މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ޕްރޮޕޯޒަލް ހުށަހެޅުމަށް ދެވޭ ދަޢުވަތު

އައިހެވަން އިންޓަގްރޭޓަޑް މަޝްރޫޢާ ގުޅޭ މާސްޓަރޕްލޭން ތަރައްޤީކުރުން

އިހަވަންދިއްޕޮޅު އަތޮޅުގައި ހިންގުމަށް ސަރުކާރުން ރާއްވަވާފައިވާ އައިހެވަން އިންޓަގްރޭޓަޑް ޕްރޮޖެކްޓުގެ މާސްޓަރ ޕްލޭން ތަރައްޤީކުރާނެ ފަރާތެއް ހޯދުމަށް، ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ހުޅުވާލަމެވެ.

އައިހެވަން އިންޓަރގްރޭޓަޑް މަޝްރޫޢަކީ އިހަވަންދިއްޕޮޅުގައި ޒަމާނީ ބަނދަރެއް ހިމެނޭގޮތުން، ބަނދަރުގެ ވިޔަފާރިއަށް ސަޕޯޓުކުރާ އިތުރު އިންޑަސްޓްރީތައްކަމުގައިވާ ވެއަރހައުސިންގް، ޕެކޭޖިންގް، ޕްރޮސެސިންގް، މެނުފެކްޗަރިންގ، އިންޓަރނޭޝަނަލް ކްރޫޒް ފެސިލިޓީޒް އަދި އެއަރޕޯޓަކާއި ރިއަލް އެސްޓޭޓްގެ ބައިތައްވެސް ހިމެނޭގޮތަށް ތަރައްޤީކުރުމަށް ރޭވިފައިވާ މަޝްރޫޢެކެވެ.

މަތީގައި ދެންނެވިފައިވާ ޚިދްމަތްތައް ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، މި ދަޢުވަތާ ގުޅިގެން ތައްޔާރުކޮށްފައިވާ ޓާރމްސް އޮފް ރިފަރެންސް ގައިވާ ހަމަތަކާ އެއްގޮތްވާގޮތުގެ މަތިން ޕްރޮޕޯޒަލް ހުށަހެޅުމަށް ދަޢުވަތު އަރުވަމެވެ.

މި ދަޢުވަތުގެ ދަށުން ފޯރުކޮށްދިނުމަށް އެދޭ ޚިދްމަތްތަކާއި، މަޝްރޫޢު ހިންގުމަށް ރޭވިފައިވާ ސަރަހައްދުގެ ތަފުސީލާއި މަސައްކަތް ނިންމުމަށް އެދޭ ތާރީޚުތައް ޓާރމްސް އޮފް ރިފަރެންސް ޑޮކިއުމަންޓުގައި ބަޔާންކޮށްފައިވާނެއެވެ. ޓާރމްސް އޮފް ރިފަރެންސް މި މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

މި ދަޢުވަތާގުޅޭ އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުނަމަ، މި މިނިސްޓްރީއާ ގުޅުއްވުން އެދެމެވެ.

މިނިސްޓްރި އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

11 ވަނަ ފަންގިފިލާ، ވެލާނާގެ

އީމެއިލް: [email protected]

ޓެލެފޯން:   9603305808+

ޕްރޮޕޯޒަލް ހުށަހެޅުމަށް ކަނޑައެޅިފައިވާ އެންމެ ފަހުގެ ތާރީޚަކީ 24 އޮގަސްޓު 2016 އެވެ. އަދި ޕްރޮޕޯޒަލް ހުށަހަޅުއްވާނީ މަތީގައި ދެންނެވިފައިވާ މި މިނިސްޓްރީގެ އެޑްރެހަށެވެ.

ހުށަހެޅޭ ޕްރޮޕޯޒަލްތަކަށް ބެލުމަށްފަހު ޕްރޮޕޯޒަލް ހުށަހަޅާފައިވާ ފަރާތްތައް ޝޯޓްލިސްޓްކޮށް ޝޯޓްލިސްޓްވާ ފަރާތްތައް އިތުރު މަޝްވަރާއަށް ދަޢުވަތު އެރުވޭނެއެވެ. 

14 އޮގަސްޓް 2016
ހޯދާ