މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
އެނިއުމަރޭޓާރސް

އިޢުލާން

ވަޒީފާގެ ފުރުޞަތު

 

 

މަޤާމު

އެނިއުމަރޭޓާރސް (ސުވާލުދާރުން)

މުސާރައާއި އިނާޔަތްތައް

ދުވާލަކަށް -/300 ރުފިޔާ އަދި މީގެ އިތުރުން ސިވިލް ސާރިވިސްގެ ގަވާއިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިން މަސައްކަތާ ގުޅޭ ގޮތުން ދޭންޖެހޭ އެހެނިހެން ޢިނާޔަތްތައް ދެވޭނެ ވާހަކަ ދަންނަވަމެވެ.

ވަޒީފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

އަތޮޅުތެރެ / މިނިސްޓްރީ އޮފް ހެލްތު / މޯލްޑިވްސް ޑިމޮގްރަފިކް އެންޑް ހެލްތު ސާރވޭ  2016

ބޭނުންވާ އަދަދު

ޖުމުލަ 30 ސުވަލުދާރުން.

ބޭނުންވާ މުއްދަތު

ސާރވޭގެ ޓްރެއިނިންގް ފެށިގެން ފީލްޑްގެ މަސައްކަތް ނިމެންދެން. (3 މަހާއި 5 މަހާ ދެމެދުގެ މުއްދަތަށް).

ޝަރުޠު

  1. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއި، އަދި އެސް.އެސް.އީ އިމްތިޙާނުން 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ

  2. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅޭދާއިރާއެއްގައި 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

އިންޓަރވިއު ކުރުމުގައި ބެލެވޭނެ ކަންތައްތައް

  1. އެކި މިޒާޖުގެ މީހުންނާ މުޢާމަލާތުކުރުމުގެ ޤާބިލުކަން.
  2. އިނގިރޭސި ބަހާއި ދިވެހި ބަހުން ފަރިތަކަމާއެކު ލިޔަންކިޔަން އެނގުމުގެ ހުނަރު.
  3. އިސް ނަގައިގެން މަސައްކަތްކުރުމުގެ ހުނަރު.
  4. އެހެން މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރުމުގެ ހުނަރު.
  5. ސުޕަވައިޒަރު ދޭ އިރުޝާދުގެ ދަށުން މަސައްކަތް ރާވައި ހިންގުމުގެ ޤާބިލުކަން.
  6. ބައިވެރިވެފައިވާ ސާރވޭތަކުގެ ތަޖުރިބާ.
  7. ގިނަ ދުވަސްވަންދެން އަތޮޅުތެރޭގެ ރަށްތަކަށް ދަތުރުކުރުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

މޯލްޑިވްސް ޑިމޮގްރަފިކް އެންޑް ހެލްތު ސާރވޭގައި ފީލްޑް މަސައްކަތްކުރާ ފަރާތްތަކުން މަސައްކަތް ކުރަމުންދާނީ މާލެއާއި އަތޮޅު ތެރޭގެ ރަށްރަށުން ސާރވޭ ކުރުމަށް ގުރުއަތުން ހޮވޭ ގެތަކަކަށް ޒިޔާރަތްކޮށް އެ ގޭގައި ދިރިއުޅޭ ސާރވޭ ކުރުމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކާ ބައްދަލުކޮށް ކަނޑައެޅިފައިވާ އުސޫލުން ސުވާލުކޮށް މަޢުލޫމާތު އެއްކުރުމަށެވެ.

މައިގަނޑު މަސައްކަތްތައް.

  1. މޯލްޑިވްސް ޑިމޮގްރެފިކް އެންޑް ހެލްތު ސާރވޭގައި ބޭނުންކުރާ ގޭބިސީތަކުގެ ލިސްޓް އަދި ސާމްޕަލްގައިވާ ގޮތުގެ މަތިން ސާރވޭ ކުރަންޖެހޭ ގޭބިސީތައް ފާހަގަކޮށް އެ ގޭބިސީތަކުގެ ސުވާލުތައް ފުރިހަމަކުރުން.
  2. ސާރވޭގައި ފުރިހަމަ ކުރުމަށް ކަނޑައެޅިފައިވާ ސުވާލުކަރުދާސްތައް ފުރިހަމަ ކުރުން.
  3. ސާރވޭގައި ބައިވެރިވާ މީހުންނާ ސުވާލުކަރުދާހުގައި ކަނޑައެޅިފައިވާ ގޮތުގެ މަތިން ސުވާލުކުރުމާއި، ހުރިހާ ސުވާލެއް ފުރިހަމަ ކުރެވިފައިވޭތޯ ބަލައި ޗެކުކުރުމާއި އަދި އެކަމާބެހޭ ލިޔެކިއުންތައް ފުރިހަމަކުރުން.
  4. ސާރވޭ ފީލްޑުގައި މަސައްކަތް ކުރަމުންދާއިރު، ކޮންމެ ސުވާލުދާރަކުވެސް މަސައްކަތްތައް ނިންމަމުންދާވަރަކުން އެ ސުވާލުދާރެއްގެ ސުޕަވައިޒަރާއި މަޢުލޫމާތު ޙިއްސާކުރުން.
  5. ސާރވޭ ކުރުމުގެ މެނުއަލްގައި، ސާރވޭ ކުރުމަށް ކަނޑައަޅާފައިވާ އެންމެހާ ކަންތައްތައް ފުރިހަމަކުރުން.

ނޯޓު

* ސުވާލުދާރުންނަށް ސާރވޭގެ ހުރިހާ ބައިތަކެއްގެ މަސައްކަތްތައް ކުރިއަށް ގެންދަން ޖެހޭނެ ގޮތުގެ ފުރިހަމަ މަޢުލޫމާތު ސާރވޭގެ ތަމްރީނުގެ ތެރެއިން ފޯރުކޮށްދެވޭނެއެވެ. ސާރވޭގައި މަސައްކަތް ކުރެވޭނީ މި ތަމްރީނު ނިންމުމަށް ފަހުއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި މިނިސްޓްރީގެ ފޯނު ނަންބަރު 3014330،3014335 އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއާއި މަސައްކަތުގެ ހުނަރަށް ބަލައިގެން.

ހުށަހަޅަންޖެހޭ ތަކެތި:

  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ފޮޓޯކޮޕީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު
  • ވަޒީފާއެއް އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރި ތަނަކުން އަދާކުރި ވަޒީފާގެ މުއްދަތު އެނގޭނޭ ލިޔުމެއް.

ނޯޓު

* ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ އަދި އެހެނިހެން ލިޔެކިއުންތައް އީމެއިލްގެ ޒަރީޢާއިން ގަބޫލުކުރެވޭނެ ވާހަކަ ދަންނަވަމެވެ. ވީމާ އީމެއިލްގެ ޒަރީޢާއިން ހިއްސާކުރައްވަން ތިރީގައި މި ދަންނަވާ އީ-މެއިލްއަށް ފޮނުވުން އެދެމެވެ.

* [email protected]

ސުންގަޑި: 2016 އޮގަސްޓު 25 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތަށް.

11 އޮގަސްޓް 2016
ހޯދާ