ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ކޯޓު އޮފިސަރ - ލ. މާވަށު މެޖިސްޓްރޭޓް ކޯޓް

އިޢުލާން

ލ. މާވަށު މެޖިސްޓްރޭޓް ކޯޓުގެ މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

ވަޒީފާގެ ފުރުޞަތު

މަޤާމު:

ކޯޓު އޮފިސަރ

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް

ޖީ.އެސް 3

މުސާރަ:

މަހަކު -/4,465 ރުފިޔާ (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސް ރުފިޔާ)

ސަރވިސް އެލަވަންސް:

މަހަކު -/1,500 ރުފިޔާ (ފަނަރަސަތޭކަ ރުފިޔާ)

ލިވިންގ އެލަވަންސް:

-/2,550 ރުފިޔާ (ދެހާސް ފަސްސަތޭކަ ފަންސާސް ރުފިޔާ)

ޖުޑީޝަލް އެލަވަންސް:

މަހަކު 1,116/25 ރުފިޔާ (އެއްހާސް އެއްސަތޭކަ ސޯޅަ ރުފިޔާ ފަންސަވީސް ލާރި)

އިތުރުގަޑީގެ އުޖޫރަ:

އިތުރުގަޑީގައި މަސައްކަތްކުރަން ޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެ

ބޭނުންވާ އަދަދު:

01 (އެކެއް)

މަސައްކަތްކުރަންޖެހޭ ތަނާއި ޔުނިޓް:

ލ. މާވަށު މެޖިސްޓްރޭޓް ކޯޓު

ތަޢުލީމާއި ތަޖުރިބާ:

1- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ފާސް ލިބިފައިވުން، ނުވަތަ

2- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

3- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުން ދިޔުމާއެކު، GS2 ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  1. ކޯޓުގައި ޝަރީޢަތް ހިނގަމުންދާއިރު ޝަރީޢަތުގެ މަޖިލިހުގައި އެއްވެސް މީހަކު ޝަރީޢަތުގެ މަޖިލިސްގެ ޙުރުމަތް ކެނޑިދާފަދަ ޢަމަލެއް ހިންގާތޯ ބަލައި އެފަދަ ޢަމަލެއް އެއްވެސް މީހަކު ހިންގަން އުޅެފިނަމަ އެކަމެއް ހުއްޓުވުން.
  2. ކޯޓަށް ހާޒިރުކޮށްފައި ތިބޭ މީހުން ކޯޓުގެތެރޭގައި ނޭދެވޭ ޢަމަލެއް ހިންގައިތޯ ބެލުމާއި، ކޯޓުގެ ޙުރުމަތް ކެނޑޭފަދަ ގޮތަކަށް އަޑުގަދަކޮށް ހަދާނަމަ، އެކަން ހުއްޓުވުން
  3. ކޯޓަށް ހާޒިރުވުމަށް ފޮނުވަންޖެހޭ އަމުރު (ކޯޓަށް ހާޒިރުވުމުގެ އަމުރު) ތައްޔާރުކުރުމާއި، ރައްދުކުރަންޖެހޭ ފަރާތްތަކަށް އަމުރު ރައްދުވެފައިވޭތޯ ބެލުމާއި، ކޯޓަށް ހާޒިރުވުމުގެ އަމުރާ ހަވާލުނުވާ މީހުންނާއި، ފިލައިގެން އުޅޭ މީހުންގެ ގޭގައި ކޯޓަށް ހާޒިރުވުމުގެ އަމުރު ތަތްކުރުން
  4. ޝަރީޢަތުގެ މަޖިލިސް ތައްޔާރުކުރުމުގެ މަސައްކަތް ސުޕަވައިޒްކުރުމާއި، ޝަރީޢަތުގެ މަޖިލިހަށް މީހުން ވެއްދުން (މެޖިސްޓްރޭޓުގެ ހުއްދައާއެކު)
  5. ކޯޓުގެ ތެރޭގައި މުވައްޒަފުންގެ މެދުގައި ހިނގާ ދެބަސްވުންތައް ހުއްޓުވައި، ތަނުގެ ޙުރުމަތް ކެނޑޭފަދަ ގޮތަކަށް މުވައްޒަފުންގެ ޢަމަލުތައް ހުރެއްޖެނަމަ އެކަމެއް ހުޢްޓުވައި، މަޞްލަޙަތު ޤާއިމުކުރަން މަސައްކަތްކުރުން. އަދި މިކަން މެޖިސްޓްރޭޓުގެ ސަމާލުކަމަށް ގެނައުން.
  6. ކޯޓު އަމުރުގައިވާ ގަޑިއަށް ހާޒިރުނުވާ މީހުން ޖޫރިމަނާކުރުމާއި ޖޫރިމަނާ ޗިޓު ތައްޔާރުކޮށް ފައިސާއާބެހޭ ސެކްޝަނަށް ފޮނުވުން.
  7. ކޯޓަށް ހާޒިރުކުރާ މީހުން ދޭ ބަޔާންތައް މެޖސްޓްރޭޓް އަންގާ ގޮތެއްގެ މަތީން ޓައިޕްކުރުން.
  8. ފުލުހުންނަށް ދޫކުރާ ޢަމުރު މެޖިސްޓްރޭޓް އަންގާ ގޮތެއްގެ މަތީން ތައްޔާރުކުރުމާއި، ހަވާލުކުރަންޖެހޭ ފަރާތްތަކާ ހަވާލުކުރުން.
  9. ކޯޓުން ނެރޭ އެންމެހާ ޢަމުރުތައް މެޖިސްޓްރޭޓް އަންގާ ގޮތެއްގެ މަތީން ތައްޔާރުކުރުމާއި، އެ ރައްދުކުރަންޖެހޭ ފަރާތްތަކަށް ރައްދުކުރުން.
  10. ކޯޓަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން އަޅަންޖެހޭ އިދާރީ ފިޔަވަޅުތައް މެޖިސްޓްރޭޓް އަންގާ ގޮތެއްގެ މަތީން އެޅުމާއި، އެފިޔަވަޅުތަކުގެ ޖަވާބު ހޯދުމާއި، އެފިޔަވަޅުތައް މެޖިސްޓްރޭޓަށް ރިޕޯޓް ކުރުން.
  11. ނިންމާ މައްސަލަތަކާ ގުޅިގެން އިދާރީގޮތުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް މެޖިސްޓްރޭޓް އަންގާ ގޮތެއްގެ މަތީން އެޅުމާއި، އެ ފިޔަވަޅުތައް އެޅުމަށްފަހު މެޖިސްޓްރޭޓަށް ރިޕޯޓްކުރުން
  12. ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓް ލިޔުމާއި، ޓައިޕްކުރުމާއި، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް ހޯދުމަށް އެދޭ ފަރާތްތަކަށް ރިޕޯޓް ދޫކުރުމުގައި އެހީތެރިވެދިނުން.
  13. ކޯޓަށް ހުށަހެޅޭ މައްސަލަތަކާއި ވަރިކައިވެންޏާބެހޭ މައްސަލަތަކާއި، އެގްރީމެންޓް ރަޖިސްޓަރީ ކުރުމުގެ ފޯމު ބަލައިގަނެ، މަޢުލޫމާތު ފުރިހަމަވެފައިވޭތޯ ޗެކްކުރުމުގައި އެހީތެރިވެދިނުން.
  14. މީގެ އިތުރުންވެސް ކޯޓުގެ ވެރިން ހަވާލުކުރައްވާ ރަސްމީ މަސައްކަތްތައް ކުރުން.

ހުށަހަޅަންޖެހޭ ގޮތާއި ސުންގަޑި:

2016 އޮގަސްޓު 18 ވާ ބުރާސްފަތިދުވަހުގެ 15:00 ގެ ކުރިން، 'ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމު' ފުރިހަމަކުރެއްވުމަށްފަހު، ލ. މާވަށު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ، ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މެޖިސްޓްރޭޓް ކޯޓުތަކުންނާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓް http://www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.)
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  3. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  4. ސްކޫލެއްގައި އުޅެފައިވާނަމަ ލީވިންގ ސެޓުފިކެޓުގެ ކޮޕީ
  5. ވަޒީފާއެއްގައި އުޅެފައިވާނަމަ އެވަޒީފާގައި އުޅެފައިވާ މުއްދަތު އެނގޭގޮތަށް އެތަނުގެ ތައްގަނޑުޖެހި ލިޔުން.

އެހެނިހެން ކަންތައްތައް

  • މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތަކީ މީލާދީގޮތުން ޢުމުރުން 55 އަހަރު ހަމަވެފައިވާ މީހެއްކަމުގައި ވެގެން ނުވާނެއެވެ.
  • ވަޒީފާއަށް އެދޭ ފޯމާއެކު އަސްލާ އެއްގޮތްކަމަށް ތައްގަނޑުޖަހާފައިނުވާ ލިޔުން ހުށަހަޅުއްވާނަމަ، އިންޓަރވިއުއަށް ހާޒިރުވާއިރު ހުށަހެޅުއްވި ލިޔުންތަކުގެ އަސްލު ހިއްޕަވައިގެން ވަޑައިގެންނެވުން އެދެމެވެ.

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ހަމަޖެހިފައިވަނީ ތަޢުލީމީ ނަތީޖާއާއި އިންޓަރވިއުގައި ހޯދާ މާކްސްގެ ޖުމުލައަށް ބަލައިގެންނެވެ. މި މަޤާމަށް ކުރިމަތިލާ ފަރާތްތަކާ އިންޓަރވިއުކުރުން އޮންނަ ތާރީޚާއި ގަޑި އެފަރާތްތަކަށް މިކޯޓުން އަންގާނެވާހަކަ ދެންނެވީމެވެ. އިންޓަރވިއު އޮންނާނީ މިކޯޓުގައެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، ލ. މާވަށު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: 6800521 ފޯނަށް ގުޅުއްވުން އެދެމެވެ. ފެކްސް ނަންބަރަކީ 6800521 އެވެ. އަދި އީމެއިލް އެޑްރެހަކީ [email protected] އެވެ.

05 ޛުލްޤަޢިދާ 1437

08 އޮގަސްޓް 2016
ހޯދާ