކަތެއް ކުރަން ހަވާލުކުރެވިއްޖެނަމަ އެ މަސައްކަތެއް ކުރުން
  17. ސެކްޝަން/ ޑިވިޜަން/ ޑިޕާޓްމަންޓްގެ އެހެން މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރުމާއި، ޗުއްޓީގައި ނުވަތަ ސަލާމުގައި ތިބޭ މުވައްޒަފުންގެ މަސައްކަތްތައް ހިއްސާކުރުމާއި، މިނިސްޓްރީގެ ފަރާތުން ރާވައި ހިންގާ އެހެނިހެން ކަންކަމާ ގުޅިގެން ކުރަންޖެހޭ ކަންކަމުގައި، ހަވާލުކުރެވޭ ކަންކަން ކޮށްދީ އެހީތެރިވުން

މަޤާމުގެ ޝަރުޠުތައް

އަސާސީ ޝަރުޠު:

  1. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ ބިޒްނަސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލުކޮށްފައިވުން.  ނުވަތަ؛
  2. މަތީ ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.  ނުވަތަ،
  3. ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/ބިޒްނަސްގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

-  ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

-  މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން

މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއި، ޕްރެޒެންޓޭޝަނާއި، ޕްރެކްޓިކަލްސްއާއި އިމްތިޙާން ބާއްވާނެ ތާރީޚާއި ތަން

އިންޓަވިއު ކުރުން:

- މި މަޤާމަށް  މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައެވެ.

- މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ، މި މަޤާމަށް އެދި އެޕްލިކޭޝަން ހުށަހެޅުމަށް ކަނޑައަޅާފައިވާ އެންމެ ފަހު ތާރީޚުން ފެށިގެން 1 ހަފުތާގެ ތެރޭގައި ނުވަތަ 2 ހަފުތާގެ ތެރޭގައެވެ.

- އިންޓަވިއުއަށް ކިޔަނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، ހޮވޭ ފަރާތްތަކަށް އެކަންޏެވެ.

- އިންޓަވިއުގެ އިތުރުން، ޕްރެޒެންޓޭޝަނެއް ނުވަތަ ޕްރެކްޓިކަލްއެއް ނުވަތަ އިމްތިޙާނެއް ދޭގޮތަށް ހަމަޖެހިފައިވާ ވަޒީފާއެއްނަމަ، އެކަމާ ގުޅޭ މަޢުލޫމާތު އިންޓަވިއުއަށް ހޮވޭ ފަރާތްތަކަށް އެންގޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

އެދެންވީ ގޮތާއި ސުންގަޑި:

މި މަޤާމަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމާއެކު، ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަކުރުމަށްފަހު، 2016 ސެޕްޓެންބަރު 6 ވާ އަންގާރަ ދުވަހުގެ 13.30 ގެ ކުރިން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ހުށަހެޅުން ނުވަތަ  [email protected]   އަށް މެއިލްކުރުން

ހުށަހަޅަންޖެހޭ ލިޔުންތައް:

- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް ތަތްކޮށްފައި)

- ސިވިލް ސަރވިސް ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު.

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީ.ވީ)

- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

- ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ.

- ދައުލަތް ނުވަތަ ސިވިލް ސަރވިސްގެ ވަޒީފާއަކުން ވަކިވެފައިވާނަމަ، ވަކިކުރިކަމުގެ ލިޔުމުގެ ކޮޕީ.

- އެހެން އޮފީހެއްގައި ވަޒީފާ އަދާކުރާ ނުވަތަ އަދާކުރި ފަރާތެއްނަމަ، އެ އޮފީހެއްގައި މަސައްކަތްކުރާކަން ނުވަތަ ކުރިކަން އަންގައިދޭ ލިޔުންތަކުގެ ކޮޕީ

- ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެ އޮފީހުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން.

އިތުރު މަޢުލޫމާތު:

- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި މިނސްޓްރީގެ ކައުންޓަރުން، ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:00 އިން 14:00 އަށް ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ www.trade.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.

- މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، މި މިނިސްޓްރީގެ 3333174 ނަންބަރު ފޯނާ ގުޅުމުން ނުވަތަ [email protected] އަށް އީމެއިލްކުރުމުން މަޢުލޫމާތު ސާފުކޮށްދެވޭނެއެވެ.

23 އޮގަސްޓް 2016
ހޯދާ