މާލެއަތޮޅު މާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުބައްތިތައް މަރާމާތުކޮށް ކޭބަލް ވަޅުލައިދޭނެ ފަރާތެއް ހޯދަން

އިޢުލާން

މަގުބައްތިތައް މަރާމާތުކޮށް ކޭބަލް ވަޅުލައިދޭނެ ފަރާތެއް ހޯދުމާބެހޭ:

މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް ތިރީގައިވާ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

  1.  މަގުބައްތިތައް މަރާމާތުކުރުން
  2.  ކޭބަލް ގްރައުންޑް ވެފައިވާ ސަރަޙައްދުތަކުގެ ކޭބަލްތައް ކޮނެގެން ބަދަލުކުރުން

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮގަސްޓު 15 ވާ ހޯމަދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮގަސްޓު 21 ވާ އާދީއްތަ ދުވަހުގެ 13:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަންނަގޮތަށް ހަމަޖެހިފައިވާތީ އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވުން އެދެމެވެ.

02 އޮގަސްޓް 2016
ހޯދާ