ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތް ހޯދުމަށް

އިޢުލާން

ވޭސްޓް މެނޭޖުމަންޓް ސެންޓަރު ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ ބިމުގެ (ޕަބްލިކް ސަރވިސަސް ބިމުގެ) އުތުރުން 30،000 (ތިރީސްހާސް) އަކަފޫޓުގެ ބިމުގައިހުރި ރުއްގަހުގައި މިހާރު ހުންނާނީ މަޑުފެހިކުލައިގެ ދަވާދަކުން 1 ން 243 އަށް ނަންބަރު ޖަހާފައެވެ.

ވީމާ، ދެންނެވިފައިވާ ސަރަޙައްދުގައި އެއްވެސް ފަރާތެއްގެ ރުކެއް ނުވަތަ ގަހެއް ހުރިނަމަ، އެއީ ކޮންފަރާތެއްގެ ގަހެއްކަން ނުވަތަ ރުކެއްކަން އެނގޭނޭ ގޮތަށް އެ ރުކެއް ނުވަތަ ގަހެއްގައި މި އިދާރާއިން ޖަހާފައިވާ ނަންބަރު ކުރިން ގެނެސްފައިނުވާ ފަރާތްތަކުން 2016 އޮގަސްޓު 15 ވާ ހޯމަދުވަހުގެ 14:00 ގެ ނިޔަލަށް މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

ދަންނަވަމެވެ. މި ސަރަޙައްދުގައި ހުރި ރުއްގަހުގެ ވެރިފަރާތް ހޯދުމަށްޓަކައި މި އިދާރާގެ ނަންބަރު 374-C/2016/55 (14 ޖުލައި 2016) އިޢުލާނުގައިވެސް ދެންނެވިފައިވާނެއެވެ. މިއީ މި ސަރަޙައްދުގައި ހުރި ރުއްގަހުގެ ވެރިފަރާތްތައް ހޯދުމަށްޓަކައި ކުރެވޭ ތިންވަނަ އިޢުލާނެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި ޢިޢުލާންކުރީމެވެ.

04 ޛުލްޤައިދާ 1437

07 އޮގަސްޓް 2016
ހޯދާ