ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
ތަމްރީނުގެ ފުރުސަތު

ތަމްރީނުގެ ފުރުސަތު

ތިރީގައި މިވަނީ މި ކޯޕަރޭޝަނުން ޒުވާނުން ތަރައްޤީކުރުމުގެ މަޤުޞަދުގައި ފެށުމަށް ހަމަޖެހިފައިވާ އެޕްރެންޓިސްޝިޕް ޕްރޮގްރާމާބެހޭ މަޢުލޫމާތެވެ. މި ޕްރޮގްރާމްގައި ޢަމަލީ ގޮތުން މަސައްކަތްކުރުމާއެކު ކްލާސްރޫމް ސެޝަންތަކެއްވެސް ކުރިއަށް ގެންދެވޭނެއެވެ. އަދި ހަމަ އެހެންމެ، ބައިވެރިންނަށް މަހު މުސާރަވެސް ހަމަޖެހިގެންދާނެއެވެ. މީގެ އިތުރުން، މި ޕްރޮގްރާމް ފުރިހަމަކުރައްވާ ކޮންމެ ފަރާތަކަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ލެވެލް 3 ގެ ސެޓުފިކެޓެއް ލިބިގެންދާނެއެވެ.

ތަމްރީން ކުރެވޭނެ ދާއިރާތައް:

- މޭސަނަރީ

- ވެލްޑިންގ

- އިލެކްޓްރީޝަން

- ގާރޑަނިންގ

- ކާރޕެންޓްރީ

ޕްރޮގަރާމުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ޝަރުޠުތައް:

- ގްރޭޑް 7 ނިންމާފައިވުން. ނުވަތަ

- އެމް.ކިޔު.އޭ ގަބޫލުކުރާ ލެވެލް 2 ގެ ސަނަދެއް ހާސިލު ކޮށްފައިވުން. ނުވަތަ

- މީގެ އިތުރުން މި ޕްރޮގްރާމަށް ހޮވުމުގައި ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ޖާގައިގެ އަދަދު: 20

އުމުރު: 18 އަހަރާއި 30 އަހަރާ ދެމެދުގެ ފަރާތަކަށް ވުން.

ޕްރޮގްރާމުގެ މުއްދަތު: 6 މަސްދުވަސް.

މުސާރަ: މަހަކު -/6490 ރ (ހަ ހާސް ހަތަރު ސަތޭކަ ނުވަދިހަ ރުފިޔާ)

މި ޕްރޮގްރާމް ނިމުމުން، މި ޕްގްރާމުން ހޮވައިލެވޭ އެންމެ ރަނގަޅު ފަރާތްތަކަށް މި ކޯޕަރޭޝަނުގައި ވަޒީފާގެ ފުރުޞަތުތައް ހުރި މިންވަރަކުން ވަޒީފާ ހަމަޖައްސައިދެވޭނެ ވާހާކަވެސް ދަންނަވަމެވެ.

ވީމާ، މި ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެޕްރެންޓިސްޝިޕްއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު ވަނަވަރާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަކަލާއެކު 2016 ސެޕްޓެންބަރު 6 ވާ އަންގާރަ ދުވަހުގެ 14:30 ގެ ކުރިން މި އޮފީހަށް ފޮނުއްވުން އެދެމެވެ. އެޕްރެންޓިސްޝިޕަށް އެދޭފޯމު މި ކޯޕަރޭޝަނުގެ މައި އޮފީހުންނާއި މާލެ އޮފިހުން އަދި މި ކޯޕަރޭޝަންގެ ވެބްސައިޓް www.hdc.com.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.   

07 އޮގަސްޓް 2016
ހޯދާ