ނޭޝަނަލް ޑިޒާސްޓަރ މެނެޖްމަންޓް ސެންޓަރ
ދިވެހިރާއްޖެ
ޕްރޮގްރާމް އޮފިސަރ (ވަގުތީ)، އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

ޕްރޮގްރާމް އޮފިސަރ (ވަގުތީ)

މަޤާމުގެ ގިންތި:

ވަގުތީ  (1 އަހަރުދުވަސް)

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މަޤާމުގެ ރޭންކް:

އެމް. އެސް. 2

ސަރވިސް:

ޓެކްނިކަލް ސަރވިސް

ސެކްޝަން/ޑިވިޜަން:

ޑިޒާސްޓަރ ޕްރިޕެއަރނަސް އެންޑް ރިސްކް ރިޑަކްޝަން ސެކްޝަން، ޕޮލިސީ ޕްލޭނިންގ އެންޑް ޕްރޮގްރާމް ޔުނިޓް

މުސާރަ:

މަހަކު -/6295 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2000 ރުފިޔާ

އެހެނިހެން އެލަވަންސާއި އުޖޫރަ:

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ބޭނުންވާ އަދަދު

1 (އެކެއް)

 

 

 

 

ތަޢުލީމާއި ތަޖުރިބާ:

1. އެންވަޔަރަންމަންޓް / ސޯޝަލް ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. އެންވަޔަރަންމަންޓް / ސޯޝަލް ސައިންސްގެ ދާއިރާއަކުން  ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3. އެންވަޔަރަންމަންޓް / ސޯޝަލް ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ  އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

4. އެންވަޔަރަންމަންޓް / ސޯޝަލް ސައިންސްގެ ދާއިރާއަކުން  ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ  މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

 

 

 

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

1. ކުއްލި ހާލަތްތަކުގައި މި ސެންޓަރުން ބޭނުންވާ ކޮންމެ ވަގުތެއްގައި އާންމު ހާލަތަށް ގެނައުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަށް ތައްޔާރުވެތިބުމާއި، އިމަރޖެންސީ އޮން-ކޯލް މަސައްކަތުގައި ބައިވެރިވުމާއި، ކުއްލި ހާލަތްތަކުގައި އެލާޓަށް ގެންނަންޖެހޭ ފަރާތްތައް އެލާޓަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.

2. ކުއްލި ހާލަތްތަކުގައި ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ މަޢުލޫމާތުތައް  ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ފޯރުކޮށްދިނުމުގައި އެހީތެރިވުމާއި، ކާރިސާއެއްގެ ސަބަބުން ހާލުގައިޖެހޭ ރައްޔިތުންނަށް ސަރުކާރުން ކަނޑައަޅާ އުސޫލެއްގެމަތީން އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ދޭންޖެހޭ އިދާރީ އެހީތެރިކަން ދިނުން.

3. އިމަރޖަންސީ އޮޕަރޭޝަންސް ޕްލޭން ތަންފީޒުކުރުމާއި، ޤައުމީ މިންގަނޑުތަކަށް ފެތޭގޮތަށް ކުއްލި ނުރައްކަލުގެ ނުވަތަ ޑިޒާސްޓަރގެ ހާލަތުގައި ޕްރޮވިންސް/އަތޮޅު/ރަށު ފެންވަރުގެ ރެސްކިއު، ރިލީފް އަދި ރިކަވަރީ މަސައްކަތްތައް ބެލެހެއްޓުމާއި، އެސެސްމަޓް ތައްޔާރުކޮށް ނިންމުން.

4. ކުއްލި ނުރައްކާތަކުން ރާއްޖޭގެ ރައްޔިތުން ތައްޔާރީ ހާލަތަކަށް ގެނައުމަށްޓަކައި ބޭނުންވާ އެކިއެކި ޕްރޮގްރާމްތައް ރާވައި ހިންގުމާއި، ސަރުކާރާއި އެހެނިހެން މުއައްސަސާތަކާއި ޖަމްޢިއްޔާ ޖަމާޢަތްތަކުގެ މެދުގައި ގުޅުން އުފެއްދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.

5. ރާއްޖެއިންބޭރުން ވަޑައިގަންނަވާ ކޮންސަލްޓަންޓުން ހިންގަވާ ވޯކްޝޮޕާއި، ސެމިނާރުތައް ރާވައި ހިންގުމަށް ބޭނުންވާނޭ އެންމެހައި އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުން.

6. ޑިޒާސްޓަރ ޕްރިވެންޝަން، މިޓިގޭޝަނަށް މަސައްކަތަތައް ކުރުމާއި، ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭންތަކާއި ގައިޑްލައިންސް އެކުލަވައިލުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.

7. ކާރިސާތަކުގެ ސަބަބުން ގެއްލުންލިބޭ ފަރާތްތައް ރެކޯޑްކޮށް ބެލެހެއްޓުމާއި، އެ މަޢުލޫމާތުތައް ހިއްސާކުރަންޖެހޭ ފަރާތްތަކާ ހިއްސާކުރުން.

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް:

ޖީ. އެސް. 3

ސަރވިސް:

ޖެނެރަލް ސަރވިސް

ސެކްޝަން/ޑިވިޜަން:

އެޑްމިން / އެޗް. އާރު ޔުނިޓް

މުސާރަ:

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1500 ރުފިޔާ

އެހެނިހެން އެލަވަންސާއި އުޖޫރަ:

އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީދޭ އެލަވަންސްގެގޮތުގައި މުސާރައިގެ %35 އާއި، ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ބޭނުންވާ އަދަދު:

1 (އެކެއް)

 

ތަޢުލީމާއި ތަޖުރިބާ:

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން  ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ  ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

 

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން "ސީ" ގްރޭޑް ލިބިފައިވުން.

 

 

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

1. ކުއްލި ހާލަތްތަކުގައި މި ސެންޓަރުން ބޭނުންވާ ކޮންމެ ވަގުތެއްގައި މަސައްކަތަށް ނުކުތުމާއި، ކުއްލި ހާލަތެއް ދިމާވެއްޖެނަމަ، އެކަމުން ސަލާމަތްވެ އާންމު ހާލަތަށް ގެނައުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.

2. ރާއްޖެއަށް ކުރިމަތިވާ ކާރިސާއެއްގެ ސަބަބުން ހާލުގައިޖެހޭ ރައްޔިތުންނަށް، ސަރުކާރުން ކަނޑައަޅާ އުސޫލެއްގެމަތީން ދޭންޖެހޭ ވަގުތީ ބޯހިޔާވަހިކަމާއި، އެންމެހައި އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ދޭންޖެހޭ އެންމެހައި އިދާރީ އެހީތެރިކަން ދިނުން.

3. މި ސެންޓަރުގެ ކައުންޓަރުންދޭ ޚިދުމަތްތައް ފޯރުކޮށްދިނުން. މިގޮތުން، ކައުންޓަރަށް އަންނަ ސިޓީ، ނޯޓު، ފެކްސް، މެސެޖު، އިންވޮއިސް ފަދަ ލިޔެކިއުންތައް ބަލައިގަނެ، ގަވާއިދުން އެންޓްރީކުރުމަށްފަހު، ހަވާލުކުރަންޖެހޭ ފަރާތްތަކާ ހަވާލުކޮށް، އެންޓްރީގެ ކަންތައްތައް ބެލެހެއްޓުން.  

4. މި ސެންޓަރަށް އަންނަ ސިޓީ، ނޯޓު، ފެކްސް، މެސެޖު، އިންވޮއިސް ފަދަ ލިޔެކިއުންތައް ބަލައިގަނެ، ދުވަހުން ދުވަހަށް އެންޓްރީ ނިންމުމާއި، މި ސެންޓަރުން އެކިއެކި ފަރާތްތަކަށް ފޮނުވަންޖެހޭ ލިޔެކިއުންތައް ފޮނުވުމުގެ މަސައްކަތްތައް ކުރުން.

5. މި ސެންޓަރަށް އަންނަ ފޯންކޯލްތައް ފޮނުވަންޖެހޭ ފަރާތަކަށާއި ސެކްޝަންތަކަށް ފޮނުވުމާއި، މި ސެންޓަރަށް އެކި ކަންކަމުގައި އަންނަ ފަރާތްތަކަށް ކަންކަން ކުރަންވީގޮތުގެ މަޢުލޫމާތު ދިނުން.

6. މި ސެންޓަރުގެ އެޑްމިންއާއި އެޗް. އާރުގެ މަސައްކަތްތައް ކުރުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ތަން:

2016 އޮގަސްޓު 23 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރ، އަމީނީމަގު، (ރިހިޖެހިކޮށި) އަށެވެ.

 

 

 

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމު، މި ސެންޓަރުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ސެންޓަރުގެ ވެބްސައިޓުންނާއި، ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް)

4. ވަޒީފާއަށް އެދޭފަރާތަށް ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކުގެ ކޮޕީ)

5. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

6. ސިވިލް ސަރވިސްގެ ވަޒީފާއެއް އަދާކުރަމުންގެންދާ މުވައްޒަފެއްނަމަ، މި ސެންޓަރުގެ ވަޒީފާއަށް ބަދަލުވުމާމެދު ވަޒީފާ އަދާކުރާ އޮފީހުގެ އިޢުތިރާޒު ނުކުރާކަމުގެ ސިޓީ.

7. ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ، އެތަންތަނުގައި ވަޒީފާ އަދާކުރިގޮތުގެ ލިޔުންތައް (ޚިދުމަތްކުރި މުއްދަތު އެނގޭގޮތަށް)

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

- ލިބިފައިވާ ތަމްރީނާއި، މަސައްކަތު ތަޖުރިބާ.

- މަސައްކަތު އަޚްލާޤު.

- މަސައްކަތްކުރުމުގެ ހުނަރާއި، ފެންވަރާއި، ޤާބިލުކަމުގެ ސިފަތައް.

 

އިންޓަވިއު ކުރުން:

މި މަޤާމްތަކުގެ ވަޒީފާއަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ، 28 އޮގަސްޓު 2016 އިން ފެށިގެން މި ސެންޓަރުގައެވެ. އިންޓަވިއު އޮންނަ ތާރީޚުގެ 2 ދުވަސް ކުރިން އެމީހަކަށް އަންގާނެއެވެ.

ނޯޓު: މި ވަޒީފާތަކަށް އެދިފައިވާ ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރަށާއި، ތަޖުރިބާއަށާއި، މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ. އިންޓަވިއުކުރާނީ، ޝޯޓް ލިސްޓް ކުރެވުނު 10 ފަރާތާއެވެ.

މަސައްކަތްކުރަންޖެހޭ ތަން:

މި މަޤާމުގައި ވަޒީފާ އަދާކުރާ މުވައްޒަފުން އާންމުގޮތެއްގައި މަސައްކަތްކުރަންޖެހޭނީ މާލޭގައެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3333425 ނަންބަރު ފޯނަށް، ނުވަތަ 3333456 ނަންބަރު ފޯނަށެވެ.

6 ޛުލްޤަޢިދާ 1437

09 އޮގަސްޓް 2016
ހޯދާ