މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އެގްޒެކެޓިވް ސެކްރެޓަރީ

އިޢުލާން

އެގްޒެކެޓިވް ސެކްރެޓަރީ

ވަޒީފާގެ ފުރުޞަތު:

އެގްޒެކެޓިވް ސެކްރެޓަރީ

މަޤާމު

އޮފިސަރ

ކްލެސިފިކޭޝަން

މަހަކު -/6000 ރުފިޔާއާއި -/8500 ރުފިޔާއާ ދެމެދު (ހާސިލުކޮށްފައިވާ ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

މުސާރަ

- ލިވިންގް އެލަވަންސް: މަހަކު -/3000 ރުފިޔާ

- އެޓެންޑަންސް އެލަވަންސް: މަހަކު -/3000 ރުފިޔާ

އެހެނިހެން އިނާޔަތްތައް

1 (އެކެއް)

ބޭނުންވާ އަދަދު

ސެކްރެޓޭރިއަޓް / މެނޭޖިންގ ޑިރެކްޓަރ

ބޭނުންވާ ސެކްޝަން

މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން، މާލެ

މަސައްކަތްކުރަންޖެހޭ ތަނާއި ރަށް

  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމާ ގުޅުންހުރި ދާއިރާއަކުން ދަށްވެގެން ޑިޕްލޮމާއެއް ނުވަތަ އެފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވުން، އަދި މަޤާމާ ގުޅުންހުރި ދާއިރާއަކުން 1 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ސެޓުފިކެޓު ލެވެލްގެ ސަނަދެއް ނުވަތަ އެފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވުން، އަދި މަޤާމާ ގުޅުންހުރި ދާއިރާއަކުން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ސަރުކާރުގެ ވަޒީފާއެއްގެ އެމް.އެސް 2 ގެ ލެވެލްއެއްގައި 3 އަހަރުދުވަހު މަސައްކަތްކޮށްފައިވުން

މަޤާމުގެ ޝަރުޠުތައް

  • މެނޭޖްމަންޓް މީޓީންގގެ އެންމެހައި މަސައްކަތްތައް ބެލެހެއްޓުން. (އެޖެންޑާ ތައްޔާރުކުރުން، ޔައުމިއްޔާ ލިޔެ ފައިލްކޮށް ބެލެހެއްޓުން، މެނޭޖްމަންޓް މީޓިންގގެ ނިންމުންތައް ތަންފީޒު ކުރުވެމުންދާ މިންވަރު ބަލައި ބްރީފިންގ މެނޭޖިންގ ޑިރެކްޓަރަށް އެރުވުން.)
  • މެނޭޖިންގ ޑިރެކްޓަރ އެކިއެކި ފަރާތްތަކަށް ފޮނުވަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކޮށް، އެފަރާތްތަކަށް ފޮނުވައި، އެލިޔުންތައް ފައިލްކޮށް ބެލެހެއްޓުން.
  • މެނޭޖިންގ ޑިރެކްޓަރުގެ ހުރިހާ ބައްދަލުވުންތަކެއްގެ އިންތިޒާމު ހަމަޖައްސައި، ޔައުމިއްޔާ ތައްޔާރުކޮށް، ކަމާ ގުޅުންހުރި ފަރާތްތަކާއި ހިއްސާކޮށް، ފޮލޯއަޕް ހަދަމުން ގެންދިއުމާއެކު، އެފަދަ ބައްދަލުވުންތަކުގެ ރިކޯޑުތައް ފައިލްކޮށް ބެލެހެއްޓުން.
  • ޑިރެކްޓަރުންގެ ބޯޑުގެ މީޓިންގތަކުގެ އެންމެހާ މަސައްކަތްތައް ބެލެހެއްޓުން. (އެޖެންޑާ ތައްޔާރުކޮށް، ޔައުމިއްޔާ ލިޔެ ފައިލްކޮށް ބެލެހެއްޓުން، ބޯޑު މީޓިންގގެ ހާޒިރީ ބެލެހެއްޓުން، އަދި ބޯޑު މީޓީންގގެ ނިންމުންތައް ތަންފީޒު ކުރެވެމުންދާ މިންވަރު ބަލައި ބްރީފިންގބޯޑަށް އަރުވަމުން ދިއުން.)
  • ހަވާލުކުރެވޭ މަސައްކަތާ ގުޅިގެން، އަދާކުރަންޖެހޭ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުން.
  • ކޯޕަރޭސަންގެ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވެދިނުން.
  • މެނޭޖިންގ ޑިރެކްޓަރ ހަވާލުކުރާ އެންމެހައި މަސައްކަތްތައް ކުރުން.
  • މީގެ އިތުރުން ޚާއްޞަ ޙާލަތްތަކުގައި ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.

މަޤާމުގެ މަސްއޫލިއްޔަތު:

މި މަޤާމަށް ހޮވޭ ފަރާތްތަކަށް، އިތުރުގަޑީގައި މަސައްކަތްކުރަން ޖެހިއްޖެނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. އަދި މަސައްކަތާ ގުޅޭގޮތުން ހަމަޖެހިފައިވާ އުސޫލުން އިތުރު އިނާޔަތްތައް ލިބޭނެއެވެ.

އިތުރު އިނާޔަތްތައް

މި މަޤާމަށް ކުރިމަތިލާ، މަޤާމުގެ ޝަރުޠު ހަމަވާ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރެއިން އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަރވިއުއާއި އިމްތިޙާންކުރުން، އިޢުލާނަށް މުއްދަތު ހަމަވާތާ ދެ ހަފުތާގެ ތެރޭގައި މާލޭގައި އޮންނާނެއެވެ.

އިންޓަރވިއުކުރުމާއި، އިމްތިޙާން ކުރުން

  • ވަޒީފާގެ ދާއިރާގެ މަސައްކަތްތަކުގެ ހުނަރާއި މަޢުލޫމާތު ލިބިފައިވާ މިންވަރު.
  • މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު
  • ފަންނީ ޤާބިލުކަން ހުރި މިންވަރު

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް

  1. ވަޒީފާއަށް އެދޭ ފޯމު (އިޢުލާނާއެކު ހިމެނިފައި)
  2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (ސެޓުފިކެޓެއްނަމަ އެކްރެޑިޓްކޮށްފައިވުން).
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީއެއް.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު

ހުށަހަޅަންޖެހޭ ލިޔުންތައް

2016 އޮގަސްޓު 11 ވާ ބުރާސްފަތިދުވަހުގެ 15:00ގެ ކުރިން ބަންދުކޮށްފައިވާ ސިޓީއުރައެއްގައި މެނޭޖިންގ ޑިރެކްޓަރަށް އެޑްރެސްކޮށް، ގަލޮޅުދަނޑުގެ އެކޮމޮޑޭޝަން ބްލޮކަށް ހުށަހެޅުން އެދެމެވެ. 

ސުންގަޑި

މަޢުލޫމާތު ހޯދުމަށް (ހެނދުނު 8:00 އިން ހަވީރު 4:00 އަށް) ގުޅާނީ، 7826050 ނަންބަރު ފޯނަށް

އިތުރު މަޢުލޫމާތު

29 ޝައްވާލް 1437

03 އޮގަސްޓް 2016
ހޯދާ