ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ޑެޕިއުޓީ ލީގަލް އޮފިސަރ

 

ވަޒީފާގެ ފުރުޞަތު

 

މަޤާމު

ޑެޕިއުޓީ ލީގަލް އޮފިސަރ

 ރޭންކް: އެލް.އެސް 3

އަދަދު

1

މަސައްކަތްކުރަންޖެހޭ ތަން

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން

އަސާސީ މުސާރަ

މަހަކު -/9,744 ރުފިޔާ

މި މަޤާމަށް ލިބޭ އެލަވަންސް

- ޖުޑީޝަލް އެލަވަންސް:  މުސާރައިގެ %65

- ސަރވިސް އެލަވަންސް: މަހަކު -/3,000 ރުފިޔާ

- ލިވިންގ އެލަވަންސް:  މަހަކު -/3,000 ރުފިޔާ

- ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ.

އަސާސީ ޝަރުޠު

1- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު، ޝަރީޢަތާ ޤާނޫނު ނުވަތަ ޝަރީޢާ ނުވަތަ ޤާނޫނުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެސިސްޓެންޓް ލީގަލް އޮފިސަރ އެލް.އެސް 2 ގެ މަޤާމުގައި ނުވަތަ އެފެންވަރުގެ މަޤާމެއްގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން. ނުވަތަ  

2- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު، ޝަރީޢަތާ ޤާނޫނު ނުވަތަ ޝަރީޢާ ނުވަތަ ޤާނޫނުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 އަދި ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެސިސްޓެންޓް ލީގަލް އޮފިސަރ އެލް.އެސް 2 ގެ މަޤާމުގައި ނުވަތަ އެފެންވަރުގެ މަޤާމެއްގައި 1 އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތައް

 • ޝަރުޢީދާއިރާގެ ލީގަލް އެންޑް މީޑިއާ ސެކްޝަން ހިންގުން ހަރުދަނާކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަށް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރގެ މަޝްވަރާގެ މަތިން ކުރުން.
 • ޝަރުޢީ ދާއިރާއާމެދު އާންމުން ހޭލުންތެރިކުރުމަށް ހިންގޭ އެކިއެކި ރެޑީއޯ އަދި ޓީވީ ޕްރޮގްރާމްތަކުގެ ކޮންޓެންޓް ތައްޔާރުކުރުމާއި، ޕްރޮގްރާމްތައް ހުށަހެޅުން.
 • ޖުޑީޝަލް އެޑްމިނިސްޓްރޭޝަރަށާއި އަދި މިޑިޕާޓްމަންޓުގެ އެކިއެކި ކޮމިޓީތަކަށާއި، ހިންގޭ އެކިއެކި ޕްރޮޖެކްޓްތަކަށް ބޭނުންވާ ޤާނޫނީ ލަފާ ދިނުން.
 • ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އާންމުކުރެވޭ ސަރކިއުލަރތަކާއި، ގަވާއިދުތައް ޑްރާފްޓްކުރުމުގެ މަސައްކަތްކުރުން.
 • ޝަރުޢީދާއިރާއާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުމަށް ސޯޝަލް މީޑިއާގައި ދާއިރާއާގުޅޭ މަޢުލޫމާތުތައް ހިއްސާކުރުން.
 • ޝަރުޢީދާއިރާއާ ގުޅޭގޮތުން، މީޑިޔާތަކުގައާއި، ދައުލަތުގެ އެކި މުއައްސަސާތަކުން އާންމުކުރާ ޚަބަރުތަކާގުޅިގެން ދާއިރާއިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
 • ޝަރުޢީ ދާއިރާގެ ތާރީޚާއި ދާއިރާގެ ބޭނުމަށް ތައްޔާރުކުރަންޖެހޭ އެންމެހައި ތާރީޚީ ފޮތްތައް ތައްޔާރުކޮށް ފޮޓޯތަކާއި ލިޔުންތައް ވީޑިޔޯތައް އެއްކޮށް ރައްކާތެރިކޮށް ބެލެހެއްޓުން.
 • ކޯޓުތަކާއި ޓްރައިބިއުނަލްތަކުގައި ޝަރުޢީ ދާއިރާ ތަމްސީލުކުރުމާއި، އެކަމާގުޅޭ ލިޔުންތަކާއި ރިޕޯޓުތައް ތައްޔާރުކުރުން.
 • ރާއްޖެއާއި ރާއްޖޭންބޭރުން ލިބެން ހުންނަ، ޝަރުޢީދާއިރާއާ ގުޅޭ މުހިންމު މަޢުލޫމާތު ހޯދައި ޝަރުޢީ ދާއިރާގެ ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދިނުން.
 • ޝަރުޢީ ދާއިރާއަށް ބޭނުންވާ ނޫސް މަޖައްލާތައް ދެނެގަނެ އެ ތަކެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުން.
 • ޝަރުޢީ ދާއިރާގެ ފަރާތުން ބޭރުގެ އެހީއަށް ހުށަހަޅަންޖެހޭ ޕްރޮޕޯސަލް ތައްޔާރުކުރުން.
 • ޝަރުޢީ ދާއިރާއިން މީޑިޔާއަށް ފޮނުވާ ޚަބަރުތަކާއި ނޫސް ބަޔާންތައް ލިޔުން.
 • މިނޫންވެސް މަސައްކަތާގުޅޭގޮތުން އިސްވެރިން ހަވާލުކުރައްވާ މަސައްކަތްތައް ކުރުން.

ހުށަހަޅަންޖެހޭ ތަކެތި

1- ޝަރުޢީދާއިރާގެ ވަޒީފާއަށްއެދޭ ފޯމު

2- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު

3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

4- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

5- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައެޅިފައިވާ ކޯހެއް ފުރިހަމަކޮށް ސެޓުފިކެޓު ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވިކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓު. (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

6- އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްއޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

ސުންގަޑި

2016 އޮގަސްޓު 16 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހުށަހެޅުއްވުން އެދެމެވެ. 

އިތުރު މަޢުލޫމާތު

 • މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމު މި ޑިޕާޓްމަންޓުގެ ކައުންޓަރުންނާއި، މި ޑިޕާޓްމަންޓުގެ ވެބްސައިޓް: www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.
 • މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 3006280
 • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މި އިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމުތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.
 • އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓުފިކެޓުތަކާއި ލިޔުންތަކުގެ އަސްލު ގެންނައުމަށް ދެންނެވީމެވެ.

މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް

 • ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެފަދަ ފަރާތަކަށްވުން.
 • ދަތުރުކުރަންޖެހިއްޖެ ހާލަތެއްގައި ދަތުރުކުރެވޭނެފަދަ ޞިއްޙީ ހާލަތެއްގައި ހުރި ފަރާތަކަށްވުން.
 • ޤާނޫނުތަކާއި، ގަވާއިދުތަކަށް އަހުލުވެރި ފަރާތަކަށްވުން.
 • މަޤާމުގެ ޒިންމާތައް އިތުބާރާއެކު އަދާކުރެވިދާނެ ފަރާތެއްކަން އިންޓަވިއު ޕެނަލަށް ސާބިތުކޮށްދިނުމާއިއެކު ކުރިމަތިލާ މަޤާމުގެ މަސައްކަތްކޮށްފައިވާ ނުވަތަ ކުރާ ފަރާތެއް ކަމުގައިވުން.
 • އިނގިރޭސި ބަހާއި ދިވެހި ބަހުން ފަރިތަކަމާއިއެކު މުޢާމަލާތުކުރަން އެނގޭ ފަރާތަކަށްވުން.
 • މައިކްރޯސޮފްޓް އޮފީސް ޕްރޮފެޝަނަލް ޕެކޭޖް ފަރިތަކަމާއެކު އެޑްވާންސް ފެންވަރެއްގައި ބޭނުންކުރަން އެނގޭ ފަރާތެއް ކަމުގައިވުން.
 • މަޤާމުގެ ޒިންމާތައް އިތުބާރާއެކު އަދާކުރެވިދާނެ ފަރާތެއްކަން އިންޓަވިއު ޕެނަލަށް ސާބިތުކޮށްދިނުމާއެކު ކުރިމަތިލާ މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި ހިންގުމުގެ ތަޖުރިބާހުރި، ނަތީޖާ ނެރެފައިވާ ފަރާތެއް ކަމުގައިވުން.
 • މީޑިއާއެކު މަސައްކަތްކުރުމުގެ ޝައުޤުވެރިކަން ހުރި ފަރާތަކަށްވުން.
 • ދައުލަތުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ ސަލާމަތީ އިދާރާއަކުން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކާއި ބެކްގްރައުންޑް ޗެކްކުރުމުން ފާސްނުވާ ފަރާތްތަކަށް އިސްކަމެއް ނުދެވޭނެއެވެ.
08 އޮގަސްޓް 2016
ހޯދާ