ޕަބްލިކް ވަރކްސް ސަރވިސަސް
ދިވެހިރާއްޖެ
އިންފުރާސްޓްރަކްޗަރ ޕްރޮޖެކްޓްތަކުގެ ސަރވޭކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ:

މި ސަރވިސަސްގެ ނަންބަރު (IUL)447-PR/1/2016/31 އިޢުލާނާ ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާންކުރަމެވެ.

މި ސަރވިސަސްއިން ރާއްޖޭގެ އެކިރަށްރަށުގައި ހިންގުމަށް ހަމަޖެހިފައިވާ އިންފްރާސްޓްރަކްޗަރ ޕްރޮޖެކްޓްތަކުގެ ސަރވޭ 6 މަސްދުވަހުގެ މުއްދަތަށް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮގަސްޓު 28 ވާ އާދީއްތަދުވަހުގެ 10:30 އަށް މި ސަރވިސައަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު، 2016 ސެޕްޓެންބަރު 4 ވާ އާދީއްތަދުވަހުގެ 10:30 އަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަނޭޅޭނެ ވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު އޮޅުންފިލުވުމަށް މި ސަރވިސަސްގެ ނަންބަރު 3020853 ފޯނަށް ގުޅުއްވުން އެދެމެވެ.

13 ޛުލްޤަޢިދާ 1437

16 އޮގަސްޓް 2016
ހޯދާ