ޕަބްލިކް ވަރކްސް ސަރވިސަސް
ދިވެހިރާއްޖެ
ކޮޅުވެއްޓިއެއް ކުއްޔަށްހިފުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ:

މި ސަރވިސަސްއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރަމުންދާ މަސައްކަތަށް ބޭނުންވާ ހެވީ ވެހިކަލްތަކާއި މެޝިނަރީތައް ރަށްރަށަށް ގެންގޮސް ގެނައުމަށް ކުރާ ވަކިވަކި ދަތުރުތަކަށް ކޮޅުވެއްޓިއެއް ކުއްޔަށް ހިފަން ބޭނުންވެއެވެ.  

ވީމާ، މި ޚިދުމަތް ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮގަސްޓު 25 ވާ ބުރާސްފަތިދުވަހުގެ 11:00 އަށް މި ސަރވިސަސްއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު، 2016 ސެޕްޓެންބަރު 1 ވާ ބުރާސްފަތިދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަނޭޅޭނެ ވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު އޮޅުންފިލުވުމަށް މި ސަރވިސަސްގެ ނަންބަރު 3020853 ފޯނަށް ގުޅުއްވުން އެދެމެވެ.

11 ޛުލްޤަޢިދާ 1437

14 އޮގަސްޓް 2016
ހޯދާ