ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

 

ވަޒީފާގެ ފުރުޞަތު

 

މަޤާމު

 ޑެޕިއުޓީ ލީގަލް އޮފިސަރ

ރޭންކް: އެލް.އެސް 3

އަދަދު

01

މަސައްކަތްކުރަންޖެހޭ ތަން

ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީ / ޕްރޮގްރާމްސް އެންޑް ޕަބްލިކޭޝަންސް ޑިވިޜަން

އަސާސީ މުސާރަ

މަހަކު -/9,744 ރުފިޔާ

މި މަޤާމަށް ލިބޭ އެލަވަންސް

- ޖުޑީޝަލް އެލަވަންސް:  މުސާރައިގެ %65

- ސަރވިސް އެލަވަންސް: މަހަކު -/3,000 ރުފިޔާ

- ލިވިންގ އެލަވަންސް:  މަހަކު -/3,000 ރުފިޔާ

- ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ.

އަސާސީ ޝަރުޠު

1- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު، ޝަރީޢަތާ ޤާނޫނު ނުވަތަ ޝަރީޢާ ނުވަތަ ޤާނޫނުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެސިސްޓެންޓް ލީގަލް އޮފިސަރ އެލް.އެސް 2 ގެ މަޤާމުގައި ނުވަތަ އެ ފެންވަރުގެ މަޤާމެއްގައި 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން. ނުވަތަ

2- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު، ޝަރީޢަތާ ޤާނޫނު ނުވަތަ ޝަރީޢާ ނުވަތަ ޤާނޫނުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 އަދި ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެސިސްޓެންޓް ލީގަލް އޮފިސަރ އެލް.އެސް 2 ގެ މަޤާމުގައި ނުވަތަ އެފެންވަރުގެ މަޤާމެއްގައި 1 އަހަރުދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތައް

  1. ޑިވިޜަނުގެ ވެރިޔާގެ އިރުޝާދުގެ ދަށުން، އެކަޑަމީގެ ފަރާތުން ދެވޭ ތަމްރީނާއި ކޮންޓިނުއިންގ ޖުޑީޝަލް އެޑިޔުކޭޝަންގެ ޕްރޮގްރާމުތައް ދާއިރާތަކާއި މައުޟޫޢުތައް ލިސްޓު ކުރެވިފައިވާ ޕްރޮގްރާމް ކެޓަލޮގެއް ތައްޔާރު ކުރުމާއި، އެ ކެޓަލޮގް އަހަރުން އަހަރަށް މުރާޖައާ ކުރުމާއި، އެ ކެޓަލޮގަށް ބިނާކޮށް، އަދި ރިއާޔަތް ކުރާން ޖެހޭ އެހެން ކަންކަމަށް ރިއާޔަތްކޮށްގެން، ކަމާގުޅޭ އުސޫލުތަކާ އެއްގޮތަށް އެކަޑަމީގެ އަހަރީ ޕްރޮގްރާމް ޕްލޭން ތައްޔާރު ކުރުމާއި، މި ޕްލޭން ފޮނުވާން ޖެހޭ ފަރާތްތަކަށް ފޮނުވުމާ ބެހޭ ހުރިހާ އިންތިޒާމުތަކެއް ކުރުން. 
  2. ޑިވިޜަނުގެ ވެރިޔާގެ އިރުޝާދުގެ ދަށުން، އަދި އެކަމަށް ބޭނުންވާ ފަންނީ އެހީތެރިކަން ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ހޯދައިގެން، އެކަޑަމީގެ ތަމްރީނުގެ މަންހަޖު ތައްޔާރުކޮށް، އަހަރުން އަހަރަށް އެ މަންހަޖު މުރާޖަޢާކޮށް ތަރައްޤީކުރުމާއި، އެކަޑަމީގެ ތަމްރީނު ޕްރޮގްރާމްތައް އެކުލަވައިލައި ހިންގުމުގައި އެ މަންހަޖަށް ފުރިހަމަޔަށް ތަބާވެވޭކަން ކަށަވަރު ކުރުން. 
  3. ޑިވިޜަނުގެ ވެރިޔާގެ އިރުޝާދުގެ ދަށުން، އެކަޑަމީގެ އަހަރީ ޕްރޮގްރާމް ޕްލޭނުގައި ހިމެނޭ ޕްރޮގްރާމްތަކުގެ ކަރިކިޔުލަމާއި ކޮންޓެންޓް ތައްޔާރު ކުރުމުގެ އެންމެހައި މަސައްކަތްތަކެއް ކުރުމާއި، މި މަސައްކަތުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ތަޖުރިބާކާރުންގެ އެހީތެރިކަން ހޯދާން ޖެހޭ ނަމަ އެ ކަން އިންތިޒާމު ކޮށް ބެލެހެއްޓުން.
  4. އެކަޑަމީން ހިންގާ ޕްރޮގްރާމްތަކާ ގުޅޭ އަތްމަތީފޮތްތަކާއި ލުއިފޮތް ފަދަ ތަކެތި ތައްޔާރު ކުރުމާއި، ޕްރޮގްރާމްތަކާ ގުޅިގެން އެކަޑަމީގެ ވެބްސައިޓުގައި ޝާއިޢުކުރާން ޖެހޭ ލިޔެކިޔުންތައް ތައްޔާރު ކޮށް ވެބްސައިޓު އަދާހަމަ ކުރުމުގެ މަސައްކަތްކުރާ މުވައްޒަފަކާ ހަވާލުކުރުމާއި، އެ ތަކެތި ރަނގަޅަށް ޝާއިއު ކުރެވޭތޯ ޗެކުކޮށް ބެލުން. 
  5. ކަމާގުޅޭ އުސޫލުތަކުގެ މަތީން، އެކަޑަމީގެ ޖާރނަލް އޮފް ޖުޑީޝަލް އެންޑް ލީގަލް ސްޓަޑީޒްގެ ކަންކަން އިންތިޒާމުކޮށް، ޖާރނަލަށް ބޭނުން ވާ މަޒުމޫނުތަކާއި އެކިއެކި މަޢުލޫމާތު ހޯދައި އެއްކުރުމުގެ ކަންކަން ކުރުމާއި، އެޑިޓޯރިއަލް ބޯޑުން މަޒުމޫނުތައް ފާސްކުރުވުމުގެ ކަންކަން ބެލެހެއްޓުމާއި، ޖާރނަލުގެ ލޭއައުޓުގެ މަސައްކަތް އިންތިޒާމު ކުރުމާއި، މިކަންކަން ނިންމުމަށް ފަހު، ޗާޕުކުރުމާއި ވިއްކައި ނުވަތަ ބެހުމުގެ ކަންކަން ކުރުމަށްޓަކައި ޖާރނަލްގެ ޕީޑީއެފް ފައިލް ޖެނެރަލް ސަރވިސަސް ޑިވިޜަނާ ހަވާލުކުރުން.
  6. އެކަޑަމީން އެކިއެކި ފަރާތްތަކާ އެކުގައިވާ އެއްބަސްވުންތަކާއި ފަހުމުނާމާތަކުގެ އެންމެހައި ކަންކަން ބެލެހެއްޓުމާއި، އެކަޑަމީން އެކިއެކި ފަރާތްތަކާ އެކުގައިވާ އެއްބަސްވުންތަކާ ގުޅިގެން ކުރާން ޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  7. އެކަޑަމީގެ ބޭނުންތަކަށްޓަކައި އިނގިރޭސި ބަހުން ދިވެހި ބަހަށް، އަދި ދިވެހި ބަހުން އިނގިރޭސި ބަހަށް ތަރުޖަމާކުރާން ބޭނުންވާ އެކިއެކި ޤާނޫނީ ލިޔެކިޔުންތައް ތަރުޖަމާކުރުމާއި، މި މަސައްކަތް އައުޓްސޯރސް ކޮށްގެން ކުރާ ހާލަތުގައި އެކަން އިންތިޒާމު ކުރުމާއި ކުރެވޭ މަސައްކަތުގެ ފެންވަރު ބަލައި ޗެކުކުރުން.
  8. އެކަޑަމީއަށް ނުވަތަ އެކަޑަމީގެ ޑިވިޜަނަކަށް ނުވަތަ އެކަޑަމީގެ މުވައްޒަފަކަށް ރަސްމީ ހައިސިއްޔަތުން ވަޒީފާގެ ކަމެއްގައި ޤާނޫނީ ލަފައެއް ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި ކަމާގުޅޭ އުސޫލުތަކާ އެއްގޮތަށް އެކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި، އެކަޑަމީގެ ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރާން ޖެހިއްޖެ ދަނޑިވަޅެއްގައި ނަމަ އެ ހައިސިއްޔަތުން މަސައްކަތް ކުރުން.
  9. ޤާނޫނު ނަންބަރު 1/2014 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ގާނޫނު) ގެ ދަށުން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގައި ހުންނަވާ ޝަރުޢީ ދާއިރާގެ އިންފޮރމޭޝަން އޮފިސަރު މެދުވެރިކޮށް އެއްވެސް ފަރާތަކަށް މައުލޫމާތެއް ފޯރުކޮށްދޭން ޖެހޭ ހާލަތުގައި، ކަމާގުޅޭ އުސޫލުތަކާ އެއްގޮތަށް އެކަން ކުރުން.
  10. ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކިއެކި ފަރާތްތަކާ އެކުގައި ބާއްވާ ބައްދަލުވުންތަކުގައި އެކަޑަމީ ތަމްސީލު ކުރާން ޖެހޭ ހާލަތުގައި ޑިވިޜަނުގެ ވެރިޔާގެ އިރުޝާދުގެ ދަށުން އެކަން ކުރުން.

މަޤާމު

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ރޭންކް: އެމް.އެސް 1

އަދަދު

01

މަސައްކަތްކުރަންޖެހޭ ތަން

ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީ / ކޯޕޮރޭޓް ސަރވިސަސް ޑިވިޜަން

އަސާސީ މުސާރަ

މަހަކު -/5,610 ރުފިޔާ

މިމަޤާމަށް ލިބޭ އެލަވަންސް

- ޖުޑީޝަލް އެލަވަންސް:  މުސާރައިގެ %50

- ސަރވިސް އެލަވަންސް: މަހަކު -/2,000 ރުފިޔާ

- ލިވިންގ އެލަވަންސް: މަހަކު -/3,000 ރުފިޔާ

- ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

އަސާސީ ޝަރުޠު

1- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ޑިޕްލޮމާ ހާސިލުކޮށްފައިވުން، ނުވަތަ

2- މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކްހެއް ލިބެމުންދިޔުމާއެކު، GS 4  ރޭންކުގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތައް

1- ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީގެ ޗާންސެލަރަށް ބޭނުންވާ އިދާރީ އަދި ސެކްރެޓޭރިއަލް އެހީތެރިކަން ފޯރު ކޮށްދިނުމާއި، ޗާންސެލަރުގެ ބިޔުރޯގެ ކަންކަން އިންތިޒާމުކޮށް ބެލެހެއްޓުމާއި، ޗާންސެލަރު ބައިވެރިވާ ބައްދަލުވުންތަކުގެ ސެކްރެޓޭރިއަލް ކަންކަން އިންތިޒާމުކުރުމުގައި ޗާންސެލަރުގެ ބިޔުރޯއިން ކުރާން ޖެހޭ ކަންކަން ކުރުމާއި، ޗާންސެލަރުގެ އެޕޮއިންޓްމަންޓުތަކާއި ރަސްމީ ދަތުރުތަކާ ބެހޭ ކަންކަން އިންތިޒާމު ކުރުން.

2- ކޯޕަރޭޓް ސަރވިސަސް ޑިވިޜަނުގެ އާންމު އިދާރީ ކަންކަން އެގްޒެކެޓިވް ސެކްރެޓަރީ ނުވަތަ ޑިވިޜަނުގެ ވެރިޔަކަށް އެއިރަކު ހުންނެވި ބޭފުޅެއްގެ އިރުޝާދުގެ ދަށުން ހިންގައި ބެލެހެއްޓުމާއި، ޑިވިޜަނުގެ މަސައްކަތަށް ބޭނުންވާ އިދާރީ އެހީތެރިކަން ފޯރުކޮށްދީ އިދާރީ އިންތިޒާމުތައް ހަމަޖެއްސުމާއި، ޑިވިޜަނުގެ ފަންނީ މުވައްޒަފުންނަށް ބޭނުންވާ އިދާރީ އެހީތެރިކަން ފޯރު ކޮށްދިނުން.

3- އެކަޑަމީގެ ރިސެޕްޝަން ކައުންޓަރުގެ ކަންކަމާއި، އެންޓްރީއާއި ޑިސްޕެޗުގެ ކަންކަން ކަމާގުޅޭ އުސޫލުތަކާ އެއްގޮތަށް އިސްވެ ބެލެހެއްޓުމާއި، އެންޓްރީއާއި ޑިސްޕެޗުގެ ރެކޯޑު ބަރާބަރަށް ހަމަކޮށް ބެލެހެއްޓުމާއި، އެގްޒެކެޓިވް ސެކްރެޓަރީއަށް ދުވަހުން ދުވަހަށް އެންޓްރީ ގެންގޮސްދިނުން.

4- އެކަޑަމީން އެކިއެކި ފަރާތްތަކަށް ފޮނުވާ ސިޓީތަކާއި އެފަދަ އެހެނިހެން ލިޔެކިޔުންތަކާއި ތަކެތި ޑިސްޕެޗުގެ ތެރެއިން ފޮނުވުމާއި، އެކަޑަމީއަށް ލިބޭ ސިޓީތަކާއި ލިޔެކިޔުންތަކާއި ތަކެތި އެންޓްރީ މަރުހަލާ ނިމުމުން ކަމާ ބެހޭ ޑިވިޜަންތަކަށް ފޮނުވުމާއި، އެކަޑަމީގެ ރަސްމީ މެއިލް އެކައުންޓުގެ އެޑްމިނިސްޓްރޭޓަރެއްގެ ގޮތުގައި މަސައްކަތް ކުރުން.

5- އެކަޑަމީގެ ދުވަހު ޔައުމިއްޔާއާއި، އެކިއެކި ބައްދަލުވުންތަކުގެ ޔައުމިއްޔާތަކާއި އަހަރީ ރިޕޯޓުތައް ތައްޔާރު ކުރުމުގެ ކަންކަން އިންތިޒާމު ކުރުމާއި، އެކަޑަމީގެ އަހަރީ ރިޕޯޓާއި އެނުއަލް އެކްޓިވިޓީ ކަލަންޑަރާއި ސްޓްރެޓީޖިކް އެކްޝަން ޕްލޭން ތައްޔާރުކުރުމާއި މުރާޖަޢާކުރުމުގެ ކަންކަމުގައި އެގްޒެކެޓިވް ސެކްރެޓަރީއަށް ބޭނުން ވާ އެހީތެރިކަން ފޯރު ކޮށްދިނުން.

6- އެކަޑަމީގެ ހިޔުމަން ރިސޯރސް މެނޭޖްމަންޓުގެ ކަންތައްތައް އެގްޒެކެޓިވް ސެކްރެޓަރީ އަންގަވާ ގޮތެއްގެ މަތީން ބެލެހެއްޓުމާއި، މުވައްޒަފުންގެ އޮފީސް ކާޑާއި ވިޒިޓިންގ ކާޑު ފަދަ ތަކެތީގެ ކަންކަން ހަމަޖެއްސުމާއި، ހާޒިރީ ބެލެހެއްޓުމުގެ ނިޒާމު ގާއިމުކޮށް އެ ނިޒާމު ބެލެހެއްޓުމާއި، މުވައްޒަފުންގެ ސަލާމުގެ ރިކޯޑުތައް ބެލެހެއްޓުމާއި، މުސާރަ ހަދައި މުސާރައިގެ ވައުޗަރު ހެދުމަށް ބޭނުންވާ މައުލޫމާތު އެކަމާ ބެހޭ ޑިވިޜަނަށް ނުވަތަ މުވައްޒަފަށް ފޮނުވުމާއި، މުވައްޒަފުންނަށް ބޭނުންވާ ވަސީލަތްތައް ހޯދައިދިނުމުގެ ކަންކަން ބެލެހެއްޓުމާއި، މި ކަންކަން އިންތިޒާމުކުރުމުގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ދަންނަވައިގެން ހަމަޖައްސާން ޖެހޭ ކަންކަން ހަމަޖެއްސުމަށްޓަކައި ޑިވިޜަނުގެ ވެރިޔާއަށް ދެންނެވުމާއި، މުވައްޒަފުންނާ ބެހޭގޮތުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ފޮނުވާން ޖެހޭ މައުލޫމާތުތައް ތައްޔާރުކޮށް ޑިވިޜަނުގެ ވެރިޔާއާ ޙަވާލުކުރުން. 

7- އެކަޑަމީގެ ވެބްސައިޓުގައި މަޢުލޫމާތާއި ޚަބަރު ޝާއިޢުކުރުމާބެހޭގޮތުން ހެދިފައި ހުންނަ އުސޫލުތަކާ އެއްގޮތަށް، ޑިވިޜަންތަކުން ފޯރު ކޮށްދޭ މަޢުލޫމާތު ވެބްސައިޓަށް އަރުވައި އެކަޑަމީގެ ވެބްސައިޓު އަދާހަމަ ކޮށް ބެލެހެއްޓުމާއި، އެކަޑަމީގެ ހަރަކާތްތަކާ ބެހޭ ޚަބަރުތައް ލިޔެ ވެބްސައިޓަށް އެރުވުމާއި، އެކަޑަމީން މީޑިޔާއަށާއި އާންމު ރައްޔިތުންނަށް ފޯރު ކޮށްދޭން ބޭނުންވާ މަޢުލޫމާތާއި ޚަބަރުތައް ފޯރުކޮށްދިނުމުގެ ކަންކަން އިންތިޒާމުކުރުމާއި، އެކަޑަމީގެ ފަރާތުން ރޭޑިޔޯއާއި ޓީވީ ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ކަންކަން އިންތިޒާމުކުރުމާއި، އެކަޑަމީގެ މަސައްކަތްތަކާ ބެހޭގޮތުން އާންމުން ހޭލުންތެރިކުރުވުމުގެ މަސައްކަތް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގައި އޮންނަ ޖުޑީޝަރީ މީޑިއާ ޔުނިޓާ ގުޅިގެން ކުރިޔަށް ގެންދިޔުން.

8- ދިވެހިރާއްޖޭގެ ޝަރުއީ ދާއިރާގެ ހިޔުމަން ރިސޯސްއާ ބެހޭ މުވައްޒަފުންނަށް ހިންގާ ތަމްރީނު ޕްރޮގްރާމްތައް ފަރުމާކުރުމަށްޓަކައި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި ކޯޓުތަކުން ބޭނުންވާ މަޢުލޫމާތު ހޯދައި އެއްކުރުމާއި، އެ ޕްރޮގްރާމްތަކުގެ މުޤައްރަރު ތައްޔާރު ކުރުމުގައި ޕްރޮގްރާމްސް އެންޑް ޕަބްލިކޭޝަންސް ޑިވިޜަނަށް ބޭނުންވާ ހުރިހާ އެހީތެރިކަމާއި އެއްބާރުލުން ދިނުން.

9- އެކަޑަމީގެ ފަރާތުން ރަސްމީ ހަރަކާތްތަކާ ގުޅިގެން ތައްޔާރުކުރާން ޖެހޭ ބެނަރުތަކާއި، ސުވެނިއަރ ފަދަ ތަކެއްޗާއި، އެކަޑަމީއަށް ޒިޔާރަތް ކުރައްވާ ޚާއްޞަ މެހުމާނުންނަށާއި އެކަޑަމީއާ ރަސްމީ ގުޅުންތައް އޮންނަ ފަރާތްތައް ތަމްސީލު ކުރައްވާ ޚާއްސަ ބޭފުޅުންނަށް ހަނދާނީ ހަދިޔާގެ ގޮތުގައި ދެވޭނެ ތަކެތި ތައްޔާރު ކުރުމާއި، ޑިވިޜަންތަކުން ބޭނުންވެއްޖެ ހިނދެއްގައި އެ ތަކެތި ޑިވިޜަންތަކާ ހަވާލުކުރެވޭނެ އިންތިޒާމު ހަމަޖެއްސުން.

މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ރޭންކް: ޖީ.އެސް 4

އަދަދު

01

މަސައްކަތްކުރަންޖެހޭ ތަން

ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީ  / ޕްރޮގްރާމްސް އެންޑް ޕަބްލިކޭޝަންސް ޑިވިޜަން

އަސާސީ މުސާރަ

މަހަކު -/5,020 ރުފިޔާ

މި މަޤާމަށް ލިބޭ އެލަވަންސް

- ޖުޑީޝަލް އެލަވަންސް:  މުސާރައިގެ %50

- ސަރވިސް އެލަވަންސް: މަހަކު -/1,500 ރުފިޔާ

- ލިވިންގ އެލަވަންސް:  މަހަކު -/3,000 ރުފިޔާ

- ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

އަސާސީ ޝަރުޠު

1- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަތީ ސާނަވީ އިމްތިޙާނަކުން 3 މާއްދާއިން ދަށްވެގެން ’ސީ’ ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި ’ދިވެހި’ މިމާއްދާއިން ދަށްވެގެން ’ސީ’ ލިބިފައިވުމާއެކު GS 3  ރޭންކުގައި މަދުވެގެން 1 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2- މަޤާމަށް ބޭނުންވާ ދާއިރާއަކުން އެޑްވާންސް ސެޓުފިކެޓު ހާސިލުކޮށްފައިވުން، ނުވަތަ

3- މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކްހެއް ލިބެމުންދިޔުމާއެކު، GS 3  ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތައް

  1. އެކަޑަމީގެ ރިސެޕްޝަނުގައި މަސައްކަތް ކުރުމާއި، އެންޓްރީއާއި އެކަޑަމީން އެކިއެކި ފަރާތްތަކަށް ފޮނުވާ ސިޓީތަކާއި އެފަދަ އެހެނިހެން ލިޔެކިޔުންތަކާއި ތަކެތީގެ ކަންކަން ޑިސްޕެޗުގެ ގޮތުގައި ބެލެހެއްޓުމާއި އެކަޑަމީއަށް ލިބޭ ސިޓީތަކާއި ލިޔެކިޔުންތަކާއި ތަކެތި އެންޓްރީކޮށް އެންޓްރީގެ ކަންތައް ބަލަހައްޓާ އިސް މުވައްޒަފާ ޙަވާލުކުރުމާއި، ރިސެޕްޝަނުގައި އެންޓްރީއާއި ޑިސްޕެޗުގެ ރެކޯޑު ބެލެހެއްޓުން.
  2. ކޯރޕޮރޭޓް ސަރވިސަސް ޑިވިޜަނުގެ އާންމު އިދާރީ ކަންކަން އެގްޒެކެޓިވް ސެކްރެޓަރީ ނުވަތަ ޑިވިޜަނުގެ ވެރިޔަކަށް އެއިރަކު ހުންނެވި ބޭފުޅެއްގެ އިރުޝާދުގެ ދަށުން ހިންގައި ބެލެހެއްޓުމާއި، ޑިވިޜަނުގެ މަސައްކަތަށް ބޭނުން ވާ އިދާރީ އެހީތެރިކަން ފޯރުކޮށްދީ އިދާރީ އިންތިޒާމުތައް ހަމަޖެއްސުމާއި، ޑިވިޜަނުގެ ފަންނީ މުވައްޒަފުންނަށް ބޭނުންވާ އިދާރީ އެހީތެރިކަން ފޯރު ކޮށްދިނުން.
  3. ކޯރޕޮރޭޓް ސަރވިސަސް ޑިވިޜަނުން އެކިއެކި ފަރާތްތަކަށް ފޮނުވާ ސިޓީތަކާއި އެފަދަ އެހެނިހެން ލިޔެކިޔުންތަކާއި ތަކެއްޗާއި، އެ ޑިވިޜަނަށް ލިބޭ ސިޓީތަކާއި ލިޔެކިޔުންތަކާއި ތަކެތީގެ ކަންކަން އިންތިޒާމު ކުރުން.
  4. ޑިވިޜަނަށް ޚާއްޞަކުރެވިފައި ހުންނަ ޕްރިންޓަރާއި ފެކްސް މެޝިން ފަދަ ތަކެއްޗަށް ބޭނުން ވާ ޓޯނާއާއި ކަރުދާހާއި ޓޯނާ ފަދަ ތަކެއްޗާއި، ބޭނުން ވާ ސްޓޭޝަނަރީޒާއި ބޯފެނާއި ޓިޝޫ ފަދަ ތަކެތި ހޯދައި، މިގޮތުން ހޯދޭ ތަކެތީގެ ރިކޯޑު ބެލެހެއްޓުމާއި، މިއިން އެއްޗަކަށް މައްސަލައެއް ޖެހިއްޖެ ނަމަ އެކަން ހައްލު ކުރުމަށް ސުޕަވައިޒަރަށް ދެންނެވުން.
  5. ޖުޑީޝަލް އެކަޑަމީގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ލިޔެ ތައްޔާރު ކޮށް ސުޕަވައިޒަރަށް ހުށަހެޅުމާއި، ޔައުމިއްޔާ ފައިނަލް ކުރުވުމާއި، އެކަޑަމީގެ އަހަރު ރިޕޯޓު ލިޔުމުގައި ބޭނުން ކުރެވޭ ގޮތަށް ދުވަހު ޔައުމިއްޔާގެ ރިކޯޑުތައް ބެލެހެއްޓުން.

މި މަޤާމުތަކަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް

  • ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަދަ ފަރާތަކަށްވުން.
  • ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރި ފަރާތަކަށްވުން.
  • ދަތުރުކުރަންޖެހިއްޖެ ހާލަތެއްގައި ދަތުރުކުރެވޭނެ ފަދަ ޞިއްޙީ ހާލަތެއްގައި ހުރި ފަރާތަކަށްވުން.
  • އިނގިރޭސި ބަހާއި ދިވެހި ބަހުން ފަރިތަކަމާއެކު މުޢާމަލާތުކުރަން އެނގޭ ފަރާތަކަށްވުން.
  • މައިކްރޯސޮފްޓް އޮފީސް ޕްރޮފެޝަނަލް ޕެކޭޖް ފަރިތަކަމާއެކު އެޑްވާންސް ފެންވަރެއްގައި ބޭނުން ކުރަން އެނގޭ ފަރާތްތައް ކަމުގައިވުން.
  • ދައުލަތުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ ސަލާމަތީ އިދާރާއަކުން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކާއި ބެކްގްރައުންޑް ޗެކްކުރުމުން ފާސްނުވާ ފަރާތްތަކަށް އިސްކަމެއް ނުދެވޭނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި

1- ޝަރުޢީދާއިރާގެ ވަޒީފާއަށްއެދޭ ފޯމު.

2- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.

3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

4- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

5- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައެޅިފައިވާ ކޯހެއް ފުރިހަމަކޮށް ސެޓުފިކެޓު ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވިކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓު. (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

6- އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްއޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

ސުންގަޑި

2016 އޮގަސްޓު 16 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހުށަހެޅުއްވުން އެދެމެވެ. 

އިތުރު މަޢުލޫމާތު

  • މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމު މި ޑިޕާޓްމަންޓުގެ ކައުންޓަރުންނާއި، މި ޑިޕާޓްމަންޓުގެ ވެބްސައިޓް: www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 3006280
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މި އިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމުތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓުފިކެޓުތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދެންނެވީމެވެ.
08 އޮގަސްޓް 2016
ހޯދާ