ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ސީނިއަރ ސުޕަވައިޒަރ

 

ވަޒީފާގެ ފުރުޞަތު

 

މަޤާމު

ސީނިއަރ ސުޕަވައިޒަރ

ރޭންކް: އެމް.އެސް 1

ޢަދަދު

1

މަސައްކަތްކުރަންޖެހޭ ތަން

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން

އަސާސީ މުސާރަ

މަހަކު -/5,610 ރުފިޔާ

މި މަޤާމަށް ލިބޭ އެލަވަންސް

- ޖުޑީޝަލް އެލަވަންސް:  މުސާރައިގެ %50

- ސަރވިސް އެލަވަންސް: މަހަކު -/2,000 ރުފިޔާ

- ލިވިންގ އެލަވަންސް: މަހަކު -/3,000 ރުފިޔާ

-  ކަނޑައެޅިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ.

އަސާސީ ޝަރުޠު

1- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ޑިޕްލޮމާ ހާސިލުކޮށްފައިވުން، ނުވަތަ

2- މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކްހެއް ލިބެމުންދިޔުމާއެކު، GS 4  ރޭންކުގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތައް

 • ޑިޕާޓްމަންޓުގެ ހައުސްކީޕިންގ ސެކްޝަނުގައި މަސައްކަތްކުރައްވާ ހައުސްކީޕަރުންގެ މަސައްކަތް ސުޕަވައިޒްކޮށް ބެލެހެއްޓުން.
 • ޑިޕާޓްމަންޓުގައި މަސައްކަތްކުރައްވާ އޮފީސް އެސިސްޓެންޓުންނާއި ހައުސްކީޕަރުން ރަސްމީ ބޭނުންތަކުގައި ދައުލަތުގެ އިދާރާތަކާއި، ބޭންކްތަކަށް ފޮނުވުމާއި އެކަންކަމުގެ ރިކޯޑުތައް ބެލެހެއްޓުން.
 • ޑިޕާޓްމަންޓުގެ ސިޑިތަކާއި ކޮރިޑޯތަކާއި އެހެންވެސް ހުސް ތަންތަނުގައި ތަކެތި ބަހައްޓާފައި ހުރޭތޯ ބަލައި، މިގޮތުން ބަހައްޓާފައި ހުންނަ ތަކެތި ހަވާލުކުރަންޖެހޭ ސެކްޝަންތަކާ ހަވާލުކުރުމާއި އުކާލަންޖެހޭ ތަކެތި އުކާލުމުގެ ކަންކަން ހަމަޖެއްސުމާއި، އެކަންތައް ހިނގާ ގޮތް ސެކްޝަންގެ އިސްވެރިޔާއަށް ރިޕޯޓުކުރުން.
 • މި ޑިޕާޓްމަންޓުން ބަލަހައްޓާ އިމާރާތްތަކާއި، ތީމުގޭގެ ގޯތި ސަރަހައްދުގެ ހޮޅިބުރިތަކާއި ބޮކިތައް ދިއްލޭތޯ ބެލުމާއި އޭސީތަކާއި ފާޚާނާތަކުގައި އެއްވެސް މައްސަލައެއް ހުރިތޯ ކޮންމެ ދުވަހަކު ބަލައި ޗެކުކޮށް އެކަން ސެކްޝަންގެ އިސްވެރިންނަށް ދުވަހުން ދުވަހަށް ރިޕޯޓުކޮށް އެކަމެއް ހައްލުކުރުމަށްޓަކައި ކަމާގުޅޭ ޓެކްނީޝަނުންނާއެކު ޢަމަލީ ގޮތުން ބައިވެރިވުން.
 • މެއިންޓެނަންސާބެހޭގޮތުން ހަވާލުކުރެވޭ މަސައްކަތްތައް ހިނގާގޮތުގެ މަޢުލޫމާތު ސެކްޝަންގެ ވެރިންނަށް ހިއްސާކުރުން.
 • ޑިޕާޓްމަންޓުން ހަވާލުކުރަންޖެހޭ ފައިސާ އެކިފަރާތްތަކަށް ހަވާލުކުރުމާއި ފިނޭންސް މިނިސްޓްރީން ނަގަންޖެހޭ ޗެކުތައް ނެގުމުގެ މަސައްކަތްކުރުން.
 • ފައިސާ ޖަމާކުރުމަށް އެމްއެމްއޭއަށް ދިއުން.
 • މީގެ އިތުރުންވެސް ވެރިން ހަވާލުކުރާ ރަސްމީ މަސައްކަތްތައް ކުރުން.
 ހުށަހަޅަންޖެހޭ ތަކެތި

1- ޝަރުޢީ ދާއިރާގެ ވަޒީފާއަށްއެދޭ ފޯމު

2- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު

3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

4- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

5- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައެޅިފައިވާ ކޯހެއް ފުރިހަމަކޮށް ސެޓުފިކެޓު ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވިކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލފިކޭޝަން އޮތޯރިޓީން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓު. (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

6- އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްއޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

ސުންގަޑި

2016 އޮގަސްޓު 18 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހުށަހެޅުއްވުން އެދެމެވެ. 

އިތުރު މަޢުލޫމާތު

 • މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމު މި ޑިޕާޓްމަންޓުގެ ކައުންޓަރުންނާއި، މި ޑިޕާޓްމަންޓުގެ ވެބްސައިޓް: www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.
 • މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 3006280
 • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މި އިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމުތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.
 • އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓުފިކެޓުތަކާއި ލިޔުންތަކުގެ އަސްލު ގެންނައުމަށް ދެންނެވީމެވެ.

މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް

 • ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރެވޭ ޞިއްޙީ ހާލަތެއްގައި ހުރި ފަރާތަކަށްވުން.
 • ދައުލަތުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ ސަލާމަތީ އިދާރާއަކުން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކާއި ބެކްގްރައުންޑް ޗެކުކުރުމުން ފާސްނުވާ ފަރާތްތަކަށް އިސްކަމެއް ނުދެވޭނެއެވެ.
09 އޮގަސްޓް 2016
ހޯދާ