ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ހައުސްކީޕަރ

ވަޒީފާގެ ފުރުޞަތު

މަޤާމު

ހައުސްކީޕަރ

ރޭންކް: އެސް.އެސް 1

އަދަދު

02

މަސައްކަތްކުރަންޖެހޭ ތަން

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން

އަސާސީ މުސާރަ

-/3,100 ރުފިޔާ

މިމަޤާމަށް ލިބޭ އެލަވަންސް

- ޖުޑީޝަލް އެލަވަންސް: މުސާރައިގެ %50

- ސަރވިސް އެލަވަންސް: -/1,000

- ލިވިންގ އެލަވަންސް: -/3,000

- ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

އަސާސީ ޝަރުޠު

1- ލިޔަންކިޔަން ދަތުމާއިއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުން.

މަޤާމުގެ މަސްއޫލިއްޔަތު

  • ޑިޕާޓްމަންޓުން ބަލަހައްޓަމުންގެންދާ ޢިމާރާތްތަކާއި، ކޯޓުތަކުގެ އޭސީތަކާއި، ކަރަންޓާއި، ފެނަށް ދިމާވާ މައްސަލަތައް ކަމާގުޅޭ ޓެކްނިކަލް މުވައްޒަފުންނާ ގުޅިގެން ކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
  • ޑިޕާޓްމަންޓުގެ ފަރާތުން އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ލިޔެކިޔުންތައް ފޮނުވުމުގެ މަސައްކަތް ކުރުން.
  • ޑިޕާޓްމަންޓުގައި ބެއްވޭ އެކި އެކި ބައްދަލުވުންތަކަށް ޓްރެއިންގރޫމާއި، މީޓިންގރޫމް ތައްޔާރުކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުން. 
  • ތީމުގެއާއި، ޖަސްޓިސް ބިލްޑިންގގެ ގޯތިތެރެ ކުނިކަހައި ސާފުކުރުމާއި، ޕޫލް ސަރަހައްދު ސާފުކުރުން.
  • ޑިޕާޓްމަންޓުގެ ސްޓޮކަށް ގެނެވޭ ތަކެތި ޕްރޮކިއުމަންޓް ސެކްޝަނަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތް އެސެކްޝަންގެ މުވައްޒަފަކު އަންގަވާ ގޮތެއްގެ މަތިން ކުރުން.
  • ޑިޕާޓްމަންޓުގެ ފްލޯރތައް ފޮޅައި ސާފުކުރުމާއި، މޮޕްލުން.
  • މީގެ އިތުރުންވެސް ވެރިން ހަވާލުކުރާ ރަސްމީ މަސައްކަތް ކުރުން.

ހުށަހަޅަންޖެހޭ ތަކެތި

1- ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމު.

2- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.

3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

4- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

5- އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްއޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ

(އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

ސުންގަޑި

2016 އޮގަސްޓު 16 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު

  • މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމު މި ޑިޕާޓްމަންޓުގެ ކައުންޓަރުންނާއި، މިޑިޕާޓްމަންޓުގެ ވެބްސައިޓް: www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 3006280
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަންފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މި އިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމުތައް ބާޠިލު ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓުފިކެޓުތަކާއި ލިޔުންތަކުގެ އަސްލު ގެންނެވުމަށް ދެންނެވީމެވެ.

މަޤާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް

  • ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭފަދަ ޞިއްޙީ ޙާލަތެއްގައިހުރި ފަރާތަކަށްވުން.
  • ސިޑިންގ އަރައި ފައިބައި ހެދުމުގައި އެއްވެސް ދައްޗެއް ދިމާނުވާ ފަރާތަކަށްވުން.
  • ބަރުތަކެތި އުފުލައި ހެދުމުގައި އެއްވެސް މައްސަލައެއް ދިމާނުވާ ފަރާތެއް ކަމުގައިވުން.
  • ދައުލަތުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ ސަލާމަތީ އިދާރާއަކުން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކާއި ބެކްގްރައުންޑް ޗެކްކުރުމުން ފާސްނުވާ ފަރާތްތަކަށް އިސްކަމެއް ނުދެވޭނެއެވެ.
08 އޮގަސްޓް 2016
ހޯދާ