މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ޕްރޮޖެކްޓް ކޯޑިނޭޓަރ

އިޢުލާން

ޕްރޮޖެކްޓް ކޯޑިނޭޓަރގެ މަޤާމަށް މީހަކު ހޯދުން:

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީގެ ދަށުން ވޭސްޓް މެނޭޖްމަންޓާ ގުޅޭގޮތުން ގިނަ އަދަދެއްގެ މަޝްރޫޢުތަކެއް ހިންގަމުންދާތީ، މި މަޝްރޫޢުތައް ހިންގުމުގައި އެހީތެރިވެދިނުމަށް ޕްރޮޖްކްޓް ކޯޑިނޭޓަރެއް ޢައްޔަނުކުރުމަށް ބޭނުންވެއެވެ.

ވީމާ، މި މަޤާމަށް ޝައުޤުވެރިވާ ކެންޑިޑޭޓުން "ޕްރޮޕޯސަލް" ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން ހުޅުވައިލަމެވެ. މިގޮތުން މިކަމަށް ޝައުޤުވެރިވެރިވާ ފަރާތްތަކުން، ތިރީގައިވާ މަޢުލޫމާތުތައް ހުށަހެޅުން އެދެމެވެ.

މައިގަނޑު ޝަރުޠުތައް:

ޕްރޮޖެކްޓް މެނޭޖްމަންޓް / އެންވަޔަރަންމަންޓަލް މެނޭޖްމަންޓް / ބިޒްނަސް މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއްގެ ހާސިލުކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލޭނެ ކަންތައްތައް:

- ކުނި މެނޭޖްކުރުމުގެ ދާއިރާއެއްގައި އުޅެ، މަސައްކަތުގެ ޢަމަލީ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

- ޕްރޮޖެކްޓް ހިންގުމުގެ ދާއިރާއިން ޢަމަލީ ތަޖުރިބާ ލިބިފައިވުމާއި، މިފަދަ ޕްރޮޖެކްޓްތަކުގައި އަދާކޮށްފައިވާ ޒިންމާތަކުގެ ތެރޭގައި މެނޭޖްމަންޓާއި ސުޕަވިޜަން މަސައްކަތްތައް ކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ޕްރޮކިއުމަންޓުގެ އުސޫލުތައް އެނގުމާއި، ބޭރުގެ އޭޖެންސީތަކާއި ދައުލަތުގެ ޕްރޮކިއޮމަންޓުގެ ގަވާއިދުތަކަށް އަހުލުވެރިވެފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

އުޖޫރަ:

- މުސާރަ: -/7،035 ރުފިޔާ

- ސަރވިސް އެލަވަންސް: -/2،000 ރުފިޔާ

- ސްޕެޝަލް ޑިއުޓީ އެލަވަންސް: 2462/25 ރުފިޔާ

މަސައްކަތުގެ މުއްދަތު:

މި މަސައްކަތުގެ މުއްދަތަކީ، 1 (އެކެއް) އަހަރުދުވަހެވެ.

ހުށަހަޅަށްޖެހޭ ލިޔުންތައް:

- ވަޒީފާއަށް ޝަރުޠު ހަމަވާކަން ސާބިތުކޮށްދޭ ވަނަވަރު.

- މިކަމަށް ޝައުޤުވެރިވާ ފަރާތްތައް މަސައްކަތްކުރުމުގެ ޤާބިލުކަން ސާބިތުކޮށްދިނުމުގެ މަޢުލޫމާތު (ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލާއި، މިފަދަ ހާލަތްތަކުގައި މަސައްކަތްކުރުމުގެ ތަޖުރިބާއާއި، އެހެނިހެން މަޢުލޫމާތު)

- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓްކޮށް އެޓެސްޓްކުރެވިފައި)

ސުންގަޑި:

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 ސެޕްޓެންބަރު 7 ވަނަ ދުވަހުގެ 12:00 ގެ ކުރިން، "އެކްސްޕްރެޝަންސް އޮފް އިންޓަރެސްޓް" ތިރީގައިވާ އެޑްރެހަށް ފޮނުވުން އެދެމެވެ.

އެޕްލިކޭޝަން ފޮނުވަންވީ އެޑްރެސް:

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް  އެންޑް އެނަރޖީ

ގްރީން ބިލްޑިންގ، މާފަންނު، ހަނދުވަރީ ހިނގުން،

މާލެ، ދިވެހިރާއްޖެ

އިތުރު މަޢުލޫމާތު:

- ވަޒީފާގެ މައްސޫލިއްޔަތާއި، އެހެނިހެން ތަފްސީލު ހިމެނޭ މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ www.environment.gov.mv ގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

- އިތުރު މަޢުލޫމާތު ސާފުކުރުމަށް 3018329 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

4 ޛުލްޤަޢިދާ 1437

07 އޮގަސްޓް 2016
ހޯދާ