މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ބްރިޖް ވިއުއިންގ ޕްލެޓް ފޯމު ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުޞަތު ހުޅުވާލުން

އިޢުލާން

"ޗައިނާ-މޯލްޑިވްސް ބްރިޖް" ވިއުއިންގ ޕްލެޓް ފޯރމް ފުޑް އައުޓްލެޓްތަކަކާއިއެކު ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. 

ޕްރޮޕޯސަލް ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް "ރިކުއެސްޓް ފޯރ ޕްރޮޕޯސަލް" (އާރ.އެފް.ޕީ) 2016 އޮގަސްޓު 9 ވަނަ ދުވަހުގެ 13:00 ކުރިން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ 9:30 އިން 13:30 އާ ދެމެދުގެ ވަގުތުތަކުގައި، މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މި ޕްރޮޕޯސަލް މި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.

ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ 2016 އޮގަސްޓު 15 ވަނަ ދުވަހުގެ 13:00 އެވެ. ސިޓީއުރައެއްގައި ބަންދުކުރައްވައި ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. އަދި ސިޓީއުރައިގެ ބޭރުގައި "ޗައިނާ-މޯލްޑިވްސް ބްރިޖް ވިއުއިންގ ޕްލެޓް ފޯމް" ތަރައްޤީކޮށް ހިންގުން މިހެން ލިޔެފައި އޮންނަންވާނެއެވެ.

1 ޛުލްޤަޢިދާ 1437

04 އޮގަސްޓް 2016
ހޯދާ