މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
[ޕްރޮކިއުމަންޓް މެނޭޖަރު] ގެ ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލުން

ޕްރޮކިއުމަންޓް މެނޭޖަރުގެ ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލުން

ސ.ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ޕްރޮޖެކްޓް، ޕްރޮޖެކްޓް ނަންބަރު: 1459P, 10/555

10 އޮގަސްޓު 2016

ސައުދީ ފަންޑް ފޯރ ޑިވެލޮޕަމަންޓާއި އޮފިޑުގެ ލޯނު އެހީގެ ދަށުން ސ.ހިތަދޫގައި ޤާއިމުކުރާ 100 އެނދުގެ ހޮސްޕިޓަލުގެ މަޝްރޫޢުގައި، ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓުގައި މަސައްކަތްކުރުމަށް ޕްރޮކިއުމަންޓް މެނޭޖަރެއް ބޭނުންވެއެވެ.      

މައިގަނޑު މަޤުޞަދު

މި ކޮންސަލްޓެންސީން ހާސިލުކުރަން ބޭނުންވާ މައިގަނޑު މަޤުޞަދަކީ، މި ޕްރޮޖެކްޓްގެ ދަށުން ހޮސްޕިޓަލަށް ބޭނުންވާ އެންމެހައި ތަކެތި (އިކްވިޕްމަންޓް) ރާއްޖެއިންނާއި ރާއްޖެއިން ބޭރުންހޯދުމަށް ކުރަންޖެހޭ މަސައްކަތްކުރުމާއި، އެ ތަކެތި ގަތުމާއި އަދި ހޮސްޕިޓަލުގައި ހަރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ހިންގައި ބެލެހެއްޓުމާއެކު ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ޕްރޮޖެކްޓަށް އެންމެ ފައިދާ ކުރަނިވި ގޮތަކަށް މަސަކަތް ކުރިއަށްގެންދިއުމެވެ.  

މުއްދަތު:

މި ކޮންސަލްޓެންސީގެ މުއްދަތަކީ 1 އަހަރު (12 މަސް) ދުވަހެވެ. ނަމަވެސް ޕްރޮޖެކްޓް ކުރިއަށްދާގޮތައް ބެލުމަށްފަހު ދެފަރާތް އެއްބަސްވާގޮތެއްގެ މަތީން މުއްދަތު އިތުރުކުރެވިދާނެއެވެ.

މުސާރަ:  US$ 2,000.00   (ދެހާސް އެމެރިކާ ޑޮލަރު)

ފެންވަރާއި ޝަރުޠު:

- ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓް ނުވަތަ އިކޮނޮމިކްސް ނުވަތަ ޕްރޮކިޔުމަންޓާގުޅޭ ދާއިރާއަކުން ބެޗްލާރސް ޑިގްރީ ހާސިލުކޮށްފައިވުމާއެކު ޕްރޮކިއުމަންޓް ދާއިރާގައި މަދުވެގެން 3 އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.

- އެސް.އެފް.ޑީ/އޮފިޑް ޕްރޮކިއުމަންޓް ޕްރޮސީޖާރސްތަކާއި ޑިސްބާރސްމަންޓް ގައިޑްލައިންސް ނުވަތަ މިފަދަ އެހެނިހެން ޑޯނަރ އެޖެންސީތަކުގެ ޕްރޮކިއުމަންޓް އުޞޫލުތަކާއިމެދު އަހުލުވެރިވެފައިވާ ފަރާތެއްކަމުގައިވުން.

- ކޮންޓްރެކްޓް ކުރެވިފައިވާ މުއްދަތުތެރޭގައި މަސައްކަތަށް ފުރިހަމައަށް ވަގުތުދެވޭ ފަރާތަކަށްވުން.

- ޕްރޮޖެކްޓް މެނޭޖްމަންޓް ދާއިރާއިން ތަޖްރިބާ ލިބިފައިވާފަރާތްތަކަށް އިސްކަންދެވޭނެ.

- ދިވެހިބަހާއި އިނގިރޭސި ބަހުން ރަނގަޅަށް މުޢާމަލާތްކުރަން އެނގުން.

- މައިކްރޯސޮފްޓް އޮފީސް ޕެކޭޗް (ޕްރޮޖެކްޓް، ޕަވަރޕޮއިންޓް، އެކްސެލް އަދި ވާރޑް) ޕްރޮގްރާމްތައް ރަނގަޅަށް އެނގުން.

މިނިސްޓްރީ އޮފް ހައުސިންގ އެންގ އިންފްރާސްޓްރަކްޗަރުގެ ފަރާތުން ޕްރޮކިއުމަންޓް މެނޭޖަރުކަމުގެ މަޤާމަށް އެކަށީގެންވާ ޤާބިލު ފަރާތްތަކަށް ފުރުސަތު އަރުވަމެވެ. ޝައުޤުވެރިވާ ފަރާތްތައް 2016 އޮގަސްޓު 31 ވަނަ ދުވަހުގެ 14:30 ގެ ކުރިން ތިރީގައި ދެންނެވިފައިވާ އެޑްރެހަށް އެޕްލިކޭޝަންތައް ފޮނުއްވައިދެއްވުން އެދެމެވެ. އެޕްލިކޭޝަނާއެކު ސީ.ވީ، އައި.ޑީ ކާޑުގެ ކޮޕީ އަދި މަސައްކަތުގެ ތަޖުރިބާއާގުޅޭ އެންމެހައި ލިޔެކިއުންތައް އެޓޭޗްކޮށް ދެއްވުން އެދެމެވެ.

މަޤާމަށް މީހުން ހޮވުމުގައި ޢަމަލުކުރާނީ އެސް.އެފް.ޑީ/އޯފިޑް ގައިޑްލައިންސް ގައިވާ އުސޫލާ އެއްގޮތަށެވެ. މި ވަޒީފާއާ ގުޅޭ [ޓާރމްސް އޮފް ރެފަރެންސް] (ޓީ.އޯ.އާރް) މިނިސްޓްރީން ނުވަތަ މިނިސްޓްރީގެ ވެބްސައިޓުން ލިބެންހުންނާނެ ވާހަކަ ދެންނެވީމެވެ.    

ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް

ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ޕްރޮޖެކްޓް

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ

އަމީނީ މަގު، 20329   މާލެ / ދިވެހިރާއްޖެ

ފޯނު:   3004162960  / 3004300 960

ފެކްސް: 3004301960  

އީމެއިލް:[email protected]

ކޮޕީ:[email protected], [email protected]

ވެބްސައިޓް: www.housing.gov.mv      

09 އޮގަސްޓް 2016
ހޯދާ