ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ނީލަންކިޔުން

އިޢުލާން

މި ކުންފުނީގައި ބޭނުންކޮށްފައިހުރި ބައެއް އިލެކްޓްރޯނިކް ތަކެތި ނީލަމުގައި ވިއްކާލަން ހަމަޖައްސައިފީމެވެ. އަދި ނީލަންކިޔުމުގެ ކުރިން މި ތަކެތި ބައްލަވާލައްވަން ބޭނުންފުޅުވާ ފަރާތްތައް 2016 އޮގަސްޓު 25 ވާ ބުރާސްފަތިދުވަހުގެ 15:30 އާއި 16:30 އާ ދެމެދު މި ކުންފުނީގެ ރޭޑިޔޯ ބިލްޑިންގއަށް ވަޑައިގަތުމުން ތަކެތި ބައްލަވާލެއްވުމުގެ ފުރުޞަތު ލިބިވަޑައިގަންނަވާނެއެވެ. މިތަކެތި ނީލަމުން ނަންގަވަން ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، ނީލަމުގައި ބައިވެރިވެވަޑައިގަތުމަށް 2016 އޮގަސްޓު 28 ވާ އާދީއްތަދުވަހު މި ކުންފުނީގެ ރޭޑިޔޯ ބިލްޑިންގއަށް ހާޒިރުވެވަޑައިގެންދެއްވުން އެދެމެވެ. ނީލަން ފެށޭ ގަޑިއަކީ ހަވީރު 16:00 އެވެ. ނިމޭ ގަޑިއަކީ 17:30 އެވެ. ނީލަން ކާމިޔާބުކުރާ ފަރާތްތަކުން 2016 އޮގަސްޓު 30 ވާ އަންގާރަދުވަހުގެ 16:00 ގެ ކުރިން ތަކެތި ގެންގޮސް ނިންމެވުން އެދެމެވެ.

15 ޛުލްޤަޢިދާ 1437 

18 އޮގަސްޓް 2016
ހޯދާ