މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :ސީނިއަރ އޮފިސަރ، އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް
ބޭނުންވާ އަދަދު :5

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓް (ހުޅުލެ)/ އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް.

ޝަރުޠު:   

  • ބެޗެލަރސް ޑިގްރީ އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން / ޑިގްރީ އިން ކޮންސްޓްރަކްޝަން މެނޭޖްމަންޓް / ބެޗެލަރސް އޮފް ސައިންސް އިން އާކިޓެކްޗަރ ނުވަތަ ޑިގްރީ އިން ސިވިލް އިންޖިނިއަރިންގ.
  • އުމުރު: 25 އަހަރާއި 35 އަހަރާ ދެމެދު
  • ކޮންސްޓްރަކްޝަނުގެ ދާއިރާގެ 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  • ފަރިތަކަމާއެކު މައިކްރޯސޮފްޓް އޮފީސް ޕެކޭޖް ބޭނުންކުރަން އެނގުން.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  • ކޮންޓްރެކްޓަރުންނާއި، ކޮންސަލްޓެންޓުންނަށް ބޭނުންވާ ލިޔެކިޔުންތަކާއި، ބޭނުންވާ މަޢުލޫމާތުތައް ފޯރުކޮށްދިނުން.
  • ކޮންޓްރެކްޓަރުންނާއި، ކޮންސަލްޓެންޓުންނާއެކު ބައްދަލުވުންތައް އިންތިޒާމުކުރުމާއި، އެފަދަ ބައްދަލުވުންތަކަށް ހާޒިރުވުން.
  • މަސައްކަތް ހިނގަމުންދާ ސައިޓްތަކަށް ޒިޔާރަތްކޮށް މަސައްކަތް ހިނގަމުންދާގޮތް ބަލައި ޗެކްކުރުމާއި، އެ މަސައްކަތްތައް ކުރަމުންގެންދަނީ ޢިމާރާތްކުރުމާ ބެހޭގޮތުން ކަނޑައެޅިފައިވާ އުސޫލުތަކާއި ގަވާއިދަށް ފެތޭގޮތަށްތޯ ބަލައި ޗެކްކުރުން.
  • ސައިޓްތަކުގެ އިންސްޕެކްޝަން ރިޕޯޓް އަދި މަޝްރޫޢުތައް ހިނގަމުންދާ ގޮތުގެ ރިޕޯޓް ތައްޔާރުކުރުން.
  • ކޮންޓްރެކްޓަރުންނަށް ދޭންޖެހޭ ފައިސާގެ ރިޕޯޓްތައް އަދި އެފަދަ އެންމެހައި ލިޔެކިޔުންތައް ތައްޔާރުކުރުން.
  • ޕްލޭންތައް ހެދުމާއި، ޢިމާރާތްކުރުމާބެހޭ ކުރެހުންތައް ތައްޔާރުކުރުމާއި، އޮނިގަނޑު ފަރުމާކުރުމުގައި ހުންނަންޖެހޭ މިންގަނޑުތަކާއި އުސޫލުތަކާއި ގަވާއިދުތައް ހިމެނޭ ގޮތަށް، އެ ފެންވަރުގައި ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:     

  • ސީވީ އާއި ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

  •  ސްކޫލް ލީވިންގ ސެޓުފިކެޓުގެ ކޮޕީ

  •  ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ  

  •  ކުރިން އަދާކޮށްފައިވާ ވަޒީފާތަކާގުޅޭ ލިޔެކިޔުންތަކުގެ ކޮޕީ

ވަޒީފާއަށް އެދޭ ސިޓީ އެޑްރެސް ކުރައްވާނީ:      

ޖެނަރަލް މެނޭޖަރ، ހިއުމަން ރިސޯސަސް

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް

ކޯރޕަރޭޓް އޮފީސް ، ހުޅުލެ ، ދިވެހިރާއްޖެ

އިތުރު މަޢުލޫމާތު : ފޯނު –  3325511

މި މަޤާމުތަކަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ލިޔުންތަކުގެ ކޮޕީ ނެތް ފަރާތްތަކުގެ ސިޓީ ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އިންޓަރވިއު އަށް ދެންނެވޭނީ މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

16 އޮގަސްޓް 2016
ހޯދާ